Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ. ދިއްދޫ

ދިއްދޫ ކައުންސިލްގެ އިދާރާއަށް ފުލުހުން ވަދެ ފާސްކުރުން އެމްޑީޕީން ކުށްވެރިކޮށްފި

16 އެޕްރީލު 2018 | ހޯމަ 03:13

ކައުންސިލް އިދާރާ ފާސްކޮށްފައިވަނީ އެއްވެސް އުސޫލެއް ނެތި ސިޔާސީ ބޭނުމެއްގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 16 އެޕްރީލު 2018 | ހޯމަ 03:13
ދިއްދޫ ކައުންސިލްގެ އިދާރާ: ފުލުހުން ވަނީ ކައުންސިލްގެ އިދާރާއަށް ވަދެ ބަލައި ފާސްކޮށްފައި

ދިއްދޫ ކައުންސިލްގެ އިދާރާ: ފުލުހުން ވަނީ ކައުންސިލްގެ އިދާރާއަށް ވަދެ ބަލައި ފާސްކޮށްފައި

ހއ. ދިއްދޫ ކައުންސިލްގެ އިދާރާއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ، އެތަން ފާސްކޮށްފައި ވަނީ ދިއްދޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް ފުރައްސާރަކޮޮށް، ކައުންސިލްގެ ބާރުތައް ކަނޑުވައި، ކަނޑައެޅިގެން ޤާނޫނުތަކާ ޚިލާފަށް، ސިޔާސީ ބޭނުމެއްގައި ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ހއ. ދިއްދޫ ކައުންސިލްގެ އިދާރާއަށް ފުލުހުން ވަދެ ފާސްކުރުން ކުށްވެރިކޮށް، އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ބަލަމުން އަންނަ މައްސަލައެއް ކަމަށް ބުނެ ކައުންސިލްގެ އިދާރާ ފާސްކޮށްފައި ވީނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ވެސް ފުލުހުން ހާމަކޮށްފައި ނުވާތީ އެއީ އެއްވެސް އުސޫލެއް ނެތި ސިޔާސީ ބޭނުމެއްގައި ހިންގާ ދެކޮޅު ނުޖެހޭ ކަމެއް ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި ފާއިތުވީ ފަސް އަހަރު ތެރޭގައި ސަރުކާރުގެ ޢަމަލުތަކުން ތަކުރާރުކޮށް ފެންނަމުން ދަނީ ލާމަރުކަޒީ ނިޒާމް ނައްތާލައި، ކައުންސިލަރުންގެ ބާރުތައް ހަނިކޮށް، ދައުލަތުގެ ހިންގުން މަރުކަޒީ ކުރަމުން އަންނަ މަންޒަރު ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement - newsAdvertisement

ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނުތައް ބަދަލުކޮށް މުޅި ނިޒާމު ވަނީ ގަޑުބަޑުކޮށްފައި ކަމަށާއި، އެ އަށް ފަހު ވެސް ކައުންސިލްތައް ސަރުކާރުގެ ބާރުގެ ދަށަށް ނުގެނެވުމުގެ ސަބަބުން ޤާނޫނާ ޚިލާފަށް ކައުންސިލަރުން ސަސްޕެންޑްކޮށް އެ ކައުންސިލްތަކުގެ އިދާރާ އަށް ވެސް މިހާރު ވަންނަމުން ދާކަމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދިއްދޫ ރައްޔިތުންނާއި ކައުންސިލަރުންނަކީ އިސްލާޙީ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ސާބިތުކަމާ އެކު ފެށުނީއްސުރެ ތިބޭ ބައެއް ކަން އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ.

އެމްޑީޕީން ބުނީ، ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑްކޮށް ޖިނާޢީ ކުށުގެ ތުހުމަތުކޮށް އެފަދަ ކަންކަން ކުރުމުން ރައްޔިތުންގެ އެތައް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހުރަސްއެޅިފައި ވާކަމަށެވެ. އެހެންކަމުން އެހެންކަމުން ސިޔާސީ ގޮތުން ހިންގާ މިފަދަ ނާތަހުޒީބު ކަންކަމުގައި ފުލުހުން ބައިވެރިނުވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި ސަރުކާރުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއެޅި، މުޅި ރާއްޖެއަށް އިއާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުން ލިބިގެންދާނެ އެމްޑީޕީން ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް