Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެފްއޭ އެވޯޑްސް

ޕީއެފްއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ސަލާހު ހޯދައިފި

23 އެޕްރީލު 2018 | ހޯމަ 16:07

އަލުން އަނބުރާ އިނގިރޭސިވިލާތަށް އައީ ތަފާތު ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށް ސަލާހު ބުނި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 އެޕްރީލު 2018 | ހޯމަ 16:07
ޕީއެފްއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ސަލާހު

ޕީއެފްއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ސަލާހު

އިނގިރޭސިވިލާތާއި ވޭލްސްގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހޯދައިފިއެވެ.

އޭނާ މި އެވޯޑު ހޯދީ މެންޗެސްޓާ ސިޓީގެ ތިން ކުޅުންތެރިން ކަމަށްވާ ލެރޯއީ ސާނޭ އާއި ކެވިން ޑެބްރައިން އާއި ޑޭވިޑް ސިލްވާ އާއި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހޭއާ ފަހަތަށް ޖައްސާލުމަށްފަހުއެވެ.

މި އެވޯޑު ލިބުމަށްފަހު ވާހަކަ ދައްކަމުން ސަލާހު ބުނީ ކުޅުންތެރިންގެ ވޯޓުން އޭނާއަށް ބޮޑު އެވޯޑެއް ލިބިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކުގައި ކުޅޭ ކުޅުންތެރިންގެ ފަރާތުން މިފަދަ އެވޯޑެއް އޭނާއަށް ދިނުމަކީ ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އޭނާ ބުނީ ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކަން އޭނާއަށް ފުރުސަތު ނުލިބޭ ކަމަށާއި އަލުން އަނބުރާ އިނގިރޭސިވިލާތަށް އައީ ތަފާތު ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށެވެ. ހަމައެހެންމެ އޭނާ ބުނީ މި އެވޯޑަކީ ލިވަޕޫލްގެ އެހެން ކުޅުންތެރިންގެ ސަބަބުން އޭނާއަށް ލިބުނު އެވޯޑެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ސަލާހުގެ ކޯޗަކަށް ވުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށާއި ފުރަތަމަ ސީޒަނުގައި މިފަދަ އެވޯޑެއް އޭނާ ގެންދިޔުމަކީ ގަބޫލުކުރަން ވެސް ދަތި ކަމެއް ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެއް ކަމަށް މިހާރު ގަބޫލުކުރެވިއްޖެ ކަމަށާއި ބާކީ ހުރި މެޗުތަކުގައި ވެސް ސަލާހުގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ލިވަޕޫލްގެ ފޯވާޑް ލައިންގެ އެންމެ މުހިންމު ރޯލު އަދާކުރަމުން އަންނަ ސަލާހު ވަނީ އެ ޓީމަށް ކުޅުނު 33 މެޗުގައި 31 ލަނޑު ޖަހާފައެވެ. އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް ލިވަޕޫލްއަށް އޭނާގެ ލަނޑުތަކުން 15 ޕޮއިންޓް ހޯދައިދީފައެވެ. ހަމައެހެންމެ ޕްރިމިއާ ލީގުގައި ލިވަޕޫލްއިން ޖެހި 76 ލަނޑުގައި އޭނާގެ 51 އިންސައްތަ ހިއްސާއެއް އެބައޮތެވެ.

މި އެވޯޑަށް ސަލާހުއާ އެންމެ ވާދަކުރި ކުޅުންތެރިޔަކީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑެބްރައިންއެވެ. މެންޗެސްޓާ ސިޓީއިން ޕްރިމިއާ ލީގުގެ ތަށި ޔަގީންކޮށްފައިވާއިރު އެ ޓީމުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި 12 ލަނޑު ޖަހައި 15 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ހަމައެހެންމެ އޭނާވަނީ ހަމަލާ އުފެއްދުމަށް ސިޓީގެ ފޯވާޑުންނަށް 102 ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ޑެބްރައިންއަށް މި އެވޯޑު ނުލިބުމާއި ގުޅިގެން ވާހަކަ ދައްކަމުން އޭނާގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ ޑެބްރައިންއަށް ހައްގު އެވޯޑެއް ކަމަށާއި ފާއިތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި އޭނާއާ އެއް ފެންވަރަކަށް އެހެން އެއްވެސް ކުޅުންތެރިޔަކަށް ކުޅުން ދެއްކިފައިނުވާ ކަމަށެވެ.

މިދިޔަ އަހަރު މި އެވޯޑު ހޯދީ މިދިޔަ ސީޒަނުގައި ޗެލްސީއަށް ޕްރިމިއާ ލީގު ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކުރި ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް