Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައްކަން ކުރުން

ހިންނަވަރު ގެއަކުން 16 ކޭސް މަސްދަޅު ވަގަށް ނެގި ދެ މީހަކު ހައްޔަރު ކޮށްފި

10 ކޭސް ވިއްކާފައި ވަނިކޮށް ވަނީ ހޯދާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 އެޕްރީލު 2018 | ހޯމަ 11:45
ވަގަށް ނަގާފައިވާ މަސްދަޅު ކޭސްތައް

ވަގަށް ނަގާފައިވާ މަސްދަޅު ކޭސްތައް

ޅ. ހިންނަވަރު ގެއަކުން ވަގަށް ނަގާފައިވާ މަސްދަޅު ކޭސްތަކެއް ހޯދައި، ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

Advertisement - newsAdvertisement

ހިންނަވަރު ގެއަކުން މަސްދަޅު ކޭސްތަކެއް ވަގަށް ނެގި ކަމަށް، އޭޕްރީލް 03 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހިންނަވަރު ގެއަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 16 މަސްދަޅު ކޭހުގެ ތެރެއިން 10 މަސްދަޅު ކޭސް، ރަށުގެ އެކި ފަރާތްތަކަށް ވިއްކާފައި ވަނިކޮށް ހޯދާފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ

12 މާރިޗު 2017
 ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
26 ފެބުރުއަރީ 2017

ގަލޮޅު ގެއަކުން ހަށިވިއްކަމުންދިޔަ މީހަކު އަތުލައިގެންފި

26 ފެބުރުއަރީ 2017
ގަލޮޅު ގެއަކުން ހަށިވިއްކަމުންދިޔަ މީހަކު އަތުލައިގެންފި
25 ފެބުރުއަރީ 2017

ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި

25 ފެބުރުއަރީ 2017
ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު