Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވިނީ މަންޑޭލާ

ވިނީ މަންޑޭލާ ފަސްދާނުލައިފި

ރައީސް ސިރިލް ރަމަފޯސާ ވަނީ އެކަމަނާ ފަސްދާނުލުމުގައި ބައިވެރިވެ ވަޑައިގެންފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2018 | އާދީއްތަ 03:20
މަންޑޭލާއާ ކައިވެނި ބައްލަވައިގެން 38 އަަހަރު ހޭދަކުރެއްވި

މަންޑޭލާއާ ކައިވެނި ބައްލަވައިގެން 38 އަަހަރު ހޭދަކުރެއްވި

މި މަހުގެ ދެވަނަ ދުވަހު އަވަހާރަވި ދެކުނު އެފްރިކާގައި ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް މަސައްކަތްކުރެއްވި އަދި ކުރީގެ ފަސްޓް ލޭޑީ ވިނީ މަޑިކިޒެލާ-މަންޑޭލާ ފަސްދާނު ލައިފިއެވެ.

އެކަމަނާ ފަސްދާނުލުމުގެ ކުރިން ފަހުގެ އިހުތިރާމް އަދާކުރުމަށް ސޯވީޓޯ ސްޓޭޑިއަމްއަށް އެތައް ހާސް ބަޔަކު ޖަމާވެފައިވެއެވެ.

އެކަމަނާގެ ސަންދޯއްކޮޅުގައި ގައުމީ ދިދަ އަޅާފައިވާއިރު ރައީސް ސިރިލް ރަމަފޯސާ ވަނީ އެކަމަނާ ފަސްދާނުލުމުގެ ތައުޒިޔާގެ މެސެޖް ވިދާޅުވެފައެވެ.

އުމުރުފުޅުން 81 އަހަރުގައި އަވަހާރަވި ވިނީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުން ފުރަތަމަ ހުޅުވާލީ މިމަހުގެ އެގާރަވަނަ ދުވަހު ޖޮހަނެސްބަރގްގެ އޯލާންޑޯ ސްޓޭޑިއަމްގައެވެ.

ސިޔާސީ ގޮތުން ޚިޔާލުތަފާތު ފަރާތްތަކާއި އެކި ޖަމްއިއްޔާތަކުގެ މެމްބަރުންނާއި އާއްމުން ހިމެނޭ ގޮތުން އެތައް ހާސް ބަޔަކު އެކަމަނާއަށް އެންމެފަހުގެ އިހުތިރާމް އަދާކުރުމަށް ގޮސްފައިވެއެވެ

ނާއިބު ރައީސް ޑޭވިޑް މަބޫޒާ ވެސް ވަޑައިގެންފައިވާއިރު އެ މަނިކުފާނުވަނީ ގައުމުގެ މަންމަ އަވަހާރަވުކީ ދުނިޔެ ހިތާމަކުރާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މަބޫޒާ ވަނީ ނަސްލީ އިމްތިޔާޒާ ދެކޮޅަށް އެކަމަނާ ކުރެއްވި ހިތްވަރަށް ތައުރީފް ކުރައްވާފައެވެ.

ވިނީ އާއި އެކަމަނާގެ ކުރީގެ ފިރިކަލުން ނެލްސަން މަންޑޭލާއާ ދެ ބޭފުޅުން ވެސް ޖަލުބަންދުގައި އުޅުއްވާފައިވާއިރު އެ ދެބޭފުޅުންނަކީ ދެކުނު އެފްރިކާ އިން ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރި ހަނގުރާމައިގެ ރަމްޒެކެވެ.

ވިނީ އަވަހާރަވީ މި މަހުގެ 2 ވަަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައިި، އާއިލާ އާއި ގާތް މީހުންގެ ހާޒިރުގައި ކަމަށް އާއިލާގެ ތަރުޖަމާނު ވިކްޓަރ ލަމީނީ ބުނެފައި ވެއެވެ. މި އަހަރު ފެށުނު ފަހުން އެކަމަނާގެ ބަލިހާލަތު ހުރި ގޮތުން ދޭތެރެ ދޭތެރެއިން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެއެވެ.

ވިނީ އަވަހާރަވި ޚަބަރާ އެކު އެކަމަނާއަށް ތާއީދުކުރާ އެތައް ބަޔަކު ބަނީ ޖޮހަނެސްބަރގްގައި ހުންނަ އެކަމަނާގެ ގެކޮޅަށް ޖަމާވެފައެވެ

ވިނީ އުފަންވެ ވަޑައިގެންފައި ވަނީ 1936 ވަނަ އަހަަރު އީސްޓަރން ކޭޕްގައެވެ.

އެކަމަނާއަކީ ތަމްރީނު ލިބިވަޑައިގެން ހުންނެވި އިޖުތިމާއީ ޚިދުމަތްތެރިއެކެވެ. މަންޑޭލާއާ 1950 ގައި ކައިވެނި ބައްލަވައިގެންފައިވާއިރު ދެ ބޭފުޅުންނަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

މަންޑޭލާއާ ކައިވެނި ބައްލަވައިގެން 38 އަަހަރު ހޭދަކުރެއްވިއިރު މަންޑޭލާ ޖަލު ބަންދުގައި ހުންނަވަން ޖެހިވަޑައިގަތުމުން އޭގެ ތެރެއިން 30 އަކަށް އަހަރު އެކަމަނާ ހޭދަކުރެއްވީ ފިރިކަލުންނާ ވަކިންނެވެ.

މަންޑޭލާ އުމުރަށް ޖަލަށް ލެވުމުން، ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރެވުނު މަސައްކަތުގައި ބެޓަން ހިއްޕެވީ އެކަމަނާއެވެ. އިންސާފާއި ހަމަހަމަކަމަށް ގޮވާލައި ކުރެވުނު މަސައްކަތާ ގުޅިގެން އެކަމަނާ ވެސް ޖަލަށް ގެންދެވުނެވެ.

އެކަަމަނާއަށް ތާއީދުކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި އެކަމަނާއަކީ "ގައުމުގެ މަންމަ" އެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2024

މަންޑޭލާ ވެރިކަން ކުރެއްވި އޭއެންސީ އަށް 30 އަހަރު ފަހުން އިންތިޚާބުގައި މެޖޯރިޓީ ގެއްލިއްޖެ

03 ޖޫން 2024
މަންޑޭލާ ވެރިކަން ކުރެއްވި އޭއެންސީ އަށް 30 އަހަރު ފަހުން އިންތިޚާބުގައި މެޖޯރިޓީ ގެއްލިއްޖެ
23 މެއި 2024

އީރާނުގެ ރައީސް ރައީސީ ފަސްދާނުލައިފި

23 މެއި 2024
އީރާނުގެ ރައީސް ރައީސީ ފަސްދާނުލައިފި
08 ފެބުރުއަރީ 2023

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފްގެ ހަށިކޮޅު ފަސްދާނުލައިފި

08 ފެބުރުއަރީ 2023
ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފްގެ ހަށިކޮޅު ފަސްދާނުލައިފި
20 ސެޕްޓެމްބަރު 2022

ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި

20 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި
14 ޖުލައި 2020

މަންޑޭލާގެ ދަރިކަނބަލުން ޒިންޒީ އަވަހާރަވެއްޖެ

14 ޖުލައި 2020
މަންޑޭލާގެ ދަރިކަނބަލުން ޒިންޒީ އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު