Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދުގެ އާއިލާއިން ހުށަހެޅި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް އާދިއްތާ ދުވަހު ފަށަނީ

12 އެޕްރީލު 2018 | ބުރާސްފަތި 23:43

އިސްތިއުނާފުގެ މައްސަލަ ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:15 އަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 އެޕްރީލު 2018 | ބުރާސްފަތި 23:43
ރިލްވާން އަށް ވީގޮތެއް ބުނެދިނުމަށް ގޮވާލާ ބޭއްވި އެއްވުމުގައި ޔާމީން ރަޝީދު (އެންމެ ކުރީގައި) - ޔާމީން އަކީ ރިލްވާންގެ ވަރަށް ގާތް އެކުވެރިޔެއް

ރިލްވާން އަށް ވީގޮތެއް ބުނެދިނުމަށް ގޮވާލާ ބޭއްވި އެއްވުމުގައި ޔާމީން ރަޝީދު (އެންމެ ކުރީގައި) - ޔާމީން އަކީ ރިލްވާންގެ ވަރަށް ގާތް އެކުވެރިޔެއް

ތޫނު އެއްޗަކުން ހަމަލާދީ، އަނިޔާވެރި ގޮތެއްގައި މަރާލާފައި އޮއްވާ ފެނުނު ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިން ހުށަހެޅި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް އާދިއްތަ ދުވަހު ފެށުމަށް ހައި ކޯޓުގައި ތާވަލްކޮށްފި އެވެ.

ޔާމީންގެ އާއިލާގެ ފަރާތުން، އޭނާގެ ބައްޕަ ހުސެއިން ރަޝީދު ހުށައަޅާފައިވާ އިސްތިއުނާފުގެ މައްސަލަ ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:15 އަށެވެ.

Advertisement - newsAdvertisement

އެ މައްސަލާގައި ޔާމީން ރަޝީދުގެ ބައްޕަ ދައުވާކުރަނީ ފުލުހުންގެ އިދާރާއާއި ދެކޮޅަށެވެ. އެއީ އަނިޔާވެރިގޮތެއްގައި މަރާލުމުގެ ކުރިން ހިމާޔަތް ދިނުމަށް އެދުމުން ފުލުހުން އެކަމަށް އިހުމާލްވެ، ހިމާޔަތް ދީފައިނުވާތީވެ ޔާމީން ރަޝީދުގެ އާއިލާއިން ފުލުހުންނާއި ދެކޮޅަށް ކޮށްފައިވާ ދައުވާއެކެވެ. އެ ދައުވާގައި ޔާމީން ރަޝީދުގެ އާއިލާއިން އެދިފައިވަނީ އިހުމާލްވެފައިވާކަން ސާބިތުކޮށްދިނުމަށެވެ.

އެ މައްސަލަ ފުރަތަމަ ޔާމީން ރަޝީދުގެ އާއިލާއިން ހުށައެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެ މައްސަލަ ބެލެން ނެތް ކަމަށެވެ. ސަބަބެއް ކަމަށް އެ ކޯޓުން ބުނެފައިވަނީ ފުލުހުން އަމަލުކުރި ގޮތާއިމެދު ޝަކުވާއެއް އޮތް ނަމަ އެ މައްސަލައެއް ބެލުމަކީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ގާނޫނުުގެ ދަށުން އެ ކޮމިޝަނަށް އޮތް ބާރެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެންއައިސީ އަށް ހުށައަޅާފައިނުވާއިރު، އެ މައްސަލަ ސިވިލް ކޯޓުން ބެލުމަކީ އެންއައިސީގެ ގާނޫނުގެ މަގްސަދު ހާސިލް ނުވެދާނެ ކަމެއް ކަމަށް ނިންމުމުގައި ބުނެފައިވެއެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅިގެން ޖުމްލަ ހަތް މީހެއްގެ ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އަދި އޭގެތެރެއިން 4 މީހަކު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައިވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑި ގޮޅި ކައިރިންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް