Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

ދެ ފަރާތުން އެއްބަސްވެވޭ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި

20 އެޕްރީލު 2018 | ހުކުރު 21:11

މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވޭނީ ދެ ފަރާތުން އެއްބަސްވެވޭ އިލެކްޝަންސް ކޮމިޝަނެއް އޮވެގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 އެޕްރީލު 2018 | ހުކުރު 21:11
އިލެކްޝަންސް ކޮމިޝަން އޮފީސް

އިލެކްޝަންސް ކޮމިޝަން އޮފީސް

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެރޭ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ވިލާތުގެ އިއްތިހާދުން ދިވެހިރާއްޖެއާ ގުޅޭގޮތުން ނެރެފައިވާ ޕޮލިޓިކަލް ރިޕޯޓުގައި ފާހަގަކޮށް އިރުޝާދު ދީފައިވާ މައްސަލަތަކުގެ ތެރެއިން މާތްވެގެންވާ އިސްލާމް ދީނާ ފުށުއަރާ މައިގަނޑު ދެ މައްސަލަ ފިޔަވައި ދެންހުރި ކަންކަމަކީ ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ޑިމޮކްރެޓިކް އުސޫލުން ދައުލަތް ހިންގުމަށާއި، ރައްޔިތުންގެ ކިބައިން އުފެދިފައި އޮންނަ ރައްޔިތުންގެ ވެރިކަމެއްގެ ސިފަ ދިވެހި ދައުލަތުގައި އަށަގެންނެވުމަށްޓަކައި ކޮންމެހެން ލާޒިމު ކަންކަން ކަމުގައި ގުޅިފައިވާ ޕާޓީތަކުން ދެކޭކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އިންތިޚާބީ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ވިލާތުގެ އިއްތިހާދުން ފާހަގަކޮށްފައިވާ ކަންކަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ތަންފީޒުކުރުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޤަބޫލުކުރަނީ، ވިލާތުގެ އިއްތިހާދުން އިންތިޚާބާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަން ތަންފީޛުކޮށް މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވޭނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކަމިޝަނަކުން ކަމަށްވެސް ބަޔާނުގައިވެއެވެ.

އިންތިޚާބުގެ ކުރިން ޝަރުޢީ ކޯޓުތަކާއި އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ މުއައްސަސާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތައް ހަރުދަނާކޮށް އެތަންތަނުގެ މިނިވަންކަން ކަށަވަރުކުރުމާއި، ދައުލަތުގެ ތެރޭގައި އިމެއްނެތް މިންވަރަށް ކޮރަޕްޝަން ފެތުރިފައިވާ ދަނޑިވަޅެއްގައި އިންތިޚާބުގެ ކެމްޕޭނަށް ޚަރަދުކުރާ ފައިސާގެ ކަންކަން ބެލެހެއްޓޭނެ އުސޫލެއް ޤާއިމުކުރުމާއި، ދައުލަތުގެ މުދަލާއި އެހެނިހެން ވަސީލަތްތައް ނާޖާއިޒުގޮތުގައި ކެމްޕޭނަށް ހޭދަކުރުން ހުއްޓުވުމާއި، އިންތިޚާބުގައި ވޯޓުލާން ބޭނުންވާ ރައްޔިތުންނަށް ފަސޭހައިން ރަޖިސްޓްރީވުމަށާއި އަދި އެކަމަށް އެކަށީގެންވާ ވަގުތު ލިބޭނެހެން ކަންކަން އިންތިޒާމްކުރުމާއި، އިންތިޚާބު ހިނގަމުންދާ ވަގުތު އިންތިޒާމުތައް ހުންނަންވާ ގޮތުގެ އަސާސީ އުސޫލުތަކާއި، އިންތިޚާބުގައި މަކަރުހެދުމަށް މަގުފަހިވާނެހެން ހުރިކަންކަން ބަދަލުކުރުމުގެ އިރުޝާދުތަކާއި އަދި މަދަނީ ޖަމުޢިއްޔާތަކާއި މީޑިއާއަށް ޤާނޫނީގޮތުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާހައުލެއްގައި އިންތިޚާބާ ގުޅުންހުރި އެންމެހައި ކަންކަމުގައި އެފަރާތްތަކުގެ ބައިވެރިވުން އެކަށީގެންވާ މިންވަރަށް ކަށަވަރުވެފައި އޮންނަންޖެހޭ ކަމަށް ދީފައިވާ އިރުޝާދަކީ 2014 ވަނަ އަހަރުއްސުރެ ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތައް ދިރާސާކުރުމަށްފަހު އެކަންކަން އިސްލާހު ކުރުމަށްޓަކައި ދީފައިވާ އިރުޝާދުތަކެއް ކަމަށާއި އަދި ހަމަ އެކަންކަމަކީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތަކުންވެސް ކެނޑިނޭޅި ފާހަގަކުރަމުން އަންނަ ބޮޑެތި މައްސަލަތައް ކަމުގައި ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި އެ ޤާނޫއަސާސީގެ ދަށުން ހެދިފައިވާ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ޝަރުޢީ ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ސިޔާސީ ލީޑަރުންނާއި އިސްލާހަށް މަސައްކަތްކުރާ ފަރާތްތައް ނުޙައްޤުން ބަންދުކޮށް ބޮޑެތި ޣައިރުޤާނޫނީ ޙުކުމްތައް އިއްވަމުންދިއުމާއި، ސަރުކާރުގެ ޣައިރުޤާނޫނީ އަމުރަށް ތަބަޢަވެ ފުލުހުން މިފަދަ މައްސަލަތަކާގުޅޭ ހެކި އުފައްދައިގެން ޣައިރު ޤާނޫނީ ތަޙުޤީޤުތައް ކުރިޔަށް ގެންދާތީ އާއި އަދި އެއްވެސް ހަމައެއްނެތި ދައުލަތުގެ ނަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް މިފަދަ މައްސަލަތަކުގައި ދައުވާ ކުރަމުންދާކަމީ ވާދަވެރި އަދި ހަމަހަމަ އިންތިޚާބެއް ކަށަވަރުކުރުމަށްޓަކައި އެތައްކަމެއް އިސްލާޙުކުރަންޖެހޭކަމުގެ ހެއްކެއް ކަމަށެވެ. ޝަރުޢީ ނިޒާމުގެ ތެރޭގައި ހިނގަމުންދާ ބޮޑެތި އެތައް މައްސަލައެއް ފާހަގަކޮށް އެކަންކަން އިސްލާޙުކުރުމަށްޓަކައި 1 ފެބްރުއަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިއްތިފާޤުން ނެރެފައިވާ އަމުރު ތަންފީޒުވުމަކީ މުއައްސަސާތަކަށް އިތުބާރު އުފެއްދުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށާއި ދިވެހި ރައްޔިތުން އިންތިޚާބުކޮށްފައި އޮތް ރައްޔިތުންގެ މަޖިލީސް ހިނގާނެ އެންމެހާ ދޮރުތައް ބަންދުކޮށް އެ މަޖިލީހުގައި ތަޅުއަޅުވާފައި އޮންނަ އޮތުމަކީ ނިޒާމުގެ ތެރެއިން ކަންކަން އިސްލާހުކުރުމަށް މެދުވެރިވެފައިވާ ބޮޑުގޮންޖެހުމެއް ކަމަށް ވެސް މިބަޔާނުގައިވެއެވެ.

އިސްލާމްދީން އުޒުރަކަށް ހަދައިގެން އިންތިޚާބާ ގުޅޭ ކަންކަން އިސްލާހުކުރުމަށް ދެކޮޅުހެދުމުގެ ބަދަލުގައި، މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަށްޓަކައި ވިލާތުގެ އިއްތިހާދުގެ އިރުޝާދުތައް ތަންފީޒުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް ލަސްނުކޮށް ފެށުމަށް ސަރުކާރަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް