Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވިނީ މަންޑޭލާ

ވިނީ މަންޑޭލާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކޮށްފި

މަންޑޭލާއާ ކައިވެނި ބައްލަވައިގަތީ 1950ގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2018 | ބުރާސްފަތި 13:41
އުމުރުފުޅުން 81 އަހަރުގައި ވިނީ އަވަހާރަވީ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު

އުމުރުފުޅުން 81 އަހަރުގައި ވިނީ އަވަހާރަވީ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު

މި މަހުގެ ދެވަނަ ދުވަހު އަވަހާރަވި ދެކުނު އެފްރިކާގައި ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް މަސައްކަތްކުރެއްވި އަދި ކުރީގެ ފަސްޓް ލޭޑީ ވިނީ މަޑިކިޒެލާ-މަންޑޭލާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމާއި ޖަނާޒާ ބުދަ ދުވަހު ބާއްވައިފިއެވެ.

އުމުުރުފުޅުން 81 އަހަރުގައި އަވަހާރަވި ވިނީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުން އޮތީ ޖޮހަނެސްބަރގްގެ އޯލާންޑޯ ސްޓޭޑިއަމްގައެވެ.

ސިޔާސީ ގޮތުން ޚިޔާލުތަފާތު ފަރާތްތަކާއި އެކި ޖަމްއިއްޔާތަކުގެ މެމްބަރުންނާއި އާއްމުން ހިމެނޭ ގޮތުން އެތައް ހާސް ބަޔަކު އެކަމަނާއަށް އެންމެފަހުގެ އިހުތިރާމް އަދާކުރުމަށް ގޮސްފައިވެއެވެ

ނާއިބު ރައީސް ޑޭވިޑް މަބޫޒާ ވެސް ވަޑައިގެންފައިވާއިރު އެ މަނިކުފާނުވަނީ ގައުމުގެ މަންމަ އަވަހާރަވުކީ ދުނިޔެ ހިތާމަކުރާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މަބޫޒާ ވަނީ ނަސްލީ އިމްތިޔާޒާ ދެކޮޅަށް އެކަމަނާ ކުރެއްވި ހިތްވަރަށް ތައުރީފް ކުރައްވާފައެވެ.

ވިނީ އާއި އެކަމަނާގެ ކުރީގެ ފިރިކަލުން ނެލްސަން މަންޑޭލާއާ ދެ ބޭފުޅުން ވެސް ޖަލުބަންދުގައި އުޅުއްވާފައިވާއިރު އެ ދެބޭފުޅުންނަކީ ދެކުނު އެފްރިކާ އިން ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރި ހަނގުރާމައިގެ ރަމްޒެކެވެ.

ވިނީ އަވަހާރަވީ މި މަހުގެ 2 ވަަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައިި، އާއިލާ އާއި ގާތް މީހުންގެ ހާޒިރުގައި ކަމަށް އާއިލާގެ ތަރުޖަމާނު ވިކްޓަރ ލަމީނީ ބުނެފައި ވެއެވެ. މި އަހަރު ފެށުނު ފަހުން އެކަމަނާގެ ބަލިހާލަތު ހުރި ގޮތުން ދޭތެރެ ދޭތެރެއިން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެއެވެ.

ވިނީ އަވަހާރަވި ޚަބަރާ އެކު އެކަމަނާއަށް ތާއީދުކުރާ އެތައް ބަޔަކު ބަނީ ޖޮހަނެސްބަރގްގައި ހުންނަ އެކަމަނާގެ ގެކޮޅަށް ޖަމާވެފައެވެ

ވިނީ އުފަންވެ ވަޑައިގެންފައި ވަނީ 1936 ވަނަ އަހަަރު އީސްޓަރން ކޭޕްގައެވެ.

އެކަމަނާއަކީ ތަމްރީނު ލިބިވަޑައިގެން ހުންނެވި އިޖުތިމާއީ ޚިދުމަތްތެރިއެކެވެ. މަންޑޭލާއާ 1950 ގައި ކައިވެނި ބައްލަވައިގެންފައިވާއިރު ދެ ބޭފުޅުންނަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

މަންޑޭލާއާ ކައިވެނި ބައްލަވައިގެން 38 އަަހަރު ހޭދަކުރެއްވިއިރު މަންޑޭލާ ޖަލު ބަންދުގައި ހުންނަވަން ޖެހިވަޑައިގަތުމުން އޭގެ ތެރެއިން 30 އަކަށް އަހަރު އެކަމަނާ ހޭދަކުރެއްވީ ފިރިކަލުންނާ ވަކިންނެވެ.

މަންޑޭލާ އުމުރަށް ޖަލަށް ލެވުމުން، ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރެވުނު މަސައްކަތުގައި ބެޓަން ހިއްޕެވީ އެކަމަނާއެވެ. އިންސާފާއި ހަމަހަމަކަމަށް ގޮވާލައި ކުރެވުނު މަސައްކަތާ ގުޅިގެން އެކަމަނާ ވެސް ޖަލަށް ގެންދެވުނެވެ.

އެކަަމަނާއަށް ތާއީދުކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި އެކަމަނާއަކީ "ގައުމުގެ މަންމަ" އެވެ.

ގާނޫނީ މައްސަލަތަކާއި ސިިޔާސީ ކަންކަމާ ގުޅިގެން ފަހަކަށް އައިސް ވަނީ އެކަމަނާއާ މެދު ދެކޭ ގޮތް ބަދަލުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާނީއަށް އެންމެ ފަހުގެ އިޙުތިރާމު އަދާކުރުމަށް އެތައް ލައްކަ ބަޔަކު ސަފުތަކުގައި ދިގު އިންތިޒާރެއްގައި

ރާނީއަށް އެންމެ ފަހުގެ އިޙުތިރާމު އަދާކުރުމަށް އެތައް ލައްކަ ބަޔަކު ސަފުތަކުގައި ދިގު އިންތިޒާރެއްގައި

15 ސެޕްޓެމްބަރު 2022
ހައްޖު ޓާމިނަލްގެ ފަހުގެ ތައްޔާރީތައް މައްކާގެ އަމީރު ބައްލަވާލައްވައިފި

ހައްޖު ޓާމިނަލްގެ ފަހުގެ ތައްޔާރީތައް މައްކާގެ އަމީރު ބައްލަވާލައްވައިފި

27 ޖޫން 2022
އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރާނަން: ޠާލިބާން

އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރާނަން: ޠާލިބާން

18 އޯގަސްޓު 2021
އެމެރިކާގެ އައު ސަރުކާރުން އިރާން ނިއުކްލިއަރ ޑީލަށް އިހުތިރާމް ކުރާނެ ކަމަށް އުއްމީދު ކުރަން: ރޫހާނީ

އެމެރިކާގެ އައު ސަރުކާރުން އިރާން ނިއުކްލިއަރ ޑީލަށް އިހުތިރާމް ކުރާނެ ކަމަށް އުއްމީދު ކުރަން: ރޫހާނީ

07 ނޮވެމްބަރު 2020
ވިނީ މަންޑޭލާ ފަސްދާނުލައިފި

ވިނީ މަންޑޭލާ ފަސްދާނުލައިފި

15 އެޕްރީލު 2018

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު