Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިމަރަފުށީ މުސްތަފާ

ހުރިހާ އެއްޗެއް ފޭރިގަތަސް އަޅުގަނޑުގެ ދަރިންނާއި ނަފްސު ފޭރިނުގަނެވޭނެ: މުސްތަފާ

18 އެޕްރީލު 2018 | ބުދަ 04:35

މުސްތަފާގެ ކާރު ނަގަން އުޅޭކަން އެންގުމުން ހިތްހަމަނުޖެހުން ފާޅުކުރެއްވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 18 އެޕްރީލު 2018 | ބުދަ 04:35
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

ހުރިހާ އެއްޗެއް ފޭރިގަތަސް ދަރިންނާއި ނަފްސު ފޭރި ނުގަނެވޭނެކަން ރައީސް އަބްދުﷲ ޔާމީނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ އަންގާރަ ދުވަހުގެރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޕާކިން ޒޯންގައި އޮތް އޭނާގެ ކާރު އެތަނުން ނެގުމަށް ޓްރެފިކް ފުލުހުންނަށް އިކޮނޮމިކް މިނިސްޓްރީއިން އަންގާފައިވާ ކަމަށާއި، އެތަނަކީ އިކޮނޮމިކް މިނިސްޓްރީއާއި ބެހޭ ތަނެއް ނޫން ކަމަށެވެ. ޓްވިޓަރގައިވެސް މިވާހަކަތައް މުސްތަފާ ހިއްސާކުރައްވާފައިވާއިރު، މުސްތަފާ އިތުރަށް ވިދާޅުވީ އެކާރު އޮތީ މަޖިލީހުގެ ޕާކިން ޒޯންގައިކަމަށާއި، އޭނާއަކީ އަދިވެސް ތިމަރަފުށީ ދާއިރާގެ މެމްބަރުކަމަށެވެ.

Advertisement - newsAdvertisement

މުސްތަފާ އަކީ ޕީޕީއެމްއިން ވަކިވެވަޑައިގަތުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މެމްބަރެކެވެ. އެހެން ނަމަވެސް ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ ފެބްރުއަރީ 1 ވަނަ ދުވަހުގެރޭ އަމުރެއް ނެރެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕާކިން ޒޯނުގައި އޮތް ކާރު ނަގަން ފުލުހުންނަށް އިކޮނޮމިކް މިނިސްޓްރީއިން އެންގި މައްސަލައިގައި މުސްތަފާ އިތުރަށް ވިދާޅުވީ އޭ-180 މޮޑެލްގެ މާސިޑީޒް ބެންޒް ކާރެއް ފޭރިގަތުމަކުން ކަންބޮޑު ނުވާ ކަމަށެވެ.

"ޕީޕީއެމްއިން ކެނޑިގެން އައިފަހުން 7 މިލިއަން އެމެރިކާ ޑޮލަރުގެ އަގު ހުރި 5000 ޓަނުގެ އާގު ބޯޓެއް ވެސް ފޭރިގަނެފަ ވެއްޖެ،" މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން މީގެ 25 އަހަރުކުރިން ތިލަފުށިން ނަގާފައި ހުރި ބިންތަކާއި މުދަލާއި ޢިމާރާތްތައް ވެސް ފޭރިގަންނާނެކަމުގެ އިންޒާރު ވެސް ލިބެމުންދާ ކަމަށެވެ.

މުސްތަފާ ވިދާޅުވީ ހުރިހާ އެއްޗެއް ފޭރިގަތަސް ދަރިންނާއި ނަފްސު ފޭރި ނުގަނެވޭނެކަން ރައީސް އަބްދުﷲ ޔާމީނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނާއަކީ، ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަފުޅުގެ މައްސަލައިގައި ފުލުހުން ކުރި ތަހުޤީޤު ހުއްޓާލާފައިވާ ކަމަށް ބުނުމަށް ފަހު، ފަހުން ޓެރަރިޒަމްގެ ދައުވާ އުފުލުނު މުސްތަފާ ވިދާޅުވިއެވެ.

ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ އޭނާގެ ގާތް ބައެއް މީހުން މަޖިލިސް ދޮށަށް ދިޔައިރު ފުލުހުން ފޯކްލިފްޓެއް ބޭނުންކޮށްގެން ކާރު ނަގަން އުޅޭ ކަމަށެވެ. އަދި ނަގާއިރު ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ފުލުހުން ބުނިކަމަށާއި، އެހެން ނަމަވެސް ފަހުން ކާރު އެތަނުން ނަގައިގެން ގެންދަން ފުލުހުން ފުރުސަތު ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ.އެމްވީ އާއި ވާހަކަ ދެއްކެވި ފަހުން މުސްތަފާ ވަނީ ކާރު ނަގަން ދިޔަ ފުލުހުންނަށް ޝުކުރު އަދާކޮށް ޓްވީޓެއް ކުރައްވާފައެވެ.

"ފުލުހުންގެ ކުދިންނަށް ބޭނުމެއް ނުވޭ މީހުންގެ މުދަލަށް އަރައި، ފޭރުމުގެ އަމަލު ހިންގާކަށް."

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

27 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

27 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން
26 މެއި 2017

އެމްޕީއެލް އިން ހިންގާ ނޯތު ޕޯޓް ކެފޭ ބަންދު ކޮށްފި، މުވައްޒަފުން ވަކި އެއްޗެއް އަންގާނީ ރަމްޟާން މަހަށް ފަހު!

26 މެއި 2017
އެމްޕީއެލް އިން ހިންގާ ނޯތު ޕޯޓް ކެފޭ ބަންދު ކޮށްފި، މުވައްޒަފުން ވަކި އެއްޗެއް އަންގާނީ ރަމްޟާން މަހަށް ފަހު!
17 މެއި 2017

ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ފިކުރަށް އަންނަ އެއްޗެއް:ހަސަން ލަތީފް

17 މެއި 2017
ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ފިކުރަށް އަންނަ އެއްޗެއް:ހަސަން ލަތީފް
08 މެއި 2017

އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް

08 މެއި 2017
އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް
26 އެޕްރީލު 2017

މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!

26 އެޕްރީލު 2017
މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!
16 އެޕްރީލު 2017

ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން

16 އެޕްރީލު 2017
ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން
12 މާރިޗު 2017

ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ

12 މާރިޗު 2017
ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް