Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މިރައީސް ލާދީނީ ވާހަކައެއް ނުދައްކަވަނީތޯ އެވެ؟

ތައިލޭންޑަށް ގޮސް ފިރިހެނުން އަންހެނުން ހޯދަނީ "ހިލޭ ނޫން" ކަމަށް މިރައީސް ވިދާޅުވެފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 12 އެޕްރީލު 2018 | ބުރާސްފަތި 00:46
ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން

ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން

2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނިކުންނައިރު، މެނިފެސްޓޯގައި ހިމެނެންވާނެ ބައެއް ކަންތައްތައް ހާމަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އޯޑިއޯ މެސެޖެއް އާންމުކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިރާއްޖެ އަކީ ހުރިހާ ދިވެހިން ވެސް އެކުވެރިކަމާއި އުފާވެރިކަމާ އެކު ދިރިއުޅޭ، އަމާން މާހައުލަކަށް ހެދުމަކީ ކުރި އަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ހުށަހަޅާ މެނިފެސްޓޯގެ އެއް އަމާޒު އެވެ. މަޖާކުރުމާއި މުނިފޫހިފިލުވުމާއި އުފަލުގައި އުޅުމުގެ ފުރުސަތުތައް ހޯދައިދިނުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި މަސައްކަތަކަށް ވެގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ އެ ވާހަކަފުޅާއެކު، ބައެއް ފަރާތްތައް، އެއީ މާ ބޮޑު ލާދީނީ ވާހަކައެއްކަމަށް ބުނެ އެ ވާހަކަ ކުށްވެރިކުރި އެވެ. ވެރިކަންކުރާ ޕީޕީއެމްއާއި، ޕީޕީއެމް މަޖިލީސް މެމްބަރުންނާއި، މިނިސްޓަރުންވެސް ދެއިރު ދެ ދަޅަޔަށް ޕްރެސް ކޮންފަރެންސްތައް ބާއްވައި، އެ ވާހަކަތައް ކުށްވެރިކުރުމުގައި ތެޅިފޮޅިގަތެވެ.

ކޮންމެއަކަސް އުފެދޭ ސުވާލަކީ އެހާ ބޮޑަށް ދީނުގެ ދިފާއުގައި މަސައްކަތްކުރާ ބަޔަކަށް، ލާދިނީ ވާހަކައަކަށްވަނީ ވަކި މީހަކު އެކަނި ދައްކާ ވާހަކައެއްތޯ އެވެ. އަދި ކުށްވެރިކޮށް ބަޔާންތަކާއި، ޕްރެސް ކޮންފަރެންސްތައްވެސް ބާއްވަން އެނގެނީ ވަކި މީހަނު ނުވަތަ ބަޔަކު ދައްކާ ވާހަކަ ކުށްވެރިކޮށްތޯ އެވެ.

މަޖާކުރުމާއި މުނިފޫހިފިލުވުމާއި އުފަލުގައި އުޅުމުގެ ފުރުސަތުތައް ޒުވާނުންނަށް ހޯދައިދޭންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެއީ މާބޮޑު ލާދީނީ ވާހަކައަކަށްވެގެން، ތެޅި ފޮޅޭއިރު، ތައިލޭންޑަށް ގޮސް ފިރިހެނުން އަންހެނުން ހޯދަނީ "ހިލޭ ނޫން" ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އެ ވާހަކަ ކުށްވެރިކޮށް ބޮޑެތި ބަޔާންތަކާއި ޕްރެސްކޮންފަރެންސްތައް ނުބޭއްވީ އެއީ ދީނީ ވާހަކައަށްވާތީ ތޯ އެވެ.

"އަޅުގަނޑުމެންނަކީ ﷲ ގެ ދެވަނަ ދަރިން" ނޫން ކަމާއި، ގެޔަށް ވަންނަ ފައިސާއަކީ ހަލާލު ނޫން ފައިސާކަމާއި، ފައިސާ ލިބުނީމާ އޭގައި ނުހިފާނީ ކާކުތޯއއާއި، އެ ފައިސާއަކީ ހާލާލު ފައިސާތޯ ނުވަތަ ހަރާމް ފައިސާތޯ ބަލަންނުޖެހޭކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ކުށްވެރިކޮށް ބަޔާނެއް ނުނެރުނުތާގައި، ޓުވީޓެއްވެސް ނުކޮށްލީ އެއީ ދީނީ ވާހަކައަށްވުމުންތޯ އެވެ. އެހާބޮޑަށް ދީނުގެ ދިފާއުގައި، ދީން ހިމާޔަތްކުރަން އުޅޭއިރު، އެ ވާހަކަތައް ކުށްމިނުން ކުށްވެރިވެސް ނުކޮށްލީ ކީއްވެތޯ އެވެ.

ދެން އޮތީ އަނެއް ވާހަކައެވެ. ޑިސްކޯއާއި މިއުޒިކްގެ ވާހަކަދައްކާއިރު، ދެ ޖިންސުގެ މީހުން އެއްކޮށް، ކޮންމެ އަހަރަކު ބޮޑެތި ޝޯވްތައް ބާއްވަނީ ކޮން ސަރުކާރަކުންތޯ އެވެ. އަދި ކިޔެއްތަ ނިވާކަން ކުޑަ ހެދުން އަޅައިގެން ނަށާ ހަދާއިރު، ކުރީ ސަފުގައި ތިބެ އަތް ޖައްސަވަނީވެސް އެއީ ހަމަ ލާދީނީ ކަމަކަށް ނުވާތީތޯ އެވެ.

މަޖާކުރުމާއި މުނިފޫހިފިލުވުމާއި އުފަލުގައި އުޅުމުގެ ފުރުސަތުތައް ޒުވާނުންނަށް ހޯދައިދޭންޖެހޭކަމަށް ވަކި ސިޔާސީ ބޭފުޅަކު ވިދާޅުވުމުން އެއީ މާބޮޑު ލާދީނީ ވާހަކައަކަށްވެގެން ލޮލަށް ނިދިނައިސްގެން އުޅޭއިރު، މިނިވަން ފަންސާސްއަށް ކަނޑައެޅި ބަޖެޓުގެ ތިންބައިކުޅެ ދެބައި މިއުޒިކާއި، މަޖަލާއި ސަކަރާތަށް ހަރަދުކުރީ އެއީވެސް ހަމަ ދީނީ ކަމަކަށްވީމަތޯ އެވެ.

ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ހަދިޔާގައި ހިފުމާއި ހިޔާނާތުގެ ފައިސާ ބޭނުންކުރުމާއި ހަލާލު ނޫސް ފައިސާ ގެއަށް ވެއްދުމާއި އެ ފައިސާއިން ވިޔަފާރި ކުރުމާއި ގެދޮރު ގަތުމަކީ އިސްލާމީ އުސޫލުތޯ އެވެ. އިންސާފު ގާއިމުކުރަން އޮތް އުސޫލުތައް ބަންދުކޮށް، އަސްކަރިއްޔާ މެދުވެރުކޮށް ރައްޔިތުންގެ ހައްގުތައް ހިފެހެއްޓުމަކީ އިސްލާމީ އުސޫލެއްތޯ އެވެ.

ދަންނަވަންތޯ އެވެ. ދީނުގެ ދިފާއުގައި މަސައްކަތްކުރާ ބައެއް ނަމަ، ނަޝީދަކަސް، ޔާމީނަކަސް، ފާތުމައަކަސް، ގާސިމަކަސް އަދި އެހެންމީހަކަސް، އެ މީހަކު ދެއްކެވި ވާހަކައަކުން ކުރެއްވި އަމަލެއްގެ ސަބަބުން ދީނަށް ނުވަތަ ދީނީ އުސޫލުތަކަށް ފުރައްސާރަ ވާނަމަ، ނުވަތަ ހިލާފު ވާނަމަ އެކަމާ ދެކޮޅު ހަދަންޖެހެ އެވެ. ދެކޮޅަށް ބަސް ބުނަންކެރެންވާނެ އެވެ. ދެކޮޅަށް ތެދުވަން ކެރޭނެ އެވެ. އަދި ކިޔެއްތަ، ޤައުމުގެ ވަލިއުލްއަމުރު އެފަދަ ވާހަކައެއް ދައްކަވާނަމަ އެ ވާހަކައާއި ދެކޮޅަށް ތެދުވެ، ހައްޤު މަގު އެމަނިކުފާނަށް ދެއްކުން މާބޮޑަށްވެސް މުހިންމުވާނެ އެވެ.

ދަންނަވަންތޯ އެވެ. ދީނުގެ ނަމުގައި މިއަދު ތިޔަ ޖައްސަވަނީ ކޮން ސަކަރާތެއްކަން ދިވެހިންނަށް އެނގެ އެވެ..

ފުރަތަމަ ރައީސް ޔާމީނާއި، އަމިއްލަފުޅަށް ތިއްބަވާ ކުރައްވާ ވައްކަންތައް ހުޓާލާށެވެ. ދައްކާ ލާދީނީ ވާހަކަތައް ހުއްޓާލާށެވެ. އެހެންނުންކަމުގައިވާނަމަ ކިތައްމެ ދީނީވެގެން އުޅުނަސް ރައްޔިތުން، ތިޔަ ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލުގައި ޤައިދީންނަށް އަނިޔާކުރުން: އާ ވާހަކައެއް ނޫން!

ޖަލުގައި ޤައިދީންނަށް އަނިޔާކުރުން: އާ ވާހަކައެއް ނޫން!

22 ޖޫން 2019
މަޖިލިސްގެ ގޮނޑިތައް ހޯދުމަށް ކުރާ ދަތުރު: އެތައް ވާހަކައެއް ބުނެދޭ

މަޖިލިސްގެ ގޮނޑިތައް ހޯދުމަށް ކުރާ ދަތުރު: އެތައް ވާހަކައެއް ބުނެދޭ

16 މާރިޗު 2019
އިންތިޚާބު އޮބްޒާވްކުރަން 21،000 ލޯ، ދެން ޕީޕީއެމް އިން ކޮން ވާހަކައެއް!

އިންތިޚާބު އޮބްޒާވްކުރަން 21،000 ލޯ، ދެން ޕީޕީއެމް އިން ކޮން ވާހަކައެއް!

16 އޮކްޓޯބަރު 2018
މިކިޔަނީ ކޮން \'ނޫ އިޤްތިޞާދެއް\'ގެ ވާހަކައެއް؟

މިކިޔަނީ ކޮން \'ނޫ އިޤްތިޞާދެއް\'ގެ ވާހަކައެއް؟

07 ޖުލައި 2018
ޕީޕީއެމް އޮފީހާއި އިސްލާމިކް މިނިސްޓްރީގެ ޕްރިންޓަރުތަކުން ދެލި ހުސްވީތޯ؟ އެއޮތް ދައްކަނީ ލާދީނީ ވާހަކަ!

ޕީޕީއެމް އޮފީހާއި އިސްލާމިކް މިނިސްޓްރީގެ ޕްރިންޓަރުތަކުން ދެލި ހުސްވީތޯ؟ އެއޮތް ދައްކަނީ ލާދީނީ ވާހަކަ!

04 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު