Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖެނިފާ ލޮޕޭޒް

ޖެނިފާ ލޮޕޭޒްގެ މޭކަޕް ލައިން މިމަހުގެ ފަހުކޮޅު

މޭކަޕް ލައިން ނެރެން ހަމަޖެހިފައި ވަނީ މިމަހުގެ 26 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 އެޕްރީލު 2018 | ހޯމަ 06:11
ޖެނިފާ ލޮޕޭޒް

ޖެނިފާ ލޮޕޭޒް

މަޝްހޫރު ފަންނާނުން ބޭނުންކޮށްގެން އިސްތިހާރުކުރާ ޕްރޮޑަކްޓްތައް ވެސް މަޝްހޫރެވެ. އަދި މަޝްހޫރު ފަންނާނުން އަމިއްލައަށް ކުންފުނި ހަދައިގެން އުފައްދާ އެއްޗިއްސަށް ތަރުހީބު ލިބެއެވެ.

އެގޮތުން ލަވަކިޔުންތެރިޔާ ރިހާނާގެ ބިއުޓީ ޕްރޮޑަކްޓެއް ކަމަށްވާ ފެންޓީ ބިއުޓީ އާއި ވިކްޓޯރިއާ ބެކަމްގެ ކޮލަބަރޭޝަންއަކީ ފާހަގަ ކޮށްލެވޭ ބްރޭންޑްތަކެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ) ވަނީ ދާދި ފަހުން އޭނާގެ އަމިއްލަ މޭކަޕް ބްރޭންޑެއް މިމަހުގެ ފަހުކޮޅު އާންމު ކުރާނެ ކަމަށް ބުނެފައެވެ. ޖޭލޯގެ އިންސްޓަގްރާމުގައި އެކަން ހާމަކޮށް ބުނެފައި ވަނީ އޭނާގެ މޭކަޕް ބްރޭންޑް "ޖެނިފާ ލޮޕޭޒް އިންގްލޮޓް" މިމަހުގެ 26 އިން ފެށިގެން ރަސްމީކޮށް ލޯންޗުކުރަން ނިންމާފައި ވާކަމަށެވެ.

އަބަދުވެސް "ޔުނީކް ލުކެއް" ހުންނަ ޖެނިފާ އޭނާގެ މޭކަޕްލައިން މި ނެރެނީ ޕޮލަންޑްގެ ކޮސްމެޓިކް ކުންފުނި އިންގްލޮޓާ ގުޅިގެންނެވެ. މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މޭކަޕްތަކަށް ޕްރީ އޯޑާ ކުރެވޭނެއެވެ. ވުމަންސް ވެއަރ ޑެއިލީ އަށް ޖޭލޯ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާގެ ނަމުގައި މޭކަޕް ބްރޭންޑެއް އުފެއްދުން އެއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ވެފައި ހުރި ކަމެއް ކަމަށެވެ. އަދި އޭނާގެ މޭކަޕްލައިނަކީ ގުދުރަތީ ގޮތް ދައްކުވައިދޭ ގޮތަށް ތައްޔާރު ކޮށްފައިވާ މޭކަޕްތަކެއް ކަމަށެވެ. ބޭނުންކުރަނީ ކޮންކަހަލަ ޕްރޮޑަކްޓެއްތޯ އަބަދުވެސް މީހުން އަހާ ކަމަށާއި އޭނާގެ ނަމުގައި ނެރޭ މޭކަޕުން އޭގެ ޖަވާބު ލިބޭނެ ކަމަށް ޖޭލޯ ވަނީ ބުނެފައެވެ.

ޖޭލޯގެ މޭކަޕްލައިނެއް ފުރަތަމަ ފަހަރަށް ނެރޭއިރު ޚަބަރުތައް ބުނާ ގޮތުގައި "ޖެނިފާ ލޮޕޭޒް އިންގްލޮޓް" ގެ މޭކަޕްގެ އަގުތައް އުޅޭނީ 8 ޑޮލަރާއި 49 ޑޮލަރާ ދެމެދުގައެވެ.

ޖޭލޯ ނެރޭ މޭކަޕްގެ ވައްތަރުތަކުގެ ތެރޭގައި ޕައުޑާ، ބްލަސް، ލިޕްސްޓިކް، ބްރޯންޒާ އަދި އައި ޝެޑޯޒް ފަދަ އުފެއްދުންތައް ހިމެނެއެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2017

ގޮށްރާޅުގެ ޝޫޓިންގ މިމަހުގެ ފަހުކޮޅު ފަށަނީ

05 އޮކްޓޯބަރު 2017
ގޮށްރާޅުގެ ޝޫޓިންގ މިމަހުގެ ފަހުކޮޅު ފަށަނީ
12 ސެޕްޓެމްބަރު 2017

މާއެނބޫގެ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް މިމަހުގެ 15 ގައި ވިއްކަން ފަށަނީ

12 ސެޕްޓެމްބަރު 2017
މާއެނބޫގެ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް މިމަހުގެ 15 ގައި ވިއްކަން ފަށަނީ
12 ސެޕްޓެމްބަރު 2017

އެންމެ ބޭނުންވަނީ ޑެރެންގެ ކޮމެޑީ ފިލްމެއް ބަލާލަން:ޖެނިފާ

12 ސެޕްޓެމްބަރު 2017
އެންމެ ބޭނުންވަނީ ޑެރެންގެ ކޮމެޑީ ފިލްމެއް ބަލާލަން:ޖެނިފާ
12 ސެޕްޓެމްބަރު 2017

"ބޮސް" އަޅުވާ ތާރީހު މިމަހުގެ 31 އަށް ފަސްކޮށްފި

12 ސެޕްޓެމްބަރު 2017
"ބޮސް" އަޅުވާ ތާރީހު މިމަހުގެ 31 އަށް ފަސްކޮށްފި
26 އޯގަސްޓު 2017

ފަރަންސޭސި ރައީސްގެ މޭކަޕް ބިލަށް ސައްބީސް ހާސް ޔޫރޯ!

26 އޯގަސްޓު 2017
ފަރަންސޭސި ރައީސްގެ މޭކަޕް ބިލަށް ސައްބީސް ހާސް ޔޫރޯ!
09 މެއި 2017

ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ

09 މެއި 2017
ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ
10 އެޕްރީލު 2017

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ
03 އެޕްރީލު 2017

"އިލް ނޮއިސް" މިމަހުގެ 27 ގައި

03 އެޕްރީލު 2017
"އިލް ނޮއިސް" މިމަހުގެ 27 ގައި
15 ޖެނުއަރީ 2017

ނޮމިނޭޝަންތައް އޮންލައިންކޮށް އިޢުލާންކުރަނީ

15 ޖެނުއަރީ 2017
ނޮމިނޭޝަންތައް އޮންލައިންކޮށް އިޢުލާންކުރަނީ
07 ޖެނުއަރީ 2017

" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި

07 ޖެނުއަރީ 2017
" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު