Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖެނިފާ

އެންމެ ބޭނުންވަނީ ޑެރެންގެ ކޮމެޑީ ފިލްމެއް ބަލާލަން:ޖެނިފާ

ޑްރެން ޑައިރެކްޓްކޯށްފައިވާ "މަދާ" ސިނަމާތަކަށް އަންނާނީ މިމަހުގެ 15 ވަނަ ދުވަހުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 12 ސެޕްޓެމްބަރު 2017 | އަންގާރަ 07:18
ޖެނިފާ އާއި އޭނާގެ ލޯބިވެރިޔާ ޑަރެން

ޖެނިފާ އާއި އޭނާގެ ލޯބިވެރިޔާ ޑަރެން

އެންމެ ބޭނުންވަނީ ޑެރެން އެރޮނޮފްސްކީގެ ކޮމެޑީ ފިލްމެއް ބަލާލަން ކަމަށް ހޮލީވުޑްގެ ބަތަލާ ޖެނިފާ ލޮރެންޒް ބުނެފިއެވެ.

ޑެރެން އެރޮނޮފްސްކީ އަކީ ޖެނިފާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފިލްމު އުފައްދާ ފަރާތެކެވެ.

ޖެނިފާ ބުނީ ޑެރެން އާންމުކޮށް ހަދަނީ ވަރަށް ސީރިއަށް އަދި ލޯބީގެ ފިލްމުތައް ކަމަށާއި އެހެންކަމުން އޭނާގެ އެކަހަލަ ފިލްމެއް ބަލަން ބޭނުންވާކަމަށެވެ.

ޖެނިފާ ބުނީ އޭނާ ބޭނުންވަނީ އޯޑިއެންސް ހެއްވާލާކަހަލަ ފިލްމެއް ޑެރެން އުފެއްދުމަށްކަމަށެވެ. ޖެނިފާގެ އެންމެ ފަހުގެ ފިލްމު "މަދާ" ރިލީޒްކުރުމަށްބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ޑެރެން ބުނީ އެ ފިލްމަކީ ބިރުވެރި ފިލްމެއްކަމަށްވިއަސް އެފިލްމުގައިވެސް ވަރަށް މަޖާ ސީންތައް ހުންނާނެކަމަށެވެ.

"މަދާ" ގައި ފެންނަނީ ދެމަފިރިއަކަށް ދިމާވާ ބިރުވެރި ކަންތައްތަކެވެ. ޑެރެން ބުނީ އޭނާ މި ފިލްމު އޯޑިއެންސާއެކި ބަލައިގިކަމަށާއި އެއީ އޯޑިއެންސް ވަރަށް ގަޔާވި ފިލްމެއްކަމަށެވެ. އަދި މި ފިލްމުގައި ނޭވާ ހިފަހައްޓާލަންޖެހޭ މަންޒަރުތައް ފެންނާނެކަމަށާއި ފިލްމު ބެލުމަށް އިންތިޒާރުކުރުމަށް އެދޭކަމަށެވެ.

ޖެނިފާއާއި ޑެރެން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރުނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ. އޭގެ 2 މަސްފަހުބން އެދެމީހުންވަނީ ރައްޓެހިވެގެން އުޅޭކަމަށް މީޑިއާތަކަށް ޔަގީންކަން ދީފައެވެ.

ޑެރެން ޑައިރެކްޓްކޯށްފައިވާ "މަދާ" ސިނަމާތަކަށް އަންނާނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

އިތުރަށް ކިޔާލަން

05 ޖުލައި 2017

"ސުއި ދާގާ - މޭޑް އިން އިންޑިއާ" ކިޔާ ފިލްމެއް ޔަޝް ރާޖްސް އިން ހަދަނީ

05 ޖުލައި 2017
"ސުއި ދާގާ - މޭޑް އިން އިންޑިއާ" ކިޔާ ފިލްމެއް ޔަޝް ރާޖްސް އިން ހަދަނީ
25 މެއި 2017

ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ

25 މެއި 2017
ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ
18 މެއި 2017

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ
04 މެއި 2017

ޕީވީ ސިންދޫގެ ހަޔާތުގެ މައްޗަށް ވެސް ފިލްމެއް އުފައްދަނީ

04 މެއި 2017
ޕީވީ ސިންދޫގެ ހަޔާތުގެ މައްޗަށް ވެސް ފިލްމެއް އުފައްދަނީ
05 އެޕްރީލު 2017

އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން

05 އެޕްރީލު 2017
އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު