Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފޭސްބުކް

ފޭސްބުކް ކުންފުނީގެ އަގު 58 ބިލިއަން ޑޮލަރު ދަށްވެއްޖެ!

25 މާރިޗު 2018 | އާދީއްތަ 14:28

ހިއްސާގެ އަގު 190 ޑޮލަރުން 158 ޑޮލަރަށް ވަނީ ވެއްޓިފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 25 މާރިޗު 2018 | އާދީއްތަ 14:28
ފޭސްބުކް ކުންފުނި ދާދި ފަހުން އެކި މައްސަލަތަކުގެ ތެރެއަށް ވެއްޓިފައިވޭ

ފޭސްބުކް ކުންފުނި ދާދި ފަހުން އެކި މައްސަލަތަކުގެ ތެރެއަށް ވެއްޓިފައިވޭ

މަޝްހޫރު ސޯޝަލް މީޑިއާ ވެބްސައިޓް ފޭސްބުކްގެ އަގު 58 ބިލިއަން ޑޮލަރު ދަށަށް ހިނގައްޖެއެވެ.

ފޭސްބުކް ބޭނުންކުރާ 50 މިލިއަން އެމެރިކާ ރައްޔިތުންގެ މައުލޫމާތު ޑޭޓާ އެނަލިޓިކްސް ކުންފުނި ކޭމްބްރިޖް އެނަލިޓިކާ އިން ނަހަމަ ގޮތުގައި ބޭނުންކުރިކަން ފަޅާއެރުމާއެކު ފޭސްބުކްގެ ހިއްސާގެ އަގުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ނިމިދިޔަ ހަފްތާގެ ހޯމަ ދުވަހު ހަފްތާ ފެށިއިރު ހިއްސާގެ ބާޒާރުގައި ފޭސްބުކްގެ ހިއްސާއެއްގެ އަގު ހުރީ 176.80 ޑޮލަރުގައެވެ. އެހެން ނަމަވެސް ކޭމްބްރިޖް އެނަލިޓިކާގެ މައްސަލަ އިތުރަށް ބޮޑުވެ، ހުކުރު ދުވަހުގެރޭ ހިއްސާގެ ބާޒާރު ބަންދުކުރިއިރު، އެކުންފުނީގެ ހިއްސާއެއްގެ އަގު ވަނީ 159.30 ޑޮލަރަށް ވެއްޓިފައެވެ. މިމައްސަލަތައް ފެށުމުގެ ކުރިން މިދިޔަ ފެބްރުއަރީ މަސް ނިމުނުއިރު ފޭސްބުކްގެ ހިއްސާއެއްގެ އަގު ހުރީ 190 ޑޮލަރުގައެވެ.

ފޭސްބުކްއާއިމެދު އާއްމުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވަމުން ދިޔުމާއިއެކު، އެޕްލެޓްފޯމްގައި އިޝްތިހާރުކުރާ ވަރަށް ގިނަ ފަރާތްތަކުން ދަނީ އިޝްތިހާރުތައް ނަގަމުންނެވެ. އެގޮތުން މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ސްޕޭސް-އެކްސްއިން ފޭސްބުކް ޕްލެޓްފޯމްގައި އިޝްތިހާރުކުރުން ހުއްޓާލިކަން އެކުންފުނީގެ ވެރިޔާ އީލަން މަސްކް ވަނީ އިއުލާންކުރައްވާފައެވެ. އަދި ސްޕޭސް-އެކްސްއާއި އޭނާގެ ޓެސްލާ ކުންފުނީގެ ފޭސްބުކް ޕޭޖްތައްވެސް ވަނީ ޑިލީޓްކޮށްފައެވެ.

ފޭސްބުކްގެ ހިއްސާގެ އަގު މިހާ ބޮޑަށް ވެއްޓިގެން ދިޔައީ ކުންފުންޏާއިމެދު މީހުން ދެކޭ ގޮތް ބަދަލުވެ، އިޝްތިހާރުކުރާ ފަރާތްތަކުން ފަސްޖެހުމުންނާއި، އިންވެސްޓަރުން އެމީހުންގެ ހިއްސާ ވިއްކަން ފެށުމުގެ އިތުރުން، ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ބޮޑުތަނުން މަދު ވެދާނެކަމުގެ ބިރު އޮތުމުންނެވެ.

ހިއްސާގެ އަގު ވެއްޓެމުންދާއިރު، 'ޑެމޭޖް ކޮންޓްރޯލް'ކުރުމަށް ފޭސްބުކްއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެކުންފުނީގެ ވެރިޔާ މާކް ޒަކަބަރގް ވަނީ މަޢާފަށްވެސް އެދިފައެވެ. އެހެން ނަމަވެސް ފޭސްބުކްއިން މިމައްސަލައިގައި ވާހަކަ ދެއްކުން ލަސްވެގެން ދިޔުން އެއީ ހިއްސާގެ އަގު ވެއްޓެން މެދުވެރިވި އެއް ސަބަބުކަމަށް މުހައްލިލުން ދެކެއެވެ.

2012 ވަނަ އަހަރު ފޭސްބުކް ހިއްސާގެ ބާޒާރުގައި ލިސްޓްކުރިއިރު، ކުންފުނީގެ ހިއްސާއެއްގެ އަގަކީ 38 ޑޮލަރެވެ. ހިއްސާ ވިއްކާ ނިމުނުއިރު ފޭސްބުކްގެ އަގު 104 ބިލިއަން އެމެރިކާ ޑޮލަރަށް އެރިއެވެ. ފޭސްބުކްގެ މިހާރުގެ އަގަކީ 463 ބިލިއަން އެމެރިކާ ޑޮލަރެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް