Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ދެކުނު ފަރާތު ފަޅު

މާލޭގެ ދެކުނު ފަރާތު ފަޅު ބޭނުންކުރުން މަނާކޮށްފި

10 އެޕްރީލު 2018 | އަންގާރަ 11:36

ވިލާ ކޮލެޖުގެ ހުޅަނގު ކަނުން ފެށިގެން އިރަށް ގޮސް ޕޮލިސް ޓޯޔާޑާ ހަމައަށް އޮންނަ ފަޅުގެ ސަރަހައްދު ބޭނުންކުރުން މަނާ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 10 އެޕްރީލު 2018 | އަންގާރަ 11:36
މާލޭ އިންޑިއަސްޓްރިއަލް ވިލެޖް ސަރަހައްދު

މާލޭ އިންޑިއަސްޓްރިއަލް ވިލެޖް ސަރަހައްދު

މާލޭ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާތީ މުދާ އުފުލާ ދޯނިފަހަރަށް މާލޭ ދެކުނު ފަރާތު ފަޅު ބޭނުންކުރުން މަނާކޮށްފިއެވެ. ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހަދަން، އެ ސަރަހައްދު ފަޅުތެރެއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އެހެންވެ، މުދާއުފުލާ އުޅަނދުފަހަރަށް ވިލާ ކޮލެޖުގެ ހުޅަނގު ކަނުން ފެށިގެން އިރަށް ގޮސް ޕޮލިސް ޓޯޔާޑާ ހަމައަށް އޮންނަ ފަޅުގެ ސަރަހައްދު ބޭނުންކުރުމަށް މިއަދުން ފެށިގެން ހުއްދަ ދޫނުކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެ ސަރަހައްދު ބޭނުންކުރާ އުޅަނދުފަހަރު، މިމަހުގެ 8 ވަނަ ދުވަހުގެ ފަހުން އެ ސަރަހައްދު ބޭނުން ކުރުމަކީ މަނާ ކަމެއްކަން ފާހަގަކުރައްވާ ހައުސިން މިނިސްޓްރީން ބުނީ މިއެންގުމާ ހިލާފުވާ އުޅަނދުފަހަރު އެސަރަހައްދުން ނަގާނެ ކަމަށެވެ. ސިނާއީ ސަރަހައްދުން ފެށިގެން އެމްޓީސީސީގެ ހުޅުމާލެ ފެރީ ޓާމިނަލްއާ ހަމައަށް މަގު ފުޅާކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ކަމަށް ބުނެ، އެސަރަހައްދުގައި އިންދާފައި ހުރި ގަސްތައް ވެސް ދަނީ ކަނަޑަމުންނެވެ. އަދި ގަސްތައް ކަަނޑާ ނެގި ނަމަވެސް މަޝްރޫއު ނިމުމުން 450 އެއްހާ ގަސް އިންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް އެ މަގު ރަނގަޅު ފެންވަރަކަށް ހަދަން ނިންމީ މާލެ އާއި ހުޅުލެއާ ގުޅުވައިދޭ ބްރިޖު މިއަހަރުގެ ތެރޭގައި ހުޅުވުމުން މާލޭގެ ޓްރެފިކް ބާރުބޮޑުވެދާނެތީ އެކަމަށް ހައްލެއް ހޯދުމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައި ވަނީ ބްރިޖަށް ދަތުރުކުރާ މަގުތައް ފުޅާކުރާއިރު 16 މީޓަރު ހުންނާނެ ކަމަށެވެ. އަދި މަގު ފުޅާކުރާ ސަރަހައްދުގައި ޖުމްލަ ހަތަރު ލޭން އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް