Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަރޫ ޖަޔަސޫރިޔާ

ބާރު ހޯދުމަށް ފެން ބޮވައިގެންފައި ތިބި ސިޔާސީ ފަރާތްތަކުން އަދިވެސް ފައިސާއަށްޓަކައި ގައުމަށް ގައްދާރުވޭ: ލަންކާގެ މަޖިލިސް ރައީސް

ސްރީ ލަންކާއަށް މިނިވަންކަން ލިބިފައި ވަނީ 1948 ގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 އެޕްރީލު 2018 | ހޯމަ 11:37
ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ

ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ

ބާރުވެރިކަމަށް ފެންބޮވައިގެންފައިވާ ވަކިވަކި ސިޔާސީ ފަރާތްތަކުން ފައިސާއަށްޓަކައި ގައުމަށް ގައްދާރުވި ފަދައިން މިހާރު ވެސް ސިޔާސީ ބާރުވެރިކަމަށްޓަކައި ގައުމަށް ޚިޔާނާތްތެރިވާން ތައްޔާރަށް ތިބި ސިޔާސީ ފަރާތްތައް އެބަ ތިބި ކަމަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވިދާޅުވެއްޖެއެވެ.

ޖަޔަސޫރިޔާ ވިދާޅުވީ "ކުރިޔަށް ވުރެ ބާރަށް ގައުމީ އެއްބައިވަންތަ ކަމަށް ގޮވާލެވެނީ މި ސަބަބާ ހުރެ. 1948 ވަނަ އަހަރު އަޅުގަނޑުމެންނަށް މިނިވަންކަން ލިބުނުއިރު އަޅުގަނޑުމެން އިގްތިސާދީ ގޮތުން އޮތީ ޖަޕާނާ އެއް ހަމައެއްގައި. ކޮންމެއަކަށް ޖަޕާނު މިއަދު މާ ކުރީގައި އޮތް އިރު އަޅުގަނޑުމެން މިތިބީ މާ ފަހަތުގައި. އެހެން އެވީ ގައުމެއްގެ ގޮތުގައި އެމީހުން މާ އެކުވެރި,"

ގާނޫނުހަދާ މަޖިލީހުގެ ރައީސް މި ތަގުރީރު ދެއްވާފައި ވަނީ އެ ގައުމުގެ ވީރަ މަޑުގައްލެ ސްޓެޗޫ ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައެވެ.

ކަރޫ ޖަޔަސޫރިޔާ މިފަދަ ވާހަކަފުޅެއް ވިދާޅުވެފައިވާއިރު މި މަހުގެ ހަތަރުވަނަ ދުވަހު، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުގައި ވަނީ ވޯޓެއް ނަގާފައެވެ.

ބޮޑުވަޒީރު ރަނިލް އެ ވޯޓް ކާމިޔާބު ކުރެއްވި އިރު ބަހުސްގެ މަރުހަލާގައި ވާހަކަދެއްކެވި މެމްބަރުން އަޚުލާގި ހިފެހެއްޓެވުމަށް ވެސް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު