Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިރްފާން ޚާން

އިރްފާންގެ ހާލު ދަނީ ގޯސްވަމުން

10 އެޕްރީލު 2018 | އަންގާރަ 12:09

އިރުފާނަށް ކެންސަރު ޖެހިފައިވާއިރު ތަހައްމަލު ކުރަމުންދަނީ ކެންސަރުގެ އެންމެ ފަހުގެ ސްޓޭޖް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 އެޕްރީލު 2018 | އަންގާރަ 12:09
އިރްފާން ޚާން

އިރްފާން ޚާން

ބޮލީވޫޑް އަދި ހޮލީވޫޑްގެ މަޝްހޫރު އެކްޓަރު އިރްފާން ޚާނަށް ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ނުވަތަ ބަނޑުގެ ކެންސަރު ޖެހުމުން އިތުރު ފަރުވާއަށް ލަންޑަނަށް ފުރާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އޭނާ ލަންޑަނަށް ފުރި ފަހުން ބައްޔާ މެދު އެއްވެސް ޚަބަރެއް އޭނާގެ އާއިލާ އިން ވެސް އަދި އޭނާ ވެސް ހާމަކޮށްފައެއް ނުވެއެވެ. ފިލްމުތަކުގެ ޚަބަރުތައް ކަވަރު ކުރާ ޖާނަލިސްޓެއް ކަމަށްވާ އުމައިރު ސަންދޫ އޭނާގެ ޓްވިޓާގައި ބުނެފައި ވަނީ އިރުފާންގެ ހާލު ދަނީ ގޯސްވަމުން ކަމަށެވެ. އިރުފާންގެ އާއިލާ މީހަކާ ހަވާލާދީ އުމައިރު ބުނެފައި ވަނީ އިރުފާނަށް ކެންސަރު ޖެހިފައިވާއިރު އޭނާ ތަހައްމަލު ކުރަމުންދަނީ ކެންސަރުގެ އެންމެ ފަހުގެ ސްޓޭޖް ކަމަށެވެ.

އިރުފާން ރަނގަޅު ވާނެ ކަމަށް ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާއިރު އޭނާއަށް ދުނިޔޭގައި ހުރުމުގެ މުއްދަތަކަށް ދީފައި ވަނީ އެއްމަސް ދުވަސް ކަމަށް ވެސް އުމައިރުގެ ޓްވީޓްގައި ވަނީ ފާހަގަކޮށްފައެވެ.

އިރުފާން އިތުރު ފަރުވާއަށް ލަންޑަނަށް ފުރާފައިވާއިރު އޭނާ ވަނީ ފިލްމެއްގެ ޝޫޓިން ފެށުމަށް ތައްޔާރުވެފައެވެ. އޭނާގެ ބައްޔާ ގުޅިގެން އެ ފިލްމުގެ ޝޫޓިން ލަސްކޮށްލާފައިވާ އިރު އެފިލްމުގައި އޭނާއާ އެކު ފެނިގެންދާނީ ދިޕިކާ ޕަދުކޯންއެވެ.

އިރުފާން އޭނާގެ ބައްޔާ މެދު މީގެ މަހެއްހާ ދުވަސްކުރިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ އަށް ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ޖެހިފައިވާ ކަމަށާއި އެއީ ބަނޑަށް ޖެހޭ ކެންސަރުގެ ބާވަތެއް ކަމަށެވެ. އަދި އެކަމަށް ފަރުވާ ހޯދުމަށް އިންޑިއާ ނޫން އެހެން ގައުމަކަށް ދާންޖެހިފައިވާ ކަމަށް އިރުފާނު ވަނީ ބުނެފައެވެ. އިރުފާން ބުނީ އޭނާ ބޭނުންވަނީ އެކަމުގައި އޭނާގެ ފޭނުންނާއި އާންމުންގެ ހެޔޮ ދުއާ ކަމަށެވެ. އޭނާއަށް ލަންޑަނުގައި ފަރުވާދެނީ އިންޑިއާ ޑޮކްޓަރެއްކަމަށާއި ޖެހިފައިވާ ބަލި ރަނގަޅު ކުރެވޭނެކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ލަންޑަނުގައި އޭނާ ބަލި އެއްކޮށް ރަނގަޅުވަންދެން ހުންނާނެއެވެ.

އިރުފާން ވަނީ ބޮލީވޫޑްގެ މަޝްހޫރު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން "މުމްބާއީ މެރީ ޖާން،" "ޕީކޫ"، "ލައިފް އިން އަ މެޓްރޯ" "ދަ ލަންޗްބޮކްސް"، "ހައިދަރު" އަދި "ތަލްވާރު" ފަދަ މޮޅެތި ފިލްމުތައް ފާހަގަކޮށްލެވެއެވެ. ޓީވީ ސީރީޒްއެއް ކަމަށްވާ "ޝްރީކާންތު" އިން 1985 ވަނަ އަހަރު ކެރިއަރު ފަށައި 1988 ވަނަ އަހަރު "ސަލާމް މުބްއީ" ގެ ކުޑަ ރޯލަކުން ބޮލީވުޑަށް ތައާރަފްވި އިރުފާން ވަނީ ހޮލީވޫޑްގައި މަސައްކަތްކޮށް "ސްލަމްޑޯގް މިލިއަނާ" އިން އޮސްކާ ވެސް ހާސިލްކޮށްފައެވެ. އޭގެ އިތުރު ބޮޑެތި ބަޖެޓްތަކުން އުފެއްދި ކާމިޔާބީތައް ހޯދި ހޮލީވޫޑްގެ ފިލްމްތައް ކަމަށްވާ "ދަ އެމޭޒިން ސްޕައިޑާ މޭން" އާއި "ލައިފް އޮފް ޕައި،" އަދި "އިންފާނޯ" ގައި ވެސް މުހިންމު ރޯލުތައް ކުޅެފައި ވެއެވެ. "މީގެ އިތުރުން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި "ދަ ޖަންގަލް ބުކް" އަށް އަޑު އަޅައިދީފައި ވެއެވެ. އިރުފާން މުހިންމު ރޯލަކުން ފެނިގެންދިޔަ "ޖުރަސިކް ވާރލްޑް"އަކީ ބޮކްސް އޮފީހުގެ ތާރީހުގައި ވެސް ހަފުތާއެއްގެ ތެރޭގައި 500 މިލިއަން ޑޮލަރު ހޯދި ފުރަތަމަ ފިލްމެވެ. އަދި މިހާތަނަށް ތިން ވަނަ އަށް އެންމެ ގިނަ ފައިސާ ހޯދި ހޮލީވޫޑްގެ ފިލްމަކީ ވެސް އެއީއެވެ. އެ ފިލްމުގައި އޭނާ އަދާކޮށްފައިވާ ސިމޮން މަސްރާނީގެ ކެރެކްޓާ އަށް ގިނަ ބަޔަކު ތައުރީފްކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 މެއި 2017

"ތްރީ އިޑިއަޓްސް" ގެ މެކްސިކޯ ވާޝަން އުފައްދަނީ

08 މެއި 2017
"ތްރީ އިޑިއަޓްސް" ގެ މެކްސިކޯ ވާޝަން އުފައްދަނީ
04 މެއި 2017

ޕީވީ ސިންދޫގެ ހަޔާތުގެ މައްޗަށް ވެސް ފިލްމެއް އުފައްދަނީ

04 މެއި 2017
ޕީވީ ސިންދޫގެ ހަޔާތުގެ މައްޗަށް ވެސް ފިލްމެއް އުފައްދަނީ
02 މެއި 2017

އެރިކް ޑޭން ޑިޕްރެޝަނަށް ފަރުވާ ހޯދަނީ

02 މެއި 2017
އެރިކް ޑޭން ޑިޕްރެޝަނަށް ފަރުވާ ހޯދަނީ
28 އެޕްރީލު 2017

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

28 އެޕްރީލު 2017
 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ
17 އެޕްރީލު 2017

"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް

17 އެޕްރީލު 2017
"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް
10 އެޕްރީލު 2017

ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

10 އެޕްރީލު 2017
ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ
10 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

10 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
07 ފެބުރުއަރީ 2017

"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

07 ފެބުރުއަރީ 2017
"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް