Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަކަންދޫ

ތަކަންދޫގައި އަލިތަކުރުފާނު އިންދެވި ތާރީޚީ ކާނި ގަހުގައި ރޯކޮށްލައިފި

21 އެޕްރީލު 2018 | ހޮނިހިރު 17:33

ނިކަ ގަހަކީ ހެރިޓޭޖް ޑިޕާޓްމަންޓްގެ އާސާރީ ތަންތަނުގެ ލިސްޓްގައި ހިމެނޭ ގަހެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 21 އެޕްރީލު 2018 | ހޮނިހިރު 17:33
ތަކަންދޫގައި އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނި ގަހުގައި ރޯކޮށްލާފައި

ތަކަންދޫގައި އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނި ގަހުގައި ރޯކޮށްލާފައި

ހއ. ތަކަންދޫގައި އުތީމް އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ އާސާރީ ކާނި ގަހުގައި ބަޔަކު ރޯކޮށްލާއިފިއެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް އަހުމަދު ނިޔާޒު ވިދާޅުވީ އެ ގަހުގައި ރޯކޮށްލާފައި ވަނީ އަސުރު ވަގުތު ކަމަށެވެ. ލަފާކުރެވޭ ގޮތުގައި އެ ގަހުގައި ރޯކޮށްލާފައި ވަނީ ބަޔަކު މީހުން ގަސްދުގައި ކަމަށާއި، އަލިފާން ރޯކުރުމުގެ ސަބަބުން ގަހަށް ބޮޑަތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އަލިތަކުރުފާން އިންދެވި ކަމަށް ބުނާ ކާނި ގަހަކީ ހެރިޓޭޖް ޑިޕާޓްމަންޓްގެ އާސާރީ ތަންތަނުގެ ލިސްޓްގައި ހިމެނޭ ގަހަކެވެ.

ތަކަންދޫ އަތިރިމަތީގައި ހުރި ގަހުގައި އަލިފާން ރޯކޮށްލީ ކޮން ބައެއްކަން ނޭނގޭ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އަލިފާން ރޯވުމާ އެކު، އެރަށުގެ ރައްޔިތުން ނުކުމެ އަލިފާން ނިންވުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ދިގުކޮށް ހެދި، ހިކިފައިވާ ގަހުގައި އަލިފާން ރޯވުމުން އެރަށުގެ ކައުންސިލުން ނިންމީ ގަސް ވައްޓާލުމަށެވެ.

އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނި ގަހުގައި ރޯކޮށްލާފައި

"އަލިފާން ރޯވުމުގެ ސަބަބުން، އެ ގަހުގެ އެތެރޭގައި ވަނީ އަލިފާން ހިފާފަ. އަދި ގަހުގެ ބުޑުގައި ވަރަށް ގަދައަށް އަލިފާން ހިފައި އަނދާފައި ހުރުމުން، އެގަސް ބަހައްޓައިފި ނަމަ ވެއްޓި މީހަކަށް ގެއްލުމެއް ވެދާނެތީ ގަސް ވައްޓާލަން ނިންމީ،" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ތަކަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިގައުމުގައި ބަޔަކު ރޯކޮށްލި ކަމަށް ތުހުމަތުކުރާ އިރު އެ ގަހުގައި އެމްޑީޕީގެ ދިދަ ދަނޑިއެއް ހުރެއެވެ. އަދި ތަންކޮޅެއް ކުރިން އެމްޑީޕީގެ ދިދަ ވެސް ނަގާފައި ހުއްޓެވެ.

ތާރީހް ދިރާސާކުރާ ބައެއް ފަރާތަކުން ބުނާ ގޮތުން އެ ގަހަކީ 400 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ގަހެކެވެ. އަދި ފޯޗްގީޒުން އެރަށަށް ހަނގުރާމައަށް ދިޔައިރު ވެސް އެ ގަސް ހުންނާނެ ކަމަށް ބައެއް ފަރާތަކުން ލަފާކުރެއެވެ. ހއ. ތަކަންދޫއަކީ ދިވެހި ރާއްޖޭގެ ތާރީޙާ ގުޅިފައިވާ ރަށެކެވެ. އަލިތަކުރުފާން ޝަހީދުކޮށްލާފައި ވަނީ ތަކަންދޫގައެވެ. ތަކަންދޫގައި އަލިތަކުރުފާގެ ހަށިކޮޅު ފަސްދާނު ލެވިފައިވާ ޒިޔާރަތް މިހާރު ވެސް ހުރެއެވެ. ރޯކޮށްލި ކާނި ގަހަކީ އަލިތަކުރުފާން ޒިޔާރަތުގެ ހުޅަނގުން އަތިރިމަތީގައި ހުރި ގަހަކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2018

އަނެއްކާވެސް އެމްޑީޕީއަށް ކާނިވާ ސަރަހައްދު ދޫކޮށްފި

13 ސެޕްޓެމްބަރު 2018
އަނެއްކާވެސް އެމްޑީޕީއަށް ކާނިވާ ސަރަހައްދު ދޫކޮށްފި
08 ސެޕްޓެމްބަރު 2018

އިންސާފުގެ މަގަށް ޖަޒީރާ ރާއްޖެ: މުޅި ކާނިވާ ސަރަހައްދު "ލޯބިން" ފުރާލައިފި

08 ސެޕްޓެމްބަރު 2018
އިންސާފުގެ މަގަށް ޖަޒީރާ ރާއްޖެ: މުޅި ކާނިވާ ސަރަހައްދު "ލޯބިން" ފުރާލައިފި
05 ސެޕްޓެމްބަރު 2018

ޖަލްސާ ޝައުޤުވެރިވާނެ، ހޮނިހިރު ދުވަހު މުޅި ކާނިވާ ސަރަހައްދު ފުރާލާނަން: ޕާޓީތައް

05 ސެޕްޓެމްބަރު 2018
ޖަލްސާ ޝައުޤުވެރިވާނެ، ހޮނިހިރު ދުވަހު މުޅި ކާނިވާ ސަރަހައްދު ފުރާލާނަން: ޕާޓީތައް
04 ސެޕްޓެމްބަރު 2018

ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ޖަލްސާ ހޮނިހިރު ދުވަހުގެރޭ ކާނިވަލުގައި

04 ސެޕްޓެމްބަރު 2018
ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ޖަލްސާ ހޮނިހިރު ދުވަހުގެރޭ ކާނިވަލުގައި
30 އޯގަސްޓު 2018

ވޯޓުލާ ދުވަހުގެ ކުރީ ދުވަހާ އެކު އަންނަ މަހުގެ 5 ދުވަހަކަށް ކާނިވާ ސަރަހައްދު ދިނުމަށް އެމްޑީޕީން އެދިއްޖެ

30 އޯގަސްޓު 2018
ވޯޓުލާ ދުވަހުގެ ކުރީ ދުވަހާ އެކު އަންނަ މަހުގެ 5 ދުވަހަކަށް ކާނިވާ ސަރަހައްދު ދިނުމަށް އެމްޑީޕީން އެދިއްޖެ
16 މެއި 2018

ހިތަދޫ ޢަބްދުﷲ ސޯދިޤް ލިއުއްވި ތާރީޚީ ދެފޮތެއް ރާއްޖެ ޓީވީއަށް ހަދިޔާކޮށްފި

16 މެއި 2018
ހިތަދޫ ޢަބްދުﷲ ސޯދިޤް ލިއުއްވި ތާރީޚީ ދެފޮތެއް ރާއްޖެ ޓީވީއަށް ހަދިޔާކޮށްފި
17 އޮކްޓޯބަރު 2017

އާދައިގެމަތިން ޕީޕީއެމް ޖަލްސާއަށް ކާނިވާ ތައްޔާރުކުރުމުގައި މިނިސްޓްރީގެ މުވައްޒަފުން!

17 އޮކްޓޯބަރު 2017
އާދައިގެމަތިން ޕީޕީއެމް ޖަލްސާއަށް ކާނިވާ ތައްޔާރުކުރުމުގައި މިނިސްޓްރީގެ މުވައްޒަފުން!
19 ޖޫން 2017

ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް

19 ޖޫން 2017
ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް
11 ޖޫން 2017

ކާނިވާ ސަރަހައްދުގައި ހުރި ބައެއް ކެފޭތަކައި ރެސްޓޯރެންޓްތައް ނަގަނީ

11 ޖޫން 2017
ކާނިވާ ސަރަހައްދުގައި ހުރި ބައެއް ކެފޭތަކައި ރެސްޓޯރެންޓްތައް ނަގަނީ
26 މެއި 2017

ރޯދަމަހު މޯލްޑިވް ގޭސް ވިއްކާނި ގަޑިތައް ކަނޑައަޅައިފި

26 މެއި 2017
ރޯދަމަހު މޯލްޑިވް ގޭސް ވިއްކާނި ގަޑިތައް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް