Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލިނގިލި ކައުންސިލް

ރާއްޖެ ޓީވީގެ ހުސައިންއަށް އަނިޔާ ކުރުމުން ބަޔާނެއް ނެރެގެން ވިލިނގިލީ ކައުންސިލް ސަސްޕެންޑް ކޮށްފި

17 އެޕްރީލު 2018 | އަންގާރަ 16:27

ސަސްޕެންޑް ކުރީ 1 މަސް ދުވަހަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 އެޕްރީލު 2018 | އަންގާރަ 16:27
އެްލޖީއޭގެ ބޯޑު ބައްދަލުވުމެއްގެ ތެރެއިން

އެްލޖީއޭގެ ބޯޑު ބައްދަލުވުމެއްގެ ތެރެއިން

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަންއަށް ފުލުހުން އަނިޔާ ކުރުމާ ދެކޮޅަށް ހުސައިން ނިސްބަތްވާ ގއ. ވިލިނގިލީ ކައުންސިލުން ބަޔާނެއް ނެރުނީތީ އެކައުންސިލްގެ ފަސް މެންބަރުން ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާރަ ދުވަހު ވިލިނގިލީ ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ ޝަޒުމާ މުހައްމަދަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެރަށު ކައުންސިލްގެ ފަސް މެންބަރުން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކައުންސިލް އެއްކޮށް ސަސްޕެންޑް ކުރި ސަބަބެއް ކަމުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭރުން އެކައުންސިލުން ނޫސްބަޔާނެއް ނެރެފައިވާތީ ކަމަށެވެ.

އެލްޖީއޭ އިން ނެރުނު ނޫސް ބަޔާނަކީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަންއަށް ދިވެހި ފުލުހުން ޤާނޫނާ ޤަވާއިދާ ޚިލާފަށް ކޮށްފައިވާ އަނިޔާތައް ކުށްވެރިކޮށް ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެކައުންސިލްގެ ފަސް މެންބަރުން ސޮއިކުރައްވައި ނެރުއްވި ބަޔާނެވެ.

އެލްޖީއޭ އިން ބުނީ އެނޫސް ބަޔާނުގައި ބުނެފައިވާ ކަންކަން އެއޮތޯރިޓީން ސާފުކުރިއިރު ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ މައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ ކަމާގުޅޭ ތަހުގީގީ އެއްވެސް އިދާރާއަކުން ނިންމެވުމެއް ނިންމަވާފައި ނުވާއިރު އަދި މައްސަލައާ ގުޅޭ މައުލޫމާތު ކަށަވަރު ކުރުމަކާ ނުލައި ކައުންސިލްގެ ނިންމެވުމެއް ނެތި ކައުންސިލްގެ ނަމުގައި ބަޔާން ނެރެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެލްޖީއޭ އިން ބުނީ އެކަމަށް ރިއާޔަތްކޮށް އެލްޖީއޭގެ ބޯޑުން ނިންމީ އެ ބަޔާނުގައި ސޮއިކުރި ފަސް ކައުންސިލަރުން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ކަމަށެވެ.

އެމުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލް ކުރުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި އަދި ކައުންސިލަރުންގެ ސަސްޕެންޝަންގެ މުއްދަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ގއ ވިލިނގިލީ ކައުންސިލާއި ގއ ވިލިނގިލީ ކައުންސިލަށް ލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާ ހަވާލުވެ ހުންނާނީ ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާ އެވަގުތަކު ހަވާލުވެ ހުރި ފަރާތްކަމަށް އެސިޓީގައި ބުނެފައި ވެއެވެ.

އެލްޖީއޭ އިން ވަނީ އެދަރަޖައިގެ ކުށެއް ތަކުރާރުކޮށްފި ނަމަ ގއ ވިލިނގިލީ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހެޅޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ގއ ވިލިނގިއްޔަށް ނިސްބަތްވާ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިންއަށް ފުލުހުން އަނިޔާ ކުރުމުގެ ސަބަބުން އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލުންނާއި އަވައްޓެރި ސްރީލަންކާ އިން ފަރުވާ ހޯދާފައެވެ. އެމައްސަލަ އެޗްއާރުސީއެމުން ދަނީ ބަލަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް