Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިވިލް ސާވިސްއަށް 10 އަހަރު

ސިވިލް ސާވިސްގެ 10 އަހަރުވި ކާމިޔާބުގެ ސިއްރަކީ މުއައްޒަފުން: ކޮމިޝަނުގެ ރައީސް

ސިވިލް ސާވިސްއަށް 10 އަހަރު ފުރުނީ މިއަދު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 1 މެއި 2018 | އަންގާރަ 05:33
ޑރ. ޢަލީ ޝަމީމު

ޑރ. ޢަލީ ޝަމީމު

ދިވެހި ސިވިލް ސަރވިސްގެ ފާއިތުވެދިޔަ 10 އަހަރުގެ ކާމިޔާބުގެ ސިއްރަކީ މި ޚިދުމަތުގެ އަހުލުވެރިން ކަމުގައިވާ ހިންގުންތެރި، ހީވާގި އަދި ޒިންމާދާރު ސިވިލް ސަރވިސް މުވައްޒަފުން ކަމުގައި އެކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް ދުވަހާ ގުޅުވައިގެން ޑރ. އަލީ ޝަމީމު ދެއްވި ޚިތާބުގައި ވިދާޅުވީ މިއަދަކީ، ދިވެހި ސިވިލް ސަރވިސް މުސްތަޤިއްލު ޚިދުމަތެއްގެ ގޮތުގައި ކާމިޔާބުކަމާ އެކު ހިނގަމުން އަންނަތާ 10 އަހަރު ފުރޭ ތާރީޚީ އަދި އުފާވެރި މުނާސަބަތު ކަމަށެވެ. މި އުފާވެރި މުނާސަބަތުގައި އެންމެހާ ލޮބުވެތި ސިވިލް ސަރވިސް މުވައްޒަފުންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ތަހުނިޔާ އާއި މުބާރިކްބާދީ އަރިސްކުރާ ކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޤައުމު ބިނާކުރުމުގައި އެންމެ ބޮޑު ބައިވެރިޔާގެ ގޮތުގަ އާއި ސަރުކާރު ހިންގުމުގެ އިންޖީނުގެ ގޮތުން، ފާއިތުވެދިޔަ އަހަރުތަކުގައި ރައްޔިތުންގެ އިތުބާރު ހޯދައި، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަކަށް، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޚިދުމަތްތައް ދެމުން ގެންދެވިފައި ވަނީ ދިވެހި ސިވިލް ސަރވިސްގެ މިންނެތް މަސައްކަތުންނާއި އަގުހުރި ޚިދުމަތުގެ ސަބަބުން ކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކުރިމަގުގައި ތަރައްޤީގެ އައު އުސްމިންތަކަކަށް ދެވެން އޮތީ ވެސް، ދިވެހި ސިވިލް ސަރވިސް މުވައްޒަފުން އާ އަޒުމްތަކާ އެކު އާ ލަނޑުދަނޑިތަކެއް ހާޞިލްކުރުމަށް ކަމަށާއި ހިތްވަރާއެކު ނުގުޑާ ފަދަ އަޒުމެއްގައި މަސައްކަތްކުރާތީ ދިވެހި ސިވިލް ސަރވިސްގެ އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ޑރ. ޝަމީމް ވިދާޅުވިއެވެ.

"ދިވެހި ސިވިލް ސަރވިސްއަށް ކާމިޔާބުކަމާއެކު 10 އަހަރު ކަޑައްތުކުރެވިފައި ވަނީ، ދިވެހި ދައުލަތުގެ އިތުރު އެތަކެއް ފަރާތްތަކެއްގެ ފުރިހަމަ ތަރުޙީބާއި އެއްބާރުލުމާއި އެހީތެރިކަން ލިބިގެންނެވެ. އެހެންކަމުން، ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދިވެހި ސިވިލް ސަރވިސްގެ ނަމުގައި ޝުކުރު ދަންނަވަމެވެ. މީގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ޒިންމާދާރު އިސްވެރިންނާއި ޒިންމާދާރުވެރިންނަށް އަދި އެންމެހާ ޚިދުމަތްތެރިންނަށް ވެސް ޝުކުރު ދަންނަވަމެވެ. މި ޝުކުރުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ކުރީގެ އަދި މިހާރުގެ ހުރިހާ މެންބަރުންނާއި މުވައްޒަފުން ވެސް ޝާމިލުކުރަމެވެ." ޑރ.އަލީ ޝަމީމު ދެއްވި ޚިތާބުގައި ވެއެވެ.

ދިވެހި ސިވިލް ސަރވިސްގެ ފާއިތުވެދިޔަ 10 އަހަރުގެ ކާމިޔާބީތަކުގެ ގޮތުގައި ޚިދުމަތްދޭ މާހައުލަކީ ޚިދުމަތް ލިބިގަންނަ ރައްޔިތުންނާ ރައްޓެހި، ގުޅޭ މާހައުލަކަށް ހެދުމާއި، ޚިދުމަތްދިނުމަށް ތިބި ޚިދުމަތްތެރިންނަކީ ރައްޔަތުން އެދޭ ފަދަ ފުރިހަމަ ޚިދުމަތެއް ދިނުމަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތްދޭ އިދާރާތަކަށް ނުގޮސް، ގޭގައި ތިބެގެން ޚިދުމަތް ލިބިދެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރެވިފައިވާކަން ވަނީ އެ ބަޔާނުގައި އިތުރަށް ފާހަގަ ކުރައްވާފައެވެ.

ސިވިލް ސަރވިސްގެ ކުރިމަގު އުޖާލާކުރުމުގެ ގޮތުން، ކުރިމަގުގައި ސިވިލް ސަރވިސްގެ ސިޔާސަތުތަކާއި އުޞޫލުތައް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ޤާނޫނާއި ގަވާއިދުތައް ހަރުދަނާކޮށް ހިންގުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްރާފު ކުޑަކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފައި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސްކޮށް ލުއިފަސޭހަ ގޮތެއްގައި ދިނުމަށް އިސްކަން ދިނުމާއި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤު އިތުރަށް ރަނގަޅުކޮށް، މަސައްކަތުގެ ރޫހު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު