Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުއްޓުވާ ހަރަކާތް

މި ސަރުކާރުން ފެންނަނީ ޓްރެއިނިން ސެންޓަރެއްގެ ސިފަ: ލަތީފް

25 އެޕްރީލު 2018 | ބުދަ 01:33

ރައީސް ޔާމީން އުޅުއްވަނީ ފިއްލަވައިގެން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 25 އެޕްރީލު 2018 | ބުދަ 01:33
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މި ދައުރުގެ އިންތިޚާބީ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މި ދައުރުގެ އިންތިޚާބީ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރު ސިފަވެގެންދަނީ މީހުން ތަމްރީނުކުރާ މަރުކަޒެއްގެ ގޮތުގައި ކަމަށާއި، މި ސަރުކާރުގައި އެއްގޮތަކަށްވެސް ސަރުކާރެއްގެ ސިފަ ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މި ދައުރުގެ އިންތިޚާބީ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ގުޅިފައިވާ ޕާޓީތަކުން މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލަޠީފް ވިދާޅުވީ، މި ސަރުކާރުގެ މަޤާމުތަކުގައި މީހުން ހަރުނުލާ ކަމަށާއި، އެހެންކަމުން ސަރުކާރު ފެނިގެންދަނީ ޓްރެއިނިންގ ސެންޓަރެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ބައެއް އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެކި ފަހަރުމަތިން ބަދަލުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މަޤާމުތަކަށް ލަޠީފް އަލިއަޅުއްވައި ލެއްވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑަށް މި ވެރިކަން މިހާރު ސިފަވެގެން ދަނީ ޓްރެއިނިންގ ސެންޓަރެއް (ގެ ގޮތުގަ). ވިސްނާ ވަޑައިގަންނަވާ ކިތައް ނައިބު ރައީސުން ޓްރެއިން ކޮށްފިތޯ. ކިތައް ޔޫތު މިނިސްޓަރުން ޓްރެއިން ކޮށްފިތޯ. ކިތައް ހެލްތު މިނިސްޓަރުން ޓްރެއިން ކޮށްފިތޯ. ކިތައް ކުންފުނީގެ ވެރިން ޓްރެއިން ކޮށްފިތޯ. މުޅިން ޓްރެއިން ކުރަމުންނޭ މިދަނީ. ސަރުކާރެއްގެ ސިފައެއް ނެތެއްނުންތޯ. އަޅުގަނޑުމެން މި ރައީސާ ހަވާލުކުރީ މިކަން ކުރަންތޯ"، ލަޠީފް ވިދާޅުވިއެވެ.

މަޤާމުތަކުގައި ތިބި ފަރާތްތައް އަވަސްއަވަހަށް ބަދަލުކުރަން ޖެހެނީ ސަރުކާރުގެ ހަރުދަނާކަމެއް ނެތުމުން ކަމަށް ލަޠީފް އިޝާރާތްކުރެއްވިއެވެ.

ލަޠީފް އިތުރަށް ވިދާޅުވީ ރައީސް ޔާމީން މިހާރު ހުންނެވީ ވަރުބަލިފުޅު ވެފައި ކަމަށާއި، އެމަނިކުފާނު ނާއުއްމީދު ވެފައިވާ ކަމަށެވެ.

"ރައީސް ޔާމީނޭ، އާރެއް ބާރެއް ނެތޭ. އުއްމީދުތައް ނާއުއްމީދު ވެފަ މިހާރު ތިހިރީ. މޫނުމަތީގަ ހިނިތުންވުމެއް ނެތޭ. ކަޅު ވިލާގަނޑެއްހެން މޫނު ފެންނަނީ. ނާއުއްމީދުވެފަ ތިހިރީ. ވަރުބަލިވެއްޖެ. ނިދިން މަހުރޫމް ވެއްޖެ. ރޮއެރޮއެ މުޅިން ކަރުނަތައް ތި ވެއްޓެނީ. ކީއްކުރަން ކުރާ ވެރިކަމެއްތޯ"، ލަޠީފް ވިދާޅުވިއެވެ.

ލަޠީފް ވިދޅާުވީ ރައީސް ޔާމީން އުޅުއްވަނީ ފިއްލަވައިގެން ކަމަށާއި، އދގައި ތަޤުރީރު ކޮށްނުލެއްވުނު އިރު، އާދައިގެ ރައްޔިތަކާ ބައްދަލުކޮށް ސަލާންކޮށްލަންވެސް ކެރިވަޑައިނުގަންނަވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް