Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ފަރާތްތަކުގެ ބަޔާން

ރިޔާޒުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ކުލަ ޖެހިފައިވާ ހުކުމެއް: ގުޅިފައިވާ ޕާޓީތައް

26 އެޕްރީލު 2018 | ބުރާސްފަތި 07:17

ރިޔާޒް 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 އެޕްރީލު 2018 | ބުރާސްފަތި 07:17
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ރިޔާޒް ގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ސިޔާސީ ކުލަ ޖެހިފައިވާ ޙުކުމެއް ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ރިޔާޒްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ކުރިމިނަލް ކޯޓުން ސާބިތު ނުވާ ކަމަށް ނިންމާފައިވާ މައްސަލައެއް ކަމަށާއި އެހުކުމަކީ ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރުގެ ބާރާނުފޫޒުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ކޯޓުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ މަގުސަދުތައް ހާސިލު ކުރުމަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.

Advertisement - newsAdvertisement

ރިޔާޒްގެ މައްޗަށް ހިންގާފައި ވަނީ ސިޔާސީ ޝަރީއަތެއްކަން ޝައްކެތް ނެތް މިންވަރަށް ހާމަވެފައި ވާކަމަށާއި އިސްތިޢުނާފުގެ މަރުޙަލާގެ ކޯޓްތަކުން އާންމުކޮށް އަމަލުކުރަމުންދާ އުސޫލްތަކުން ބޭރުން އަމަލުކޮށް އެކަށީގެންވާ މިންވަރަށް ދިފާޢުގައި މަސައްކަތް ކުރުމަށް ރިޔާޒްގެ ގާނޫނީ ވަކީލުންނަށް ފުރުސަތު ދީފައި ނުވާ ކަމަށެވެ. އަދި އިސްތިއުނާފުކުރި މައްސަލަ ނޫން މުޅިން އާ މައްސަލައެއް އުފަންކޮށް، ކުރިމިނަލް ކޯޓުން ސާބިތުނުވާ ކަމަށް ނިންމި މައްސަލަ ނޫން އެހެން މައްސަލައެއްގައި ރިޔާޒްގެ މައްޗަށް ހުކުމް ކުރެވިގެން ދިޔައީ ސިޔާސީ ނުފޫޒު އެ މައްސަލައިގެ ތެރެއަށް ވަދެކަން ހާމަވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"ޢަދުލުވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތް ސިޔާސީ ފަނޑިޔާރުންގެ ޢަމަލުތަކުގެ ސަބަބުން، ޢަދުލުވެރިކަމުގެ ނަމުގައި ހިންގާ އަނިޔާވެރި ޝަރީއަތްތަކުން، ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެތަކެއް ދިވެހި ދަރީންނަކަށް ނުހައްޤުން ދެމުންދާ އަނިޔާގެ ފުރިހަމަ ޒިންމާ މިފަދަ ފަރާތްތަކުން އުފުލަން ޖެހޭނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ." ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރެފައިވާ ހުކުމްގައި ބުނެފައިވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމަކީ ސިޔާސީ މަގުސަދުތައް ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ނިޒާމެއް ނޫން ކަމަށާއި އެހެންކަމުން ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ މިނިވަން ކަމާއި ތައައްސަބުން އެއްކިބާވެ ހިންގުމަށް އެޕާޓީތަކުން ގޮވާލާ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ މީހުންގެ މިނިވަންކަން ނަގާލައި ޖަލުގައި އަނިޔާވެރިކޮށް ގެންގުޅެމުންދަނީ ރައީސް ޔާމީންގެ ޔާމީންގެ ވެރިކަން ދިފާއުކޮށްދިނުމަށް ކަމަށާއި އެހެންކަމުން އެންމެހާ ރައްޔިތުން އެކުގައި މަސައްކަތްކޮށް ރައީސް ޔާމީން ގެ އަނިޔާވެރި ވެރިކަން ޤާނޫނީ އިމުގެތެރެއިން ނިންމުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި އަދިވެސް ކުރިއަށް ދާނެ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާގައި ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފައިވަނީ އަންގާރަދުވަހުގައެވެ. ރިޔާޒްގެ މައްޗަށް މިހުކުމް ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ހައިކޯޓުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް