Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ސްޓްރޯކް

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ސިކުނޑީގެ ލޭހޮޅިތަކުގައި ލޭހިނގުމަށް ބުރޫއެރުމަކީ ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 29 އެޕްރީލު 2018 | އާދީއްތަ 09:29
ސިކުނޑީގެ ލޭހޮޅިއެއް ފެޅުން ނުވަތަ ބެދުމަށް ބޭސްވެރިކަމުގެ ބަހުރުވައިގައި ކިޔަނީ

ސިކުނޑީގެ ލޭހޮޅިއެއް ފެޅުން ނުވަތަ ބެދުމަށް ބޭސްވެރިކަމުގެ ބަހުރުވައިގައި ކިޔަނީ

ސްޓްރޯކް ޖެހުމަކީ މުޅި ހަށިގަނޑުން ނުވަތަ ހަށިގަނޑުގެ ބަޔަކުން ބާރުކެނޑޭ ބައްޔެކެވެ. މިބައްޔަށް ބައެއް ފަހަރު އެއްފަޅި ވާގިނެތޭ ބައްޔޭ ވެސް ކިޔައެވެ. ލޭމައްޗަށް ދިއުމުގެ ސަބަބުން ސިކުނޑީގެ ލޭހޮޅިއެއް ފެޅުން ނުވަތަ ބެދުމަށް ބޭސްވެރިކަމުގެ ބަހުރުވައިގައި ކިޔަނީ "ސްޓްރޯކް"އެވެ.

ސްޓްރޯކްގެ ސަބަބުން ސިކުނޑީގެ ވަކި ހިސާބަކަށް ލޭގެންގޮސްދޭ ހޮޅި ބެދި އެހިސާބަށް ލޭދިއުމަށް ހުރަސްއެޅި، ލިބެންޖެހޭ އޮކްސިޖަން އާއި ގުލްކޯޒް ނުލިބުމުގެ ނަތީޖާއަކީ ސިކުނޑީގެ ވަކި ހިސާބަކަށް ލޭނުލިބި އެހިސާބުގެ މަސައްކަތްހުއްޓި ސިކުނޑީގެ އެބައި މަރުވުން އެވެ. އަދި މިކަމަށް އަވަސް ފަރުވާ ނުދެވިއްޖެނަމަ ދާއިމީ ގެއްލުމަކަށް ވެދާނެއެވެ.

ސްޓްރޯކްޖެހުމަކީ ސިކުނޑިއަށް ލޭފޯރުކޮށްދޭ ނާރެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ސިކުނޑިއަށް ލޭލިބުން ދަށްވެ މައްސަލަތައް ކުރިމަތިވުމެވެ. މީގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ހަރަކާތް ހުއްޓުން، ހަށިގަނޑުގެ އެއްފަރާތަށްވާގިނެތޭ ބަލިޖެހުން، އަދި ވާހަކަ ނުދެއްކި ހޭނެތިފައި އޮންނަގޮތް ދިމާވެއެވެ. ސްޓްރޯކްޖެހޭ 70 އިންސައްތަ މީހުންނަށް މިމައްސަލަ ދިމާވަނީ ލޭމައްޗަށް ދިއުމުގެ ސަބަބުންނެވެ.

ސްޓްރޯކް ޖެހުމަކީ ސިކުނޑީގައި އުފެދޭ ޒަޚަމެކެވެ. ސްޓްރޯކް ޖެހެން ދިމާވާ ސަބަބަކީ ސިކުނޑީގެ ލޭނާރެއް ބެދިގެން، ނުވަތަ ފެޅިގެން ލޭބޭރުވެ، ބޭނުންވާ މިންވަރަށް ސިކުނޑިއަށް ލޭނުލިބުމެވެ.

ލޭމައްޗަށްދިއުމަކީ ސްޓްރޯކް ޖެހުމުގެ ފުރުޞަތު 4 ގުނަ އިތުރުކުރާ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ލޭމައްޗަށް ދިއުމުން ބޮޑެތި ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ތަތްވެ، ލޭހިނގާ މަގު ހަނިވެ، ލޭހޮޅި ހަރުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑީގެ ކުދި ލޭހޮޅިތަކުގެ ފާރު ތުނިވެ، ނުވަތަ ހިމަވެ، ބެދިގެން ދެއެވެ. އަދި މިކަމުގެ ސަބަބުން ލޭނާރެއް ފަޅައިގެންގޮސް ސިކުނޑިއަށް ލޭއެޅުމަކީ ވެދާނެ ގޮތެކެވެ. އާޚިރު ނަތީޖާއަކީ އެއްފަޅި ވާގިނެތުން ފަދަ ކަމެއް ދިމާވުމެވެ.

ސްޓްރޯކް ޖެހުމުން ދުރުވުމަށް މިކަންކަމުން ދުރުވާށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނަށް އެކަން ނުކުރާމީހުންނަށްވުރެ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަންހެނުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކޮށް އަދި ދަރިން ނުވިހާ ބޭސް ބޭނުންކުރާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަން ވަނީ ފާހަގަވެފައެވެ.

މަސްތުވާ ތަކެއްޗާ ބަނގުއާވި ބޭނުންކުރުން : އަންހެނުން އެއްތަށި، ފިރިހެނުން ދެތައްޓަށް ވުރެ ގިނައިން ބަނގުއާވި ދުވާލަކު ބޯނަމަ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން އިތުރުކުރުވައެވެ. އެއީ އޭގެ ސަބަބުން ލޭގެ ޕްރެޝަރ އަދި ކޮލެސްޓީރޯލް އާއި ހަށިގަނޑުގެ ބަރުދަނަށް އަސަރު ފޯރުވާތީ އެވެ. ބައެއް ކަހަލަ މަސްތުވާ ތަކެތި ބޭނުންކުރުން މިސާލަކަށް ކޮކޭއިން އަދި އިންޖެކްޝަންގެ ޒަރީއާއިން ނެގޭ މަސްތުވާތަކެތި ބޭނުންކުރުމާއި، ސްޓްރޯކް ޖެހުން ފަދަ ކަންކަމާއި ގުޅުން ވާކަމަށް ވަނީ އެގިފައެވެ.

ލޭމައްޗަށްދިއުން : ލޭމައްޗަށްދިއުން ލޭގެ ޕްރެޝަރު މަތިވުމަކީ ހިތް މަސައްކަތް ކުރާ މިންވަރު އިތުރުވާ ކަމެކެވެ. އޭގެ ސަބަބުން ހިތް ސައިޒުން ބޮޑުވެ، ބާރު ދެރަވާގޮތް ވެއެވެ. ލޭގެ ޕްރެޝަރ މަތިވެ، ކޮލެސްޓީރޯލް ވެސް މަތިވެ، އަދި ހަކުރު ބަލި ހުރުން ނުވަތަ ދުންފަތު އިސްތިއުމާލު ކުރާނަމަ ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުން ކުރިމަތިވުމުގެ ފުރުސަތު އެތައް ގުނައަކަށް މަތިކުރުވައެވެ.

މާބޮޑަށް ފަލަވުން : މާބޮޑަށް ފަލަވުމަކީ ވެސް ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުން އިތުރުވާ ކަމެކެވެ. ހަމަމިހެން ހަކުރު ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ވެސް އިތުރުވެގެން ދެއެވެ.

ސަރުބީ މަތިވުން : ސަރުބީ މަތިވުމުގެ ސަބަބުން ސިކުނޑިއަށް ލޭފޯރުކޮށްދޭ ލޭހޮޅިތަކުގައި ސަރުބީ ޖަމާވެ ލޭހޮޅި ހަރުއަރައިފިނަމަ ސިކުނޑިއަށް ލޭ ހިނގުމުގައި ހުރަސްތަކާ ކުރިމަތިވެ، ސްޓްރޯކް ޖެހުމަކީ ވެދާނެ ގޮތެކެވެ.

ހަކުރު ބަލިޖެހުން : ހަކުރު ބަލި ޖެހުމަކީ ވެސް ސްޓްރޯކް ޖެހުމަށް ފަހިކުރާނެ ކަމެކެވެ. ހަކުރު ބަލި ހުންނަ މީހުންގެ ލޭހޮޅިތަކުގައި ސަރުބީ ޖަމާވުމުގެ ފުރުޞަތު ބޮޑުވާނެ އެވެ. އަދި ފަސޭހައިން ސަރުބީގެ އެތިކޮޅުތައް ލޭހޮޅިތަކުގައި ހަރުލާނެ އެވެ. މިހެންވުމަކީ ލޭހޮޅިތައް ހަރުއަރައި، ލޭހިނގުމަށް ބުރޫއަރާނެ ކަމެކެވެ. ސިކުނޑީގެ ލޭހޮޅިތަކުގައި ލޭހިނގުމަށް ބުރޫއެރުމަކީ ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ.

ނާރުތަކާއިބެހޭ ޚާއްޞަ ޑޮކްޓަރެއް ބުނާގޮތުން ސްޓްރޯކެއް ޖެހިފައިވާ މީހަކަށް ސްޓްރޯކް ޖެހޭތާ 3 ގަޑިއިރަށްވުރެން ގިނައިރު ނުވަނީސް ފަރުވާދެވޭގޮތް ވެއްޖެނަމަ ސްޓްރޯކް ޖެހުމުން ކުރިމަތިވާ އަސަރުތައް އަލުން އަނބުރާ އިޢާދަ ކުރެވޭނެއެވެ. އޭނާ ބުނާގޮތުން އެކަމަށް ބޭނުންވާ އުކުޅަކީ ސްޓްރޯކް ދެނަގަތުން، ޑޮކްޓަރުން ބަލިމީހާ ބެލުމާއި 3 ގަޑިއިރު ވުމުގެ ކުރިން ސިއްޙީ ފަރުވާ ދިނުމެވެ.

ސްޓްރޯކްދެނެގަތުމުގެ 3 ފިޔަވަޅު: ބައެއް ފަހަރަށް ސްޓްރޯކެއް ޖެހިފައިވާކަން ދެނެގަތުން އުނދަގޫ ކަމަކަށްވެ އެވެ. އަދި ސްޓްރޯކާއި ގުޅޭ މަޢުލޫމާތު ލިބިފައި ނެތުމުގެ ސަބަބުން ބައެއް ފަހަރާ ގޯހުން ގޯހަށް ދެއެވެ.

މިހާރު ޑޮކްޓަރުން ވިދާޅުވާގޮތުން ސްޓްރޯކެއް ޖެހިފައިވާ މީހެއް ކައިރީގައި ހުންނަ މީހަކަށް، ސްޓްރޯކް ޖެހުނު މީހާ ކައިރީގައި 3 ސުވާލެއް ކޮށްގެން އެކަން ދެނެގަނެވިދާނެއެވެ. އެ ތިން ސުވާލަށް ނުވަތަ ތިން ފިޔަވަޅަށް އެސްޓީއާރް STR ގެ ނަމުން ނަން ދީފައިވާ އެވެ.

އެސް S : ސްޓްރޯކް ޖެހުނު މީހާ ކައިރީގައި ސްމައިލް ކުރުމަށް SMILE (ހިނިތުންވުމަށް) ބުނާށެވެ.

ޓީ T : ސްޓްރޯކް ޖެހުނު މީހާ ކައިރީގައި ޓޯކް ކުރުމަށް TALK (ވާހަކަ ދެއްކުމަށް) ބުނާށެވެ. މިގޮތުން އާދައިގެ ޖުމުލައެއް ބުނުމަށް ބުނާށެވެ. (މިސާލަކަށް: މިއަދަކީ އަވިބާރު ދުވަހެކެވެ.) އާރް R : ސްޓްރޯކް ޖެހުނު މީހާ ކައިރީގައި ރެއިސް ބޯތު އާރމްސް RAISE BOTH ARMS (ދެއަތް މައްޗަށް ނެގުމަށް) ބުނާށެވެ.

ސްޓްރޯކެއް ޖެހުނުކަމަށް ޝައްކުކުރެވޭ މީހާއަށް މިދެންނެވި ކަންކަމުން ކަމެއް ކުރުމުގައި ދަތިކަމެއް ދިމާވާނަމަ އަވަހަށް އެމްބިއުލާންސަށް ގުޅައި ސިއްޙީ ފަރުވާދޭ ތަނަކަށް ގެންގޮސް ޑޮކްޓަރަށް އެވާހަކަތައް ކިޔައިދޭށެވެ.

ސްޓްރޯކްޖެހުމަކީ ސިކުނޑިއަށް ލޭފޯރުކޮށްދޭ ނާރެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ސިކުނޑިއަށް ލޭލިބުން ދަށްވެ މައްސަލަތައް ކުރިމަތިވުމެވެ. މީގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ހަރަކާތް ހުއްޓުން، ހަށިގަނޑުގެ އެއްފަރާތަށްވާގިނެތޭ ބަލިޖެހުން، އަދި ވާހަކަ ނުދެއްކި ހޭނެތިފައި އޮންނަގޮތް ދިމާވެއެވެ. ސްޓްރޯކްޖެހޭ 70 އިންސައްތަ މީހުންނަށް މިމައްސަލަ ދިމާވަނީ ލޭމައްޗަށް ދިއުމުގެ ސަބަބުންނެވެ. އެހެންކަމުން ލޭ މައްޗަށް ދިމުން ދުރުހެލިވުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަން ޖެހޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 ބަލިމަޑުކަން ނިމުމަކަށް އަންނާނީ ކިހިނެއް؟

ކޮވިޑް-19 ބަލިމަޑުކަން ނިމުމަކަށް އަންނާނީ ކިހިނެއް؟

02 ޖެނުއަރީ 2021
އަމިއްލަ ނަފްސްގެ އިހުސާސްތައް އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރާނީ ކިހިނެއް؟

އަމިއްލަ ނަފްސްގެ އިހުސާސްތައް އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރާނީ ކިހިނެއް؟

12 މެއި 2019
ހަކުރު ބަލި ހުންނަ މީހުން ވޯލްނަޓް ބޭނުންކުރަން ޖެހެނީ ކީއްވެ؟

ހަކުރު ބަލި ހުންނަ މީހުން ވޯލްނަޓް ބޭނުންކުރަން ޖެހެނީ ކީއްވެ؟

01 އޯގަސްޓު 2018
ކާށި ތެލުން ހިތުގެ ބަލިންނާއި ސްޓްރޯކް ޖެހުމުން ދުރު ކޮށްދީފާނެ!

ކާށި ތެލުން ހިތުގެ ބަލިންނާއި ސްޓްރޯކް ޖެހުމުން ދުރު ކޮށްދީފާނެ!

13 ޖެނުއަރީ 2018
ޗީޒް ކެޔަސް ސްޓްރޯކް، ހާޓް އެޓޭކް ރިސްކް ބޮޑެއް ނުވޭ: ދިރާސާ

ޗީޒް ކެޔަސް ސްޓްރޯކް، ހާޓް އެޓޭކް ރިސްކް ބޮޑެއް ނުވޭ: ދިރާސާ

11 މެއި 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު