Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފޭސްބުކް - އެޕަލް

ފޭސްބުކް އަދި އެޕަލްގެ ވެރިން ބަހުގެ ހޫނު ޙަަމަލާތަކެއް ބަދަލުކޮށްފި

ޓިމް ކުކް ވަނީ މިހާރު 23 ފަހަރެއްގެ މަތިން ފޭސްބުކަށް ފާޑު ވިދާޅުވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2018 | ބުދަ 00:26
ކޭމްބްރިކް އެނަލިޓިކާ މައްސަލައިގެ ފަހުން ހުރިހާ އެންމެންގެ ލޯތައްވަނީ ފޭސްބުކަށް އަމާޒުވެފައި

ކޭމްބްރިކް އެނަލިޓިކާ މައްސަލައިގެ ފަހުން ހުރިހާ އެންމެންގެ ލޯތައްވަނީ ފޭސްބުކަށް އަމާޒުވެފައި

މޮބައިލް ފޯނާއި ކޮމްޕިއުޓަރ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ އެޕަލްގެ ސީއީއޯ އާއި ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވޯކް ފޭސްބުކްގެ ސީއީއޯއާ ދެމެދު ވަރުގަދަ ބަހުގެ ޙަމަލާތަކެއް ބަދަލުކުރެވިއްޖެއެވެ.

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބަރގް އާއި އެޕަލްގެ ސީއީއޯ ޓިމް ކުކްއާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރެވުނީ މިހާރު ފެންމަތިވެފައިވާ ކެމްބްރިޖް އެނަލިޓިކާ މައްސަލައިގައެވެ. ކޭމްބްރިޖް އެނަލިޓިކާއިން ފޭސްބުކް ބޭނުންކުރަމުންދިޔަ އެމެރިކާގެ 50 މިލިއަން ރައްޔިތުންގެ މައުލޫމާތު ނަހަމަ ގޮތުގައި ހޯދައި، އެ މައުލޫމާތުގެ ބޭނުން ކޮށްގެން ޑޮނަލްޑް ޓްރަމްޕަށް 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިން މައްސަލަ ފެންމަތިވެ، ފޭސްބުކް ވަނީ ހޫނު ފެނަށް ވެއްޓިފައެވެ.

މިމައްސަލައިގައި އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ މިއީ ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުންކަމަށާއި، މިއީ ބޮޑު މައްސަލައެއްކަމަށެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ކުކް ހައްދަވާނީ ކިހިނެއްތޯ ސުވާލުކުރުމުން ކުކް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް އޭނާ އެފަަދަ ޙާލަތަށް ވަޑައިނުގަންނަވާނެކަމަށެވެ. އަދި ހިލޭ ޚިދުމަތެއް ފޯރުކޮށްދިންނަމަވެސް، އެޚިދުމަތް ބޭނުންކުރާ މީހުންގެ ޒާތީ ދިރިއުޅުމަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެކަމަށް ކުކް ވިދާޅުވިއެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް

ކެބްމްރިޖް އެނަލިޓިކާގެ މައްސަލަ ފެންމަތިވިފަހުން ޓިމް ކުކް އާއްމު ތަނެއްގައި ވާހަކަ ދެއްކެވީ ދެ ފަހަރެވެ. އެ ދެފަހަރުވެސް އޭނާ ވަނީ ފޭސްބުކް އަށް ބަހުގެ ޙަމަލާ ދެއްވާފައެވެ.

އެޕަލްގެ ސީއީއޯގެ ވާހަކަކަށް ރައްދު ދެއްވަމުން ފޭސްބުކްގެ ސީއީއޯ މާކް ޒަކަބަރގް ވިދާޅުވީ ފޭސްބުކްއިން އާއްމު ކަސްޓަމަރުން އަތުން ފައިސާ ނުނަގާތީ އެކަސްޓަމަރުންގެ ޒާތީ މައުލޫމާތަށް ފޭސްބުކްއިން އަޅާނުލާނެކަމަށް ބަޔަކު ބުނުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި، ފޭސްބުކްއިން އެފަދަ ކަމެއް ނުކުރާނެކަމަށެވެ. އެހެން ނަމަވެސް އޭނާ ސީދާ އެޕަލް ކުންފުނީގެ ނުވަތަ އެޕަލްގެ ސީއީއޯ ޓިމް ކުކްގެ ނަމެއް ވިދާޅެއް ނުވެއެވެ.

މީގެ އިތުރުން ޒަކަބަރގް ފޭސްބުކް ހިންގަވާ ގޮތާއި ގުޅޭ ގޮތުން ފަހަކަށް އައިސް ބައެއް ފަރާތްތަކުން ފާޑުކިޔާތީ، އޭނާ ކުންފުނި ހިންގަވާ ގޮތް އަމިއްލައަށް ދިފާޢުކުރައްވައި ވަނީ ވާހަކަ ދައްކަވާފައެވެ.

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބަރގް

ކެމްބްރިޖް އެނަލިޓިކާއިން ފޭސްބުކް ބޭނުންކުރާ 50 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ނެގި މައްސަލައިގެ ފަހުން އެކުންފުނީގެ ހިއްސާގެ އަގު ވަނީ މިއިން ދުވަަހަކު ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި

ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި

11 ޖޫން 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ

ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ

15 މެއި 2017
އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

15 މެއި 2017
ޑްރައިޕާސް މެގަ ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި

ޑްރައިޕާސް މެގަ ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި

02 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު