Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެފްއޭ އެވޯޑްސް

ޕީއެފްއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާނު ކޮށްފި

14 އެޕްރީލު 2018 | ހޮނިހިރު 11:59

މެންޗެސްޓާ ސިޓީގެ ތިން ކުޅުންތެރިން ނޮމިނޭޓްވި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 އެޕްރީލު 2018 | ހޮނިހިރު 11:59
މި މަގާމަށް ނޮމިނޭޓްވި ބައެއް ކުޅުންތެރިން

މި މަގާމަށް ނޮމިނޭޓްވި ބައެއް ކުޅުންތެރިން

އިނގިރޭސިވިލާތާއި ވޭލްސްގެ ފުޓްބޯޅަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޕްރޮފެޝަނަލް ފުޓްބޯލްސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ކޮންމެ ސީޒަނެއްގައި ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓު އާންމު ކޮށްފިއެވެ.

މި އަހަރުގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މެންޗެސްޓާ ސިޓީގެ ތިން ކުޅުންތެރިން ކަމަށްވާ ލެރޯއީ ސާނޭ އާއި ކެވިން ޑެބްރައިން އާއި ޑޭވިޑް ސިލްވާ އާއި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހޭއާގެ އިތުރުން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހުއެވެ.

މި ކުޅުންތެރިންގެ ތެރެއިން މި މަގާމަށް އެންމެ ބޮޑަށް ވާދަކުރާ އެއް ކުޅުންތެރިޔަކީ ސިޓީގެ މިޑްފީލްޑަރު ޑެބްރައިންއެވެ. ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ސިޓީ އޮތްއިރު އެ ޓީމުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި 11 ލަނޑު ޖަހައި 15 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ހަމައެހެންމެ އޭނާވަނީ ހަމަލާ އުފެއްދުމަށް ސިޓީގެ ފޯވާޑުންނަށް 102 ފުރުސަތު ތަނަވަސްކޮށްދީފައެވެ. ސިޓީއާ ޑެބްރައިން ގުޅުނީ 2015 ވަނަ އަހަރު ޖަރުމަނުގެ ވޮލްފްސްބާގް ދޫކޮށްލުމަށްފަހު 55 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

މި އެވޯޑު އެންމެ ހައްގުކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ލިވަޕޫލްގެ ފޯވާޑް ސަލާހުއަށެވެ. ލިވަޕޫލްގެ ފޯވާޑް ލައިންގެ އެންމެ މުހިންމު ރޯލު އަދާކުރަމުން އަންނަ ސަލާހު ވަނީ އެ ޓީމަށް ކުޅުނު 33 މެޗުގައި 29 ލަނޑު ޖަހާފައެވެ. އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް ލިވަޕޫލްއަށް އޭނާގެ ލަނޑުތަކުން 15 ޕޮއިންޓް ހޯދައިދީފައެވެ. ހަމައެހެންމެ ޕްރިމިއާ ލީގުގައި ލިވަޕޫލްއިން ޖެހި 71 ލަނޑުގައި އޭނާގެ 51 އިންސައްތަ ހިއްސާއެއް އެބައޮތެވެ.

މި ދެ ކުޅުންތެރިން ފަހަތުން މި އެވޯޑު ގެންދާނެ ކަމަށް އެންމެ ބެލެވޭ ކުޅުންތެރިޔަކީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއެވެ. މި ސީޒަނުގެ މިހާތަނަށް ކޭން 25 ލަނޑު ޖަހާފައިވާއިރު މިއީ ޖެހިޖެހިގެން ހަތަރު ސީޒަނުގައި ކޭން މި އެވޯޑަށް ނޮމިނޭޓްވި ފަހަރެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރެއިން ހަތަރު އަހަރު ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ޓީމުގައި ހިމެނުނު މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރ ޑެހޭއާ މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރެއެވެ. އުމުރުން 27 އަހަރުގެ ކީޕަރުގެ ފަރާތުން މޮޅު ކުޅުމެއް މި ސީޒަނުގައި ވެސް ފެންނަމުންދާއިރު އޭނާ ވަނީ އެ ޓީމު ކުޅުނު 32 މެޗުގެ ތެރެއިން 16 މެޗުގައި އިދިކޮޅު ޓީމަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ޑެހޭއާ ވަނީ އޭނާއާ އަމާޒުވި 80 އިންސައްތަ ހަމަލާ ދިފާއުކޮށްފައެވެ.

މި މަގާމަށް ދެން ވާދަކުރާ ޑޭވިޑް ސިލްވާ އަދި ސާނޭ ވެސް އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ސާނޭ ވަނީ 13 ލަނޑު ޖަހާ 16 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އުމުރުން 32 އަހަރުގެ ސިލްވާ ވަނީ މި ސީޒަނުގެ މިހާތަނަށް ނުވަ ލަނޑު ޖަހާ 14 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

މިދިޔަ އަހަރު މި އެވޯޑު ހޯދީ މިދިޔަ ސީޒަނުގައި ޗެލްސީއަށް ޕްރިމިއާ ލީގު ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކުރި ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް