Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީރާ

ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގައި ޕްލޭ އޭރިއާއެއް ހެދުމަށް މީރާގެ މުވައްޒަފުން 52,000ރ. ހަދިޔާކޮށްފި

މި ފައިސާ ހަވާލުކޮށްފައި ވަނީ މީރާގައި ކެއަރ ސޮސައިޓީ ކުދިންނަށް ބޭއްވި ޚާއްސަ ހަފުލާގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 އެޕްރީލު 2018 | ހުކުރު 07:26
މީރާގެ މުވައްޒަފުންގެ ފަރާތުން ކެއާ ސޮސައިޓީއާ އެހީ ހަވާލުކޮށްދެއްވަނީ

މީރާގެ މުވައްޒަފުންގެ ފަރާތުން ކެއާ ސޮސައިޓީއާ އެހީ ހަވާލުކޮށްދެއްވަނީ

ކެއަރ ސޮސައިޓީގެ ފަރާތުން ހިންގާ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގައި ޕްލޭ އޭރިއާ ހަދަން ބޭނުންވާ 52,000ރ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުން ހަދިޔާކޮށްފިއެވެ.

މިއީ، މީރާގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ކޮންމެ އަހަރަކު ވެސް ހިންގާ އެކިއެކި އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ބުރާސްފަތިދުވަހުގެ ހަވީރު މީރާގައި ކެއަރ ސޮސައިޓީގެ ކުދިންނަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ފައިސާ ހަވާލުކޮށްފައިވާއިރު، މީރާގެ މުވައްޒަފުން ވަނީ ކެއަރ ސޮސައިޓީގެ ކުދިންނާ އެކު ގިނަ ވަގުތުތަކެއް ހޭދަކޮށް އެ ކުދިންނާ ގުޅުން ބަދަހިކޮށްފައެވެ. މި ހަފުލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ މުވައްޒަފުން ބައިވެރިވިއެވެ. އަދި ކެއަރ ސޮސައިޓީގެ ޗެއަރޕާސަން ތޯހާ ސަލީމް އާއި ކެއަރ ސޮސައިޓީގެ އިސްވެރިންނާއި މުވައްޒަފުން ވެސް ބައިވެރިވިއެވެ.

މި ހަރަކާތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ދީލަތި އެހީއާ އެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މި ފަދަ އެތައް ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.

ކެއަރ ސޮސައިޓީގެ ޗެއަރޕާސަން ތޯހާ ސަލީމް ވިދާޅުވީ މި ފަދަ އެހީތަކަކީ ކެއަރ ސޮސައިޓީއަށާއި ކެއަރ ޑިވެލޮޕްމަންޓް ސެންޓަރަށް ވަރަށް މުހިއްމު އެހީތަކެއް ކަމަށާއި، މީރާގެ މުވައްޒަފުން މި ދެއްވި އެހީއަކީ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރގެ ކުދިންނަށް ބޭނުންވާ ވަރަށް މުހިއްމު ކަމެއް ހާސިލްކުރުމަށް ވެވޭ ވަރަށް ބޮޑު އެހީއެއް ކަން ފާހަގަކޮށް މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2017

އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު

18 ޖުލައި 2017
އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު
23 ޖޫން 2017

ދިރާގުން ކެއަރ ސޮސައިޓީއަށް ހާއްސަ ހަދިޔާތަކެއް

23 ޖޫން 2017
ދިރާގުން ކެއަރ ސޮސައިޓީއަށް ހާއްސަ ހަދިޔާތަކެއް
18 މެއި 2017

ދޯންޏެއް ބަންޑުން ޖަހާލައި، ފަސް މީހަކު ކަނޑުވެފައި ތިއްބާ ސީޕްލޭނަކަށް ފެނިއްޖެ

18 މެއި 2017
ދޯންޏެއް ބަންޑުން ޖަހާލައި، ފަސް މީހަކު ކަނޑުވެފައި ތިއްބާ ސީޕްލޭނަކަށް ފެނިއްޖެ
28 އެޕްރީލު 2017

ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި

28 އެޕްރީލު 2017
ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި
08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
17 މާރިޗު 2017

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
20 ފެބުރުއަރީ 2017

ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި

20 ފެބުރުއަރީ 2017
ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު