Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ޖަލްސާ ޝައުޤުވެރިވާނެ، ހޮނިހިރު ދުވަހު މުޅި ކާނިވާ ސަރަހައްދު ފުރާލާނަން: ޕާޓީތައް

5 ސެޕްޓެމްބަރު 2018 | ބުދަ 17:49

އަޖާއިބު ކުރުވަނިވި، ޝައުގުވެރި ކުރުވަނިވި ޖަލްސާއަކަށް ވެގެންދާނެ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 5 ސެޕްޓެމްބަރު 2018 | ބުދަ 17:49
ސެންޓްރަލް ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ޕާޓީތަކުގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެން

ސެންޓްރަލް ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ޕާޓީތަކުގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެން

ހޮނިހިރު ދުވަހު ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަކީ، ޝައުޤުވެރި ޖަލްސާއަކަށްވާނެ ކަމަށާއި، އެ ދުވަހު މުޅި ކާނިވާ ސަރަހައްދު ފުރާލާނެ ކަމަށް ގުޅިފައިވާ އިއްތިހާދުން ބުނެފި އެވެ.

އިންސާފުގެ މަގަށް ގޮވާލާ ހޮނިހިރު ދުވަހު ގުޅިފައިވާ ޕާޓީތަކުން ބާއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އާއި ގުޅޭ މައުލޫމާތު ދެއްވުމަށް ސެންޓްރަލް ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ 8 ވަނަ ދުވަހު ގުޅިފައިވާ ޕާރޓީތަކުން ބާއްވާ ޖަލްސާއަކީ މުޅި ކާނިވާ ސަރަހައްދު ފުރާލާނެ ޖަލްސާއެއް ކަމަށާއި، މިފަދަ ޖަލްސާއަކަށް ރައްޔިތުން ކެތްމަދުވެފައިވާ ކަމަށެވެ. ޝިފާޒް ވިދާޅުވީ މި ޖަލްސާ ވެގެން ދާނީ އަޖާއިބު ކުރުވަނިވި ޝައުގުވެރި ޖަލްސާއަކަށް ކަމަށާއި، މިއީ ގުޅިފައިވާ ޕާޓީތަކުގެ ހަޤީޤީ ސައިޒް ރައީސް ޔާމީނަށް ފެނިގެންދާނެ ޖަލްސާއެއް ކަމަށެވެ.

Advertisement - newsAdvertisement

ޝިފާޒް ވިދާޅުވީ ވަޒީފާގެ ބިރަށްޓަކާ އެއްވެސް ފަރާތަކުން ޖަލްސާއަށް ހާޒިރުވުމަށް ބިރުގަންނާނެ ކަމެއް ނެތް ކަމަށާއި، ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު ރައްޔިތުން މިއަދު ބިރުފަހަނައަޅާ ނިކުންނަން ވެއްޖެ ކަމަށެވެ.

"ޓީޗަރުން ބިރުފަހަނައަޅާ ނިކުތް މަންޒަރު ފެނިއްޖެ. ކަސްޓަމްސް، އެމްޕީއެލް، މުވައްޒިފުން ބިރުފަހަނައަޅާ މިއަދު ނިކުމެއްޖެ.ބިރުގަންނާނެ އެއްވެސް ކަމެއް ނެތް. ދެން ރައްޔިތުންނަށް ފެނިގެންދާނީ އިންސާފުވެރި ވެރިކަމެއް" ޝިފާޒް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަދައްކަމުން އެ ޕާޓީގެ ނައިބް ލީޑަރު ޑރ. ހުސެން ރަޝީދު ވިދާޅުވީ 8 ވަނަ ދުވަހު ޖަލްސާ ބާއްވަން ހުއްދަދިނީ ރައީސް އަބްދުﷲ ޔާމީންގެ ހެޔޮފުޅުކަމުން ނޫން ކަމަށާއި، މިއީ ފާއިތުވެދިޔަ 3 އަހަރު ރައްޔިތުން ކުރި ބުރަ މަސައްކަތުން ބާއްވަން ހުއްދަ ލިބިގެންދިޔަ ޖަލްސާއެއް ކަމަށެވެ. ހުސެން ވިދާޅުވީ މާލޭން ގުޅިފައިވާ ޕާޓީތަކަށް އޮތް ތާއީދު ފެނުމުން ރައީސް ޔާމީން ސިހިގެންދާނެ ކަމަށެވެ. ގުޅިފައިވާ ޕާރޓީތަކުން ބާއްވާ ޖަލްސާއަށް ހާޒިރުވާން ބިރު ގަންނާނެ ސަރުކާރު އެއްވެސް މުވައްޒިފެއް މިއަދު ނެތް ކަމަށާއި، ރައީސް ޔާމީންގެ އަނިޔާވެރިކަމަށް ދެން ރައްޔިތުން ކުޑަކަކޫ ނުޖަހާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ސިޔާސީ ޕާރޓީތަކުގެ ލީޑަރުން ހައްޔަރުކުރެވި، ޖަލަށް ލާފައި އެތިބީ. ޔާމީނަށް ކުޑަކަކޫ މިއަދު ރައްޔިތުން ނުޖަހާނެ. މާލޭ ރައްޔިތުން 8 ވަނަ ދުވަހު ނިކުމެ އެ މަންޒަރު ދައްކާ" ހުސެން ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެ ޖަލްސާއަކީ ގުޅިފައިވާ ޕާރޓީތަކުން އެކުގައި ބާއްވާ ފުރަތަމަ ޖަލްސާކަން ފާހަގަކުރައްވަމުން އަދާލަތު ޕާޓީން ވާހަކަފުޅު ދެއްކެވި އެ ޕާރޓީގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ނޫމާން ވިދާޅުވީ މި ޖަލްސާއަކީ އިއްތިހާދުވި ފަހުން ފާހަގަކޮށްލަން ލިބޭ ފުރަތަމަ ފުރުސަތު ކަމަށާއި، ހަޤީޤި ސައިޒް ދައްކާލަނެ ކަމަށެއެވެ.

"ހަޤީޤީ ސައިޒް ދައްކާލަފާނެތީ އެކަމަށް އަބަދުވެސް ހުރަސް އަޅުއްވަނީ. މި ޖަލްސާގައި މާލޭން އަދަދު ދެއްކޭނެ ތަސައްވުރެއް ދައްކާލާނަން" ނޫމާން ވިދާޅުވިއެވެ.

މޭޑޭގެ ހިގާލުމަށްފަހު ގުޅިފައިވާ ޕާރޓީތަކަށް ސުލްހަވެރި ސިޔާސީ ހަރަކާތްތަށް ހިންގަން ފުރުސަތު ނުދެއްވާ ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެންނެވީ ރައީސް ޔާމީން ނޫންކަން ފާހަގަކުރައްވަމުން މައުމޫން ރިފޯރމް މޫވްމެންޓްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ 8 ވަނަ ދުވަހުގެ ޖަލްސާވެގެން ދާނީ މިހާތަނަށް މާލޭގައި ބޭއްވޭ އެންމެ ބޮޑު ސިޔާސީ ޖަލްސާއަށް ކަމަށެވެ.

"މާލޭގެ ރަށްވެހިން އެއްވެ އެ މީހުންގެ އަޑު ޔާމީނަށް އިއްވަންޖެހޭ. ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވޭނެ. އެކަން ހޯދަން ޖަލްސާއަށް ރައްޔިތުން ނިކުންނަންޖެހޭ" އަމީތު ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު ގުޅިފައިވާ ޕާރޓީތަކަށް ކާނިވާ ސަރަހައްދުގައި 8 ވަނަ ދުވަހު ޖަލްސާއެއް ބާއްވަން ސަރުކާރުން ހުއްދަދީފައިވާއިރު، 7 ވަނަ ދުވަހު ހަމަ އެ ސަރަހައްދުގައި ޕީޕީއެމްއިންވެސް ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް