Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮބާޓް ލެވެންޑޯސްކީ

ލެވަންޑޯސްކީ ހޯދުމަށް ރެއާލްއިން ކުރާ މަސައްކަތް ބަޔާންއިން ހުއްޓުވާނެ!

24 އެޕްރީލު 2018 | އަންގާރަ 15:12

އަންނަ ސީޒަނުގައި ލެވަންޑޯސްކީ ފެންނާނީ ރެއާލްއިން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 އެޕްރީލު 2018 | އަންގާރަ 15:12
ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ

ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ | ގެޓީ އިމޭޖަސް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑްއިން ކުރަމުންދާ މަސައްކަތްތައް އެ ޓީމުން ހުއްޓުވާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މި ދެ ޓީމު މާދަމާ ރޭ ބަޔާންގެ ދަނޑުގައި ކުޅޭއިރު އަންނަ ސީޒަނުގައި ލެވަންޑޯސްކީ ފެންނާނީ ރެއާލްއިން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ރެއާލްގެ ފޯވާޑް ލައިނުގައި ކުޅެމުން އަންނަ ކަރިމް ބެންޒެމާއަށް އެންމެ އެދެވޭ ކުޅުން ނުދެއްކޭއިރު ގެރެތު ބޭލްއަށް ވެސް ވަނީ އަނިޔާގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ބަޔާންއާއެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރުއެވެ. އެހެން ނަމަވެސް އޭނާ އެ ޓީމުގައި މަޑުކުރުވުމުގެ ގޮތުން ބަޔާންއިން އޭނާއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބެލެވޭ ގޮތުގައި ކެރިއަރު ނިންމާލުމުގެ ކުރިން ލެވަންޑޯސްކީ އާ ޓީމަކަށް ބަދަލުވާން ބޭނުންވެއެވެ. އެގޮތުން އޭނާ ވަނީ ދާދިފަހުން އޭނާގެ އޭޖެންޓެއްގެ ގޮތުގައި ޕީނީ ޒަހާވީ ހަމަޖައްސާފައެވެ. ޒަހާވީއަކީ މީގެކުރިން ރިއޯ ފާޑިނާންޑް އަދި ކާލޯސް ޓެވޭޒްގެ އިތުރުން ހަވިޔާ މަޝެރާނޯގެ އޭޖެންޓްގެ މަގާމު އަދާކޮށްފައިވާ މީހެކެވެ.

ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަޔާންގެ އާ ކޯޗު ނީކޯ ކޮވާޗްއަށް ކާމިޔާބުގެ މަގު ކޮށައި ދިނުމުގެ ގޮތުން ލެވަންޑޯސްކީ އެ ޓީމުގައި މަޑުކުރުވުމަށް އެ ޓީމުގެ މެނޭޖްމަންޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރެއާލްއިން އުއްމީދުކުރާ ގޮތުގައި ހަމޭސް ރޮޑްރިގޭޒް ބަޔާންއަށް ވިއްކާލުމާއެކު ލެވަންޑޯސްކީ ކުޑަ އަގެއްގައި ބަޔާންއިން ވިއްކާލާނެއެވެ.

ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އަންނަ ސީޒަނުގައި ވެސް ބަޔާންގެ ޖާޒީއިން ލެވަންޑޯސްކީ ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އިތުރު ގޮތެއް ހޯދަންވީ އެއްވެސް ސަބަބެއް އޭނާއަށް ނުފެންނަ ކަމަށެވެ.

މިއީ ބަޔާން އަދި ރެއާލްއިން ކުޅުންތެރިން ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ފުރަތަމަ ފަހަރެއް ނޫނެނެވެ. 2009 ވަނަ އަހަރު ރެއާލްއިން އާޔެން ރޮބެން ބަޔާންއަށް ވިއްކާލި ނަމަވެސް އޭރު ބަޔާންއަށް ކުޅުނު ފްރޭންކް ރިބެރީ ރެއާލްއަށް ވިއްކާލުމަށް ބަޔާންއިން ދެކޮޅު ހެދިއެވެ.

ބަޔާންގެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 2014 ވަނަ އަހަރު ބަޔާންއަށް ބަދަލުވުމަށް ފަހު ލެވަންޑޯސްކީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބަޔާންއަށް ކުޅުނު 184 މެޗުގައި 142 ލަނޑު އޭނާ ޖަހާފައިވާއިރު އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ. މި ސީޒަނުގައި ވެސް އުމުރުން 29 އަހަރުގެ ފޯވާޑްގެ ފަރާތުން ފެންނަމުންދަނީ މޮޅު ކުޅުމެކެވެ.

ބަޔާން މިއުނިކްގެ ފޯވާޑް ލައިނުގައި އެންމެ މުހިންމު ދައުރު އަދާކުރަމުން އަންނަ ލެވަންޑޯސްކީ ވަނީ އެ ޓީމާއެކު ތިން ފަހަރެއްގެ މަތިން ބުންޑެސްލީގާ ކާމިޔާބު ކޮށްފައެވެ. ހަމައެހެންމެ އޭނާ ވަނީ އެ ޓީމާއެކު ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕާ ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އޭނާއަކީ ބަޔާންއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޖަރުމަނަށް ނިސްބަތްނުވާ ކުޅުންތެރިޔާ ވެސްމެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް