Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާ ހަނގުރާމަ

ސީރިއާގެ ރައްޤާ ހިފުމުގެ އެންމެ ފަހުގެ ކުރިމަތިލުމަށް ކޯލީޝަނުން ތައްޔާރުވެއްޖެ

ރައްޤާ ހިފުމުގެ ކުރިމަތިލުމުގެ އެންމެ ފަހު މަރުހަލާ އާދީއްތަ ދުވަހުގެރޭ ފަށާނެ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2017 | ހޯމަ 04:53
ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ހަނގުރާމަވެރިޔަކު ރައްޤާގައި އަސްކަރީ ޓޭންކެއްގައި މަޑުކޮށްލައިގެން

ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ހަނގުރާމަވެރިޔަކު ރައްޤާގައި އަސްކަރީ ޓޭންކެއްގައި މަޑުކޮށްލައިގެން

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައިވާ ސީރިއާގެ ރައްޤާ ހިފުމުގެ ކުރިމަތިލުމަށް އެމެރިކާ އިން ވާގިވެރިވާ އެސްޑީއެފްގެ ހަނގުރާމަވެރިން ތައްޔާރުވެއްޖެ އެވެ.

އެމެރިކާގެ މަދަދުދޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ތަރުޖަމާނާއި ހަވާލާދީ އަލްޖަޒީރާ އިން ބުނީ، ރައްޤާގައި އަތްގަދަކޮށްފައިވާ އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށް، ރައްޤާ ހިފުމުގެ ކުރިމަތިލުމުގެ އެންމެ ފަހު މަރުހަލާ އާދީއްތަ ދުވަހުގެރޭ ފަށާނެ ކަމަށެވެ.

ކުރުދީ އަދި އަރަބި ހަނގުރާމަވެރިންގެ އިއްތިހާދެއް ކަމަށްވާ އެސްޑީއެފްގެ ތަރުޖަމާނު ތަލާލް ސީލޯ އަލްޖަޒީރާ އަށް ބުނީ، ރައްޤާގެ ކުރިމަތިލުންތަކުގެ ފަހު މަރުޙަލާ ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި، އެކަމަށް ނަގާނެ ސީދާ މުއްދަތެއް ވަޒަން ކުރަން ނޭނގޭ ކަމަށެވެ. އެހެންނަމަވެސް، އައިއެސްގެ ކިބައިން ރައްޤާ ހިފުމުގެ ކުރިމަތިލުންތަކަށް ގިނަ ވަގުތު ނުނަގާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.

އަދި ވަގުތު ނަގާނެ ކަމަށް ބެލެވެނީ ރައްޤާގައި އައިއެސްގެ ހަނގުރާމަވެރިން ޖަހާފައިވާ ދަންތުރަތަކާއި، ވަޅުލާފައިވާ މައިންތައް ސާފު ކުރުމަށް ކަމަށް އޭނާ ބުންޏެވެ.

ސީލޯ ބުނީ، ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ތިން އަހަރެއްހާ ދުވަހު އޮތް ރައްޤާގައި އައިއެސްގެ 400 އާ 500 އާދެމެދުގެ އަދަދެއްގެ ހަނގުރާމަވެރިން ތިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އައިއެސްގެ ހަނގުރާމަވެރިންގެ އަތް ދަށުން ރައްޤާގެ ގާތްގަނޑަކަށް 90 އިންސައްތަ ހިފާފައިވާ ކަމަށެވެ.

އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލީޝަނުން ވައިގެ މަގުން ދޭ އެހީތެރިކަމާއެކު، ރައްޤާގެ ވަށައިގެން އެސްޑީއެފްގެ ހަނގުރާމަވެރިން އެއްގަމު މަގުން ރައްޤާ ހިފުމުގެ ކުރިމަތިލުން ފަށާފައިވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

ރައްޤާގައި އައިއެސްގެ ހަނގުރާމަވެރިންގެ އަތްދަށުގައިވާ މަދު ސަރަޙައްދުތަކުގެ ތެރޭގައި ރައްޤާގައި ހުންނަ ޤައުމީ ހަސްފަތާލާއި ސްޓޭޑިއަމް ހުންނަ ސިޓީ ސެންޓަރ ހިމެނެ އެވެ.

އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލީޝަނާއި އެސްޑީއެފްގެ ފައުޖުތަކުން ރައްޤާ ހިފުމަށް ކުރާ ހަނގުރާމާގައި ގިނަ އަދަދެއްގެ އާއްމުން މަރުވަމުންދާތީ، ޙައްޤުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކާއި އެކްޓިވިސްޓުންގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އެހެންނަމަވެސް ކޯލީޝަނުން ވަނީ، ރައްޤާ ހިފުމަށް ކުރާ މަސައްކަތުގައި ކުށެއް ނެތް އާއްމުން މަރުވާ ނިސްބަތް ކުޑަ ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށެވެ.

އެމެރިކާގެ ކޯލީޝަނުން އޯގަސްޓް މަހު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސީރިއާ އަދި އީރާޤްގައި އެމީހުން ހިންގާ އޮޕަރޭޝަންގައި މަރުވި އާއްމުންގެ އަދަދަކީ 685 އެވެ. އެއީ 2014 ވަނަ އަހަރު އީރާޤްގެ ފައުޖުތަކާއި ގުޅިގެން އައިއެސް އާދެކޮޅަށް އީރާޤްގައި ދިން ވައިގެ ހަމަލާތަކާއި، ސީރިއާގައި ދޭ ހަމަލާ ތަކުގައި މަރުވި އާއްމުންގެ އަދަދު ކަމަށް ކޯލީޝަނުން ބުނެއެވެ.

އެހެންނަމަވެސް ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕް ތަކުން ވަނީ، ކޯލީޝަނުން އާއްމުކުރި އަދަދު ދިމާ ނުވާ ކަމަށާއި، އެމެރިކާ ކޯލީޝަންގެ ހަމަލާތަކުގައި މަރުވި އާއްމުންގެ ނިސްބަތް އުޅޭނީ އެއަށްވުރެ މަތީގައި ކަމަށް ލަފާކުރާ ކަމަށް ބުނެފަ އެވެ.

އިނގިރޭސިވިލާތުގައި ގާއިމްވެފައިވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ރައްޤާގައި ކޯލިޝަނުން ދިން ވައިގެ ހަމަލާތަކުގައި މަރުވި އާއްމުންގެ އަދަދު އުޅެނީ ހާހަކަށްވުރެ މަތީގައެވެ.

ހަނގުރާމައިގެ ސަބަބުން ރައްޤާގައި ފަންސަވީސް ހާހަށްވުރެ ގިނަ އާއްމުން ތާށިވެފައިވާ ކަމަށް އދ.ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅަށް އެޤައުމުގައި 2011 ވަނަ އަހަރު ފެށި އިހްތިޖާޖުތަކުން އުފަންވި ދާޚިލީ ހަނގުމާގައި ހަތަރު ލައްކަ އަށްވުރެ ގިނަ އާއްމުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ދާޚިލީ ހަނގުރާމައިގެ ސަބަބުން ސީރިއާ ދޫކޮށް އަވަށްޓެރި އެހެން ޤައުމުތަކުގެ ރެފިއުޖީ ކޭމްޕްތަކުން ހިމާޔަތް ހޯދާފައިވާ މީހުންގެ އަދަދު ފަސް މިލިއަނާއި ގާތް ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާގެ ޞުލްޙައިގެ މަޝްވަރާތަކުގެ އިދިކޮޅު މަންދޫބަކަށް ނަޞްރު އަލް-ހަރީރީ ހަމަޖައްސައިފި

ސީރިއާގެ ޞުލްޙައިގެ މަޝްވަރާތަކުގެ އިދިކޮޅު މަންދޫބަކަށް ނަޞްރު އަލް-ހަރީރީ ހަމަޖައްސައިފި

25 ނޮވެމްބަރު 2017
ތުރުކީގެ ފައުޖުތަކުން ސީރިއާގެ ތަޙްރީރް އަލް ޝާމް އާ ކުރިމަތިލައިފި

ތުރުކީގެ ފައުޖުތަކުން ސީރިއާގެ ތަޙްރީރް އަލް ޝާމް އާ ކުރިމަތިލައިފި

09 އޮކްޓޯބަރު 2017
އުތުރު ކޮރެއާގެ އެންމެ ފަހުގެ ނިއުކްލިއާ ޓެސްޓާއި ގުޅިގެން ގިނަ އަދަދެއްގެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވޭ

އުތުރު ކޮރެއާގެ އެންމެ ފަހުގެ ނިއުކްލިއާ ޓެސްޓާއި ގުޅިގެން ގިނަ އަދަދެއްގެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވޭ

06 ސެޕްޓެމްބަރު 2017
ސީރިއާގެ ރައީސް އީދު ނަމާދުގައި ބައިވެރިވެ ވަޑައިގެންފި

ސީރިއާގެ ރައީސް އީދު ނަމާދުގައި ބައިވެރިވެ ވަޑައިގެންފި

01 ސެޕްޓެމްބަރު 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު