Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރު އަލީ ހަމީދު

38 މިލިއަން ރުފިޔާ ފެނުނު ކަމަށް ބުނެވުނީ އޮޅިގެން: ފުލުހުން

ރަނގަޅު ގޮތަކީ 3.4 މިލިއަން ރުފިޔާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 17 އެޕްރީލު 2018 | އަންގާރަ 08:47
ފުލުހުންގެ ތަރުޖަމާން ސުޕްރިޓެންޑެންޓު އަހުމަދު ޝިފާން

ފުލުހުންގެ ތަރުޖަމާން ސުޕްރިޓެންޑެންޓު އަހުމަދު ޝިފާން

ހައްޔަރު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނުނު ކަމަށް ބުނެވުނީ އޮޅިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން "ރާއްޖެއެމްވީ"އަށް ވިދާޅުވީ އާދީއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި 38 މިލިއަން ރުފިޔާ ވާހަކަ އޭނާއަށް ވިދާޅުވެވިފައިވާނަމަ، އެއީ އޮޅުމެއް ކަމަށާއި ރަނގަޅު ގޮތަކީ 3.4 މިލިއަން ރުފިޔާ ކަމަށެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް، އާދީއްތަ ދުވަހު ނޫސްވެރިންނަށް ދެއްކި ޕްރެޒެންޓޭޝަންގައި ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ. ނަމަވެސް 38 މިލިއަން ރުފިޔާ އެ ގެއިން ފެނުނު ކަމަށް ޝިފާނަށް ވިދާޅުވެވުނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ސީދާ ޖަވާބެއް ނުދެއްވިއެވެ. ވިދާޅުވީ "ރަނގަޅު ގޮތަކީ 3.4 މިލިއަން ރުފިޔާ" ކަމަށެވެ.

"އޭގެ ރަނގަޅު ގޮތަކީ 3.4 މިލިއަން ރުފިޔާ. 38 މިލިއަން ބަދަލުވި ގޮތެއް ނޭނގޭ،" ފުލުހުންގެ ސްޓްރެޓެޖީ އެންޑް ލީގަލް ޑިޕާޓްމަންޓްގެ ހެޑުގެ މަގާމާއި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑުކަން ވެސް ކުރެއްވި ޝިފާން ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހު އިސްކަންދަރު ބިލްޑިންގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޝިފާން ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ދިވެހި ރުފިޔާއަށް ވާ ޔޫއެސް ޑޮލަރާއި ޕައުންޑާއި ދިވެހި ފައިސާ ފެނިފައިވާ ކަމަށެވެ. ނަމަވެސް ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ފުލުހުން ބުނެފައި ވަނީ އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 215،000 ޔޫއެސް ޑޮލަރާއި 150،000 ރުފިޔާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ވަނީ އުފުލާފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު