Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ނިއުމާއާއި ސުނީތާ

ނިއުމާއާއި ސުނީތާއާ ޖެހުނު އަސްލު މައްސަލަ މިއޮތީ

މިއީ މީގެ ގާތްތަނޑަކަށް ހަތަރު އަހަރު ކުރިން ދިވެހި ފިލްމީ ދާއިރާގައި އެންމެ ހޫނުގަދަވި އެއް މައްސަލަ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2018 | ބުދަ 05:43
ނިއުމާ

ނިއުމާ

މިއީ މީގެ ގާތްތަނޑަކަށް ހަތަރު އަހަރު ކުރިން ދިވެހި ފިލްމީ ދާއިރާގައި އެންމެ ހޫނުގަދަވި އެއް މައްސަލައެވެ.

ފިލްމު އެސޯސިއޭޝަނުން އެހަރުގެ ރަމަޟާން މަހާ ދިމާކޮށް ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި އެކުލަވައިލި ޓީމުގެ ނަމަކަށް ނެށުންތެރިޔާ ސުނީތާ އަލީ ބޭނުންވީ ޕްރިޔާންކާގެ ނަމުން ނަންދޭށެވެ.އެހެން ނަމަވެސް ގިނަ ފަންނާނުން އެކަމާއި ދެކޮޅެވެ.

ސުނީތާއާއި ފިލްމީ ތަރި ނިއުމާ މުހައްމަދުގެ އެކަމާއި ގިނަ ފަންނާނު ދެކޮޅުވުމުން ސުނީތާ ވަނީ ޓީވީތަކަށް އަރައި ދާއިރާގެ މީހުންގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކައި އެމީހުންނަށް ޒާތީ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށް ފިލްމީތަރިން އޭރު ވަނީ ބުނެފައެވެ.

މިމައްސަލަ ފިލްމު އެސޯސިއޭޝަންގެ އިސްވެރިންތަކެއް ވަނީ ސުނީތާ އާއި ނިއުމާއާ ބައްދަލުކޮށް ހައްލު ކޮށްދީފައެވެ.

އެހެން ނަމަވެސް ރާއްޖެޓީވީގެ ފަސް ސުވާލު ޕްރޮގްރާމްގައި ނިއުމާ އާ ސުވާލުކުރުމުން ނިއުމާ ބުނީ އެމައްސަލައިގައި މީހުންނަށް އެނގެނީ ސުނީތާގެ އެއްބައި ކަމަށެވެ.

ނިއުމާ ބުނީ ފުޓްބޯޅަ މުބާރާތުގައި އެކުލަވައިލި ޓީމުގެ ނަމަކަށް ޕީސީގެ ނަމުން ފިލްމު އެސޯސިއޭޝަނުން ހުއްދަ ނުދިނުމުން އޭރު ބައެއްތަރިން ސުނީއާއި އެއްކޮޅަށް ހިފި ކަމަށެވެ. އޭގެ ތެރޭގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ޒީނަތާއި ޒިޔާ ހިމެނޭ ކަމަށެވެ. އެމީހުން ވެސް ނުރުހުން ފާޅުކުރީ ފިލްމު އެސޯސިއޭޝަންގެ މެމްބަރުންނަށް ކަމަށާއި މައްސަލައިގައި އަލިފާން ރޯވީ ޓީވީ އިންޓަވިއުއަކަށް އަރައި "ފިލްމީ ދާއިރާގައި އުޅެނީ ރާބޮއިގެން އުޅޭ މީހުންނޭ ހައްދު ޖަހާފައި ތިބި މީހުންނޭ މިވެނި ބައެކޭ އެވެނިބައެކޭ" ބުނުމުން ކަމަށެވެ. ވައިބާ ގުރޫޕުގައި އޭނާ އަމިއްލައަށް އިސްނަގައިގެން އެހެން އެއްޗެހިކިޔުން މީޑިއާތަކުގައި ކަމަކު ނުދާނެ ކަމަށް ބުނިކަމަށް ނިއުމާ ބުންޏެވެ.

"މިސާލަކަށް ސުނީ އަށް އިންޑިއާގެ ފިލްމީ ދާއިރާގެ މީހަކުގެ ނަން ނުޖަހައިގެން އޭނާ ނުޖެހޭނެ ފިލްމީ ދާއިރާގައި ތިބި މީހުންނަށް ބަވާކަށް. އަހަރެމެން އަހަރެމެން ދާއިރާގެ އަގު ހިފަހައްޓާނީ

.އެކަމާ ހިތްހަމަ ނުޖެހިގެން އަހަރެން ފުރަތަމަގުރޫޕް ތެރޭގައި އެއްޗެއް ބުނީ" ނިއުމާ ބުންޏެވެ.

ވައިބާ ގުރޫޕުގައި ދެއްކި "ހަޔާތް ގޮވުމުގެ" އޯޑިއޯއެއް ވަނީ ލީކު ކޮށްލާފައެވެ. ސުނީ ބުނެފައިވާގޮތުގައި އެ އޯޑިއޯ ލީކު ކޮށްލީ އޭނާގެ ފޯނުންނެވެ. އެހެން ނަމަވެސް ނިއުމާ ބުނީ އެ ގުރޫޕަކީ ހަމައެކަނި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މީހުން އުޅޭ ގުރޫޕެއް ކަމަށާއި އެ އޯޑިއޯ ލީކު ކޮށްލީ ސުނީތާކަމަށެވެ.

"ދެން އޭނާ ދެއްކީ އޭނާގެ ކޮޅުން އަރެމެން އޭނައާއި ދިމާލަށް އެއްޗެހި ކިޔޭ ކިޔާފަ އެކި ތަންތަންކޮޅު އެޑިޓް ކޮށްގެން އޭނަ އޯޑިއޯ ނެރެފައި އެ އިއިނީ .. ސުނީ އޯޑިއޯ ނެރުނީ " ނިއުމާ ބުންޏެވެ.

ނިއުމާ ބުނީ އެ އޯޑިއޯ ސުނީ ނެރުނީ ފިލްމީ ދާއިރާގެ މީހުންގެ އަގު ވައްޓާލަން ކުރި ކަމެއް ކަމަށެވެ. މިހާރު ރާއްޖޭގައި "ބަވަން" ވީމަ ގިނަ މީހުން އެއްޗެހި ކިޔާނީ ހަޑިކޮށް ކަމަށާއި އެ އޯޑިއޯ ސުނީ ސޯޝަލް މީޑިއާއަށް ލާކަށް ނުޖެހޭ ކަމަށެވެ.

ސުނީތާ އޭނާގެ އެންމެ ބޮޑު ފޭން ޕްރިޔަންކާއާއި އެކީގައި

"ދެން އޭނަ އެ ނެރެގެން އަހަރެމެންގެ އަގުވައްޓާލަން ކުރި ކަމެއް އެއީ. ހަމަ ގިނަ ރައްޓެހިން މައްސަލަ ޖެހުނީމަ ހަޑިކޮށް ވާހަކަ ދައްކާނީ . މެޖޯރިޓީ މީހުންގެ ތެރެއިން ރައްޓެހިން ބަވަން ވީމަ ބަވާނީ ހަޑިކޮށް، އޭތި ދެން ސޯޝަލް މީޑިއާގައި އޭނަ ނުޖެހޭނެ ކަންނޭގެ ލާކަށް. ކޮންމެ މީހެއްގެ އިންނާނެ ޑާކްސައިޑެއް، އެ އެންމެނަށް އެނގެން ޖެހޭ އެއްޗެއް ނޫން . ދެން އަހަރެމެން ރޯދަމަސްވީމަ ރޯދަ ފޫހި ފިލުވާލީ ހަމަ ރަނގަޅަށް އެކަމަކާ އަހަރެން އެއްވެސް ވަރަކަށް ރިގްރެޓެއް ވެސް ނުވަން ދެރައެއް ވެސް ނުވަން." ނިއުމާ ބުންޏެވެ.

އޭގެ ފަހުން ނިއުމާއާއި ސުނީތާގެ މައްސަލަ ވަނީ ހައްލުވެފައެވެ. ނިއުމާ ބުނާގޮތުން ސުނީތާ ވެސް މަގުމަތިން ފެނުމުން އޭނާއާއި އިސްވެ ވާހަކަ ދައްކައެވެ. އަދި އޭނާ ވެސް ސުނީތާއާއި ވާހަކަ ދައްކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް ޖެނިފާ އެނިސްޓަން އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފި

ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް ޖެނިފާ އެނިސްޓަން އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފި

15 އޮކްޓޯބަރު 2017
ތޫފާނު އިރްމާގައި ހާލުގައި ޖެހުނު މީހުންނަށް ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާކުރަނީ

ތޫފާނު އިރްމާގައި ހާލުގައި ޖެހުނު މީހުންނަށް ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާކުރަނީ

04 އޮކްޓޯބަރު 2017
އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!

އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!

30 ޖޫން 2017
ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

18 މެއި 2017
ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

12 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު