Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބައި އިލެކްޝަން

އިއުލާނު ކުރި ބައި އިލެކްޝަންތައް ކޮބާ؟

އިލެކްޝަންސް ކޮމިޝަނުން ވަނީ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަން އިއުލާނުކޮށްފައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 9 އެޕްރީލު 2018 | ހޯމަ 14:10
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މީޑިއާ އަށް މައުލޫމާތު ދެއްވަނީ

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މީޑިއާ އަށް މައުލޫމާތު ދެއްވަނީ

ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ވަނީ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންތައް އިއުލާނުކޮށްފައެވެ. އެކަމަށްޓަކައި ބަޖެޓުގައި ފައިސާ ނެތުމުން ސަޕްލިމެންޓަރީ ބަޖެޓެއްގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި 26 މިލިއަން ރުފިޔާ މަޖިލީހުން ފާސްކޮށްދީފައި ވެއެވެ. ބައި އިލެކްޝަން ބާއްވާނެކަން އިއުލާނުކުރިތާ އަދި ބަޖެޓް ފާސްކުރިތާ ވެސް ހައެއްކަ މަސް ފާއިތުވި އިރު އެ އިންތިޚާބުތަށް ކޮބައި ހެއްޔެވެ؟

މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ އެކު އެ މެންބަރުންނަށް މަޖިލީހުގައި އެ ދާއިރާތަކުގެ ރައްޔިތުންގެ އަޑު އުފުލުމަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. މަޖިލީހުގެ މެންބަރުންގެ އަދަދުން ބަލާ ނަމަ 14.1 ޕަސެންޓް މެންބަރުންގެ އަޑު، މަޖިލީހުގައި އިއްވުން އިލެކްޝަންސް ކޮމިޝަނުން މި ވަނީ ހުއްޓުވާފައެވެ. އެއީ ގާތްގަނޑަކަށް 60،000 އަށް ވުރެ ގިނަ ރައްޔިތުން ތަމްސީލްކުރާ މެންބަރުންނެވެ. ފާއިތުވި ހައެއްކަ މަސް ފާއިތުވެގެން ދިޔައީ އެއިން ރައްޔިތެއްގެ އެއްވެސް މުހުތާދެއް ރައްޔިތުންގެ މަޖިލީހާ ހަމައަށް ނުފޯރައެވެ. އެ ރައްޔިތުންގެ މަސްލަހަތު އޮތް ކަންކަން ނިންމުމުގައި އެ ރައްޔިތުން ތަމްސީލްކުރާ މެންބަރުންގެ ބައިވެރިވުމެއް ނެތެވެ. މިއީ ގާނޫނީ ހަމަތަކުން ބޭރުން ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.

ގާނޫނުތަކުގައި ހުރި މުއްދަތުތަކުގެ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ. މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ބައި އިލެކްޝަނެއް ބާއްވަން އޮތް މުއްދަތުތައް ފަހަނަ އަޅައި ދިޔަތާ ވެސް އެތައް ދުވަހެކެވެ. އެ މެންބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނޭޅުމަކީ އެ 60،000 ރައްޔިތުންގެ ހައްގަށް އުނިކަމެއް އަންނަންޖެހޭ ސަބަބެއް ނޫނެވެ. އާބާދީގެ ގާތްގަނޑަކަށް ވިއްސަކަށް ޕަސެންޓް ރައްޔިތުންގެ އަޑު އެއްގޮތަކަށް ވެސް މަޖިލީހުގައި ނީވެ ހައެއްކަ މަސް ވޭތުވެގެން ދިޔުމުގެ ޒިންމާ ކޮންމެ ވެސް ބަޔަކު އެބަ ނަގަންޖެހެއެވެ. ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ފަހުގެ ނިންމުމެއް ނިންމުމަކީ އަދި އެ ރައްޔިތުންގެ ހައްގުތައް ގެއްލެންޖެހޭ ސަބަބެއް ނޫނެވެ. އެކަން ނުވެ ދިގުލައި ދާ ނަމަ އެކަން އަވަސްކުރުމަށް މަސައްކަތްކުރުމަކީ ވެސް ދައުލަތުގެ މައްޗަށް، ސަރުކާރުގެ މައްޗަށް ލާޒިމް ކަމެކެވެ.

އެއަށް ވުރެ ހެއްވާ އެހެން ކަމެއް އެބަ އޮތެވެ. އިއުލާންކުރި ބައި އިލެކްޝަންތައް މަތިން އިލެކްޝަންސް ކޮމިޝަން ހަނދާން ނެތުމެވެ. އަދި އެހެން އިންތިޚާބަކަށް ތައްޔާރުވެ، އެ ވާހަކަ މާ ގިނައިން ދެއްކުމަކީ ޖޯކެކެވެ. ބައި އިލެކްޝަންތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން މިހާރު ދައްކަނީ މި އަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބުގެ ވާހަކައެވެ. އެ އިންތިޚާބުގެ ތައްޔާރީތައް ވަނީ މެކުހަށް ޖަހާފައެވެ. ވޯޓާސް ލިސްޓް ކުރިއަށް އޮތް މޭ މަހު އާންމުކޮށް ޖޫން މަހު ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާނެއެވެ. އަދި ޖެހިގެން އަންނަ މަހު ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޕާޓީތަކަށް މައުލޫމާތު ދިނުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭގެ ކުރިން ދައްކަންޖެހޭ އެހެން ވާހަކައެއް އެބަ އޮތެވެ. އެއީ ބައި އިލެކްޝަންތަކުގެ ވާހަކައެކެވެ.

އެ ވާހަކަ ނުދައްކައި ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކުމަކީ ޖޯކެކެވެ. ގޮނޑިތަކެއް ގެއްލިފައިވާ ކަމާއި ބައި އިލެކްޝަނެއް ބާއްވާނެ ކަމަށް ބުނެ އިއުލާނެއް ނެރުމަކުން ނުފުދެއެވެ. އެތައް ހާސް ރައްޔިތުން ތަމްސީލްކުރާ މެންބަރުންތަކަކަށް މަޖިލީހުގެ ތަޅުމަށް ވަނުމަށް އޮތް ހުރަސްތައް ނައްތާލައިގެން ނޫނީ އެހެން އިތުރު އެއްވެސް ކަމެއް ކުރުމަކީ އެ ރައްޔިތުންނަށް ދެވޭ އަނިޔާއެކެވެ. ގާނޫނުއަސާސީ އަށް ކުރެވޭ މަލާމާތެކެވެ. ރިޔާސީ އިންތިޚާބުގެ ކުރިން މަޖިލީހުގައި 12 ދާއިރާއެއް ތަމްސީލްކުރެވޭނެ ގޮތެއް ހޯދުމަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ޒިންމާއެކެވެ. އެއީ ބައި އިލެކްޝަންތަކެއް ބާއްވައިގެން އާ މެންބަރުންތަކެއް އިންތިޚާބު ކޮށްގެން ވިޔަސްމެއެވެ. އެކަން ކުރެވެން އޮތީ ސުޕްރީމް ކޯޓުން ހުކުމެއް ނެރެގެން ކަމަށްވާ ނަމަ އެކަން ކޮށްގެން ވިޔަސްމެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
މޯބައިލް ފޯނު ފޭރުން އާއްމުވެފައި

މޯބައިލް ފޯނު ފޭރުން އާއްމުވެފައި

11 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ދިރާގު ޓީވީއަކީ ކޮބާ؟

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު