Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޭބަލް ޓެނިސް

ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ މުބާރާތް ފަށައިފި

މި މުބާރާތުގައި ތިން ކެޓަގަރީއެއް އެކުލެވިގެންވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 20 އެޕްރީލު 2018 | ހުކުރު 14:31
މި މުބާރާތުގެ މެޗެއްގެ ތެރެއިން

މި މުބާރާތުގެ މެޗެއްގެ ތެރެއިން

ދެކުނު އޭޝިއާގެ ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތް ރާއްޖޭގައި ފަށައިފިއެވެ. މިއީ މި ސަރަހައްދުގައި ބޭއްވޭ ޓޭބަލް ޓެނިސްގެ އެންމެ ވާދަވެރި މުބާރާތަށްވާއިރު މި މުބާރާތުގައި މި ސަރަހައްދުގެ ހަ ގައުމަކުން ބައިވެރިވެއެވެ. އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި ރާއްޖެއެވެ.

މި މުބާރާތުގެ ޖޫނިއާރ ކެޓަގަރީގައި 18 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާއިރު، ކެޑޭޓް ކެޓަގަރީގައި ވާދަކުރާނީ 15 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ހަމައެހެންމެ މިފަހަރުގެ މުބާރާތުގައި ހޯޕްސް ކެޓަގަރީ ކުރިޔަށްދާއިރު އެ ކެޓަގަރީގައި ވާދަކުރާނީ އުމުރުން 12 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. މި މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގައި ރާއްޖޭގެ ކުޅުންތެރިން ބައިވެރިވާއިރު މި މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ކުޅުންތެރިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ މުބާރާތުގެ މެޗުތައް ކުރިޔަށްދަނީ ވަރަށް ވާދަވެރިކޮށް ކަމަށާއި ދިވެހި ޓީމުގެ ފަރާތުންވެސް ފެންނަމުންދަނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ. އޭނާ ވިދާޅުވީ ގައުމީ ޓީޓީ ޓީމު މި މުބާރާތުގައި ކުޅޭތީ ކުޅި ބަލަން ވަންނަ މީހުންގެ އަދަދުވެސް އިތުރު ކަމަށާއި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެންނަމުންދާ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މުބާރާތުގެ ފައިނަލް މެޗުތައް އާދިއްތަ ދުވަހު ކުރިޔަށްދާނެ ކަމަށް ސުޖާއު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު