Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީން

ކޮންމެތަނަކުން އަމުރެއް ކުރި ނަމަވެސް، ފުލުހުން ކުރަންޖެހޭނެ ކަމަކީ ސަރުކާރު ދިފާއުކުރުން: ރައީސް ޔާމީން

ފުލުހުންގެ މައްޗަށް ޤައިރު ޤަނޫނީ އަމުރުކުރަނީ ހަމައެކަނި އެ މީހުންގެ މައްޗަށް ތިބޭ ވެރިން ނޫން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 18 އެޕްރީލު 2018 | ބުދަ 18:16
ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގެ ތެރެއިން

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގެ ތެރެއިން

ފުލުހުންނަކީ ޤާނޫނީ ސަރުކާރު ހިމާޔަތްކުރަން ތިބޭ ބައެއް ކަމަށާއި، ކޮންމެ ތަނަކުން ކޮންމެ އަމުރެއް ކުރި ނަމަވެސް ފުލުހުން ޤާނޫނީ ސަރުކަރު ހިމާޔަތްކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ޤާނޫނާ ހިލަފު އަމުރެއް ނުކުރާނެ ކަމަށެވެ. އަދި ފުލުހުންނަކީ ޤާނޫނީ ސަރުކާރު ހިމާޔަތްކުރަން ތިބެންޖެހޭ ބައެއް ކަމަށާއި، ކޮންމެ އަމުރެއް އަޔަށް ޤާނޫނީ ސަރުކާރެއް ދިފާއުކުރުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، މުޅި ސަރުކާރަށް ލޮޅުން އަރާ ކަންކަމުގައި ކޮންމެ ދިމާލަކު އަމުރެއް އައި ނަމަވެސް އެ އަމުރަކާ މެދު ފުލުހުން ވިސަންނަޖެހޭ ކަމަށާއި، ޤާނޫނާ ހިލާފު އަމުރަކަށް ފުލުހުން ތަބާވެގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މައްޗަށް ޤައިރު ޤަނޫނީ އަމުރުކުރަނީ ހަމައެކަނި އެ މީހުންގެ މައްޗަށް ތިބޭ ވެރިން ނޫން ކަމަށެވެ. އަދި އެ ނޫން ދިމާލުން ވެސް ފުލުހުންގެ މައްޗަށް ޤައިރު ޤާނޫނީ އަމުރުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ކޮންމެ ފުލުހަކު ވެސް ހުވާކޮށްގެން ތިބީ ޤާނޫނު ނަގަހައްޓަން ކަމަށާއި، އެ ހުވަޔާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާކަން ފުލުހުން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުދިކުދި ކަންތައްތަކުގެ ވާހަކައެއް ނޫން މި ދައްކަނީ. މުޅި ސަރުކާރު ހިންގުމަށް ލޮޅޫއަރާ ފަދަ ކަންކަމުގައި ފުލުހުންނާއި ދިމާލަށް މި އަންނަ އަމުރުތައް ކޮންމެ ދިމާލަކުން އައި ނަމަވެސް އެއާ މެދު ވިސްނަންޖެހޭ."

ފުލުުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ފުލުހުންގެ މުއައްސަސާ އިން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ފުލުހުނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުނީ ފުލުހުންގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ކަމަށާއި، އެއީ އެންމެ ފުލުހަކު ކުރި ކަމެއް ނަމަވެސް މުޅި ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު އެކަމުގެ ސަބަބުން ގެއްލިގެންދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ގިނަ ރައްޔިތުންގެ ތައުރީފް ލިބުނެއް ކަމަކު ފުލުހުން އަބަދުވެސް ވަޒީފާ އަދާކުރަނީ އެ ތައުރީފް ހޯދަން ކަމަށް ދެކުމަކީ މައްސަލައެއް ކަމަށެވެ. އަދި ފުލުހުންނަކީ އެއަށް ވުރެ ބޮޑު މަސްއޫލިއްޔަތެއް ހަވާލުކޮށްފައިވާ ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު