Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބު ރައީސް ޖިހާދު

ޓެކްނޮލޮޖީ ބޭނުންކޮށް، ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުން މުހިއްމު: ނާއިބު ރައީސް

14 އެޕްރީލު 2018 | ހޮނިހިރު 09:34

ޖަޒީރާ ގައުމަކަށް ވުމުން ހިދުމަތް ދިނުމަށް ގޮންޖެހުން އެބަހުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 އެޕްރީލު 2018 | ހޮނިހިރު 09:34
ނާއިބު ރައީސް އަބްދުﷲ ޖިހާދު:

ނާއިބު ރައީސް އަބްދުﷲ ޖިހާދު:

ސިވިލް ސަރވިސްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ބަލަންވީ، ޓެކްނޮލޮޖީގެ ބޭނުންހިފައި، ވީހާ ވެސް ކަރުދާސް މަދުކޮށް، އާންމު ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ކަމުގައި ނާއިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ދަރުބާރުގޭގައި ބޭއްވެވި "ސިވިލް ސަރވިސް ކޮންފަރެންސް 2018" ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، އެންމެ ބޮޑަށް ބޭނުންކުރެވިދާނެ އެއްޗަކީ ޓެކޮނޮލޮޖީ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޖިހާދު ވިދާޅުވީ ސިވިލް ސަރވިސްގެ ހިދުމަތުގައި ތިބި މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަކީ، އެ މުވައްޒަފުންގެ މަސައްކަތަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށާއި، ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް އިތުރުކުރަމުން ގެންދަވަނީ ވެސް، މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

ރާއްޖެ ފަދަ، ކުދި ޖަޒީރާތަކަކުން އުފެދިފައިވާ ގައުމެއްގައި، ރައްޔިތުން ބޭނުންވާ މިންވަރަށް، އަދި ފެންވަރަށް ހިދުމަތް ދިނުމަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށާއި، ބަވަނަވަމުން މިދާ ދުނިޔޭގައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދިނުމަށް ސިވިލް ސަރވިސް އިން އަބަދުވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ ސިވިލް ސަރވިސްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ އެންމެ ބޮޑު އެއް އަސާސަކީ، ހިދުމަތާ ގުޅޭ މީހުންގެ ފެންވަރު ރަނގަޅު ކުރުން ކަމަށާއި މިގޮތުން، މަސައްކަތަށް އެކަށޭނަ، ހުނަރު ހުރި، އެންމެ ގާބިލު ފަރާތައް ވަޒީފާ ހަމަޖެހިގެންދިއުން ނުވަތަ "ކޮމްޕީޓެންސީ ބޭސްޑް ރެކްރޫޓްމަންޓް" ނިޒާމެއްގެ ދަށުން ވަޒީފާތަކަށް ބޭނުންވާ މީހުން އައްޔަން ކުރެވިގެން ދިއުން ވަރަށް މުހިއްމު ކަމަށެވެ.

މީގެ އިތުރުން ޖިހާދު ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންނަކީ، އެ ވަގުތަކު އޮތް ސަރުކާރަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދޭން ތިބި ބައެއްކަމަށާއި، ތަފާތު ވިސްނުމުގެ މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިބޭނެކަން ގަބޫލުކުރާހިނދު، ގައުމަށްޓަކައި، ނޫނީ ރައްޔިތުންނަށްޓަކައި ދެވޭ ހިދުމަތަކަށް އޭގެ އަސަރު ފޯރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، އޮފީސްތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، މަސައްކަތުގެ މާހައުލު ކިލަނބުކޮށް ހަދާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ޖިހާދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

01 މެއި 2017

އެމްޑީޕީގެ ޓީމު ބުރުނީ އަދި ވިލިފުށީގެ ރައްޔިތުންނާއި ބައްދަލުކޮށްފި

01 މެއި 2017
އެމްޑީޕީގެ ޓީމު ބުރުނީ އަދި ވިލިފުށީގެ ރައްޔިތުންނާއި ބައްދަލުކޮށްފި
30 އެޕްރީލު 2017

ރައީސް ޔާމީނަށް އިސްލާހު ކުރަންޖެހޭ ކަމެއް ނޭންގި ރައްޔިތުންނާއި ސުވާލު ކުރުމުން ހައިރާންވޭ: މެންބަރު ހުސައިން މުހައްމަދު

30 އެޕްރީލު 2017
ރައީސް ޔާމީނަށް އިސްލާހު ކުރަންޖެހޭ ކަމެއް ނޭންގި ރައްޔިތުންނާއި ސުވާލު ކުރުމުން ހައިރާންވޭ: މެންބަރު ހުސައިން މުހައްމަދު
19 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު

19 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު
16 އެޕްރީލު 2017

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން

16 އެޕްރީލު 2017
ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން
26 މާރިޗު 2017

މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު

26 މާރިޗު 2017
މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު
20 މާރިޗު 2017

ތާހިރު ދިރިއުޅުމަކަށާއި އިސްލާހީ ހަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

20 މާރިޗު 2017
ތާހިރު ދިރިއުޅުމަކަށާއި އިސްލާހީ ހަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް