Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ ބޮޑު ނެޓްވޯކް

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގައި ހަތް މީހުން ހައްޔަރުކޮށް ހަ ތަނެއް ބަލާފާސްކޮށްފި

23 އެޕްރީލު 2018 | ހޯމަ 13:27

ހަ ފިރިހެނަކާއި އަންހެނަކު ވަނީ ހައްޔަރުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 އެޕްރީލު 2018 | ހޯމަ 13:27
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށް، ހަތަނެއް ބަލައި ފާސްކޮށްފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ އެކްޓިން ހެޑް، ރަޖްނީ ޝުއައިބު ވިދާޅުވީ އޮޕަރޭޝަން ހިންގީ ރ. އިނގުރައިދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް މައުލޫމާތު ލިބިފައިވާތީ ކަމަށާއި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހަތް މީހުން ހައްޔަރުކޮށް ހަ ތަނެއް ބަލާ ފާސްކޮށްފައި ވާނެ ކަމަށެވެ.

Advertisement - newsAdvertisement

ހ. ހެޕީ ވިލާ ބަލާ ފާސްކޮށް:

  • މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭ ބޮޑު ދެ ރަބަރު ޕެކެޓާއި އެއް ފިލްމް ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހޭކިފައިވާ ކޮތަޅެއް ވަނީ ފެނިފައި
  • އެގެއިން ހައްޔަރުކޮށްފައި ވަނީ ރ. އިނގުރައިދޫ ފަސީމާގެ އުމުރުން 26 އަހަރުގެ އަހްމަދު އާލިމް އާއި އެރަށު ޕެރިސްވިއުގޭ އުމުރުން 23 އަހަރުގެ މުހައްމަދު އިރުފާނު

އާލިމްއަކީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި އާންމު މަސްލަހަތު ނަގާލުމުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑީއެޗްއެސްސީއަށް ވަނީ ޕޮޒިޓިވްވެފައެވެ. ޑްރަގް ނެޓްވޯކް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އާލިމް ކަމަށް ފުލުހުން ބުންޏެވެ.

ގ. ޑްރީމް އޮފް ގާރޑަން ބަލާފާސްކުރުން

  • މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އެއް ފިލްމް ހުސްކުރި ދަޅާއި އެއް ސެލޯފިން ކޮޅުގެ އިތުރުން ބުލެޓް ސައިޒްގެ އަށް ރަބަރު ޕެކެޓް ފެނިފައިވޭ. މި އެއްޗެހީގެ ވަގުތީ ބަރުދަނުގައި 18 ގްރާމް ހުރި
  • މި މައްސަލައިގައި އެގެއިން ހައްޔަރުކޮށްފައި ވަނީ ރ. އިނގުރައިދޫ ފިނިހިޔާގޭ އުމުރުން 26 އަހަރުގެ އިބްރާހީމް ޝަފީޤް އާއި އެރަށު ފިނިހިޔާގޭ އުމުރުން 22 އަހަރުގެ އަލީ ފާތިހު

އިބްރާހީމް ޝަފީޤަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި އާންމު މަސްލަހަތު ނަގާލުމުގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ. އޭނާ ވެސް ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑީއެޗްސީއަށް ޕޮޒިޓިވްވެފައެވެ. އާލިމް އާއި ގުޅިގެން ޑްރަގް ނެޓްވޯކް ހިންގުމުގައި އިސްކޮށް ޝަފީޤް ހަރަކާތްތެރިވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މ. ފިޔަޖަހާގެ ބަލާފާސްކުރުން

  • އެގެއިން މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭ 48 ސެލޯފިން ކޮޅާއި ހަ ރަބަރު ޕެކެޓު ވަނީ ފެނިފައި
  • އެގެއިން ހައްޔަރުކޮށްފައި ވަނީ ރ. އިނގުރައިދޫ ޓޫ ފްރެންޑްސް، އުމުރުން 20 އަހަރުގެ މުހައްމަދު މިސްބާހު

އޭނާއަކީ ވެސް މަސްތުވާތެކެތި ބޭނުންކޮށް، ގެންގުޅުކަމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އާލިމްއާ ބައިވެރިވެގެން މާލެއަށާއި އިނގުރައިދޫއަށް އޭނާ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޮޕަރޭޝަންގައި ޓާގެޓްކުރެވިފައިވާ ފަރާތްތައް މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހ. އޮއިސްޓަރގޭގެ ގްރައުންޑް ފްލޯ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. އަދި އެގެއިން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ހުސް ޕެކެޓާއި ސެލޯފިން، މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާއި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ގިނަ އާލާތްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރ. އިނގުރައިދޫގެ ދެ ގެއެއް ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފައެވެ. އެ ދެ ގެއިން ވެސް 26 ގްރާމް ބަރުދަން ހުރި މަސްތުވާތަކެތި ވަނީ ފެނިފައެވެ. އެ ރަށުން ހައްޔަރުކޮށްފައި ވަނީ ކެތިގޭ އުމުރުން 26 އަހަރުގެ އައިޝަތު އިލްހާމާއެވެ. އޭނާއަކީ އާލިމް ފޮނުވާ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅެ އެކި ތަންތަނުގައި ރައްކާކޮށްގެން ގެންގުޅުމަށް ފަހު ވިއްކުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދެން ހައްޔަރުކޮށްފައި ވަނީ އެ ރަށު ކޮށާރުގޭ އުމުރުން 24 އަހަރުގެ މުހައްމަދު ޖަޒްލާންއެވެ. އޭނާއަކީ މަސްތުވާތަކެތި ވިއްކުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބަންދަށް ގެނެވިފައިވާ ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކޮށް ތަހުޤީޤު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލަ ތަހުޤީޤުކޮށް ނިންމައި ޕީޖީ އޮފީހަށް ވީއެންމެ އަވަހަކަށް ފޮނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް