Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-ސައުދީ

އިންޑިއާ އަށް ހައްޖު ކޯޓާ އިތުރުކޮށްދިނުމާ ގުޅިގެން ޝުކުރު އަދާކޮށްފި

8 ފެބުރުއަރީ 2018 | ބުރާސްފަތި 17:39

ސައުދީން ހައްޖު ކޯޓާ އިތުރުކޮށްދިނުމާ ގުޅިގެން އަހަރަކު ދޮޅުލައްކައަށް ވުރެ ގިނަ މީހުންނަށް ހައްޖަށް ދެވޭނެ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 8 ފެބުރުއަރީ 2018 | ބުރާސްފަތި 17:39
އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް (ކ) ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަނީ

އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް (ކ) ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަނީ

އިންޑިއާ އިން ހައްޖަށްދާ މީހުންގެ ކޯޓާ ސައުދީ އަރައްބިއްޔާ އިން އިތުރުކުރުމާ ގުޅިގެން އެކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް މަރުހަބާ ވިދާޅުވެއްޖެއެވެ.

ސައުދީގެ އަލް ޖަންދްރިއާގައި އަހަރަކު އެއްފަހަރު ބާއްވާ ސައުދީގެ ގައުމީ އަދި ސަގާފީ ފެލްސިޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުޝްމާ ވިދާޅުވީ އިންޑިއާގެ ވަރަށް ގިނަ ރައްޔިތުންތަކެއް ހައްޖަށް ދާ ކަމަށާއި، ހައްޖު ކޯޓާ އިތުރުކޮށްދެއްވި ކަމަށްޓަކައި ސައުދީގެ ރަސްގެފާން ސަލްމާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

ސުޝްމާ ސައުދީ އަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ބުދަ ދުވަހު ރަސްގެފާނު ސަލްމާނާ ބައްދަލުކުރައްވާފައެވެ. އަދި ސައުދީގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރާ ވެސް، ސުޝްމާ ވަނީ ބައްދަލު ކުރައްވާފައެވެ.

އިންޑިއާ އިން ވަނީ ހައްޖަށް ދާ މީހުންގެ ކޯޓާ މިއަހަރުން ފެށިގެން 5،000 އަށް އިތުރުކޮށްދީފިއެވެ.

އިންޑިއާގެ ހައްޖު ކޯޓާ އިތުރުކޮށްދޭން ސައުދީން ނިންމީ އިންޑިއާގެ ޔޫނިއަން މައިނޮރިޓީ އެފެއާޒް މިނިސްޓަރު މުޚްތާރު އައްބާސް ނަގްވީ އާއި ސައުދީ ހައްޖު އެންޑް އުމްރާ މިނިސްޓަރު މުހައްމަދު ސާލިހު ބިން ތާހިރު ބަންތަންއާ އެކު ސޮއިކުރެއްވި އެއްބަސްވުމެއްގެ ތެރެއިންނެވެ.

އާ ކޯޓާގެ ދަށުން އިންޑިއާ އިން 1.75 ލައްކަ މީހުންނަށް މިހާރު ހައްޖަށް ދެވޭނެއެވެ. ސައުދީން މިދިޔަ އަހަރު ވަނީ އިންޑިއާގެ ހައްޖު ކޯޓާ އަށް 35،000 މީހުން އިތުރުކޮށްދީފައެވެ. އިންޑިއާގެ ޚާރިޖީ ވަޒީރު އަންގާރަ ދުވަހު ސައުދީއަށް ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި ސައުދީ ރަސްގެފާން ސަލްމާނާއި ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް