Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

އެއް ކެނޑިޑޭޓަކު ނެރޭގޮތަށް އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލަނީ

8 އެޕްރީލު 2018 | އާދީއްތަ 02:26

ގުޅިފައިވާ ޕާޓީތަކުން ކޮންމެ ދުވަހަކު ބައްދަލުވެ ކަންކަން ރާވާ އެގޮތައް ތަންފީޒް ކުރާތާ އަހަރުވެއްޖެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 8 އެޕްރީލު 2018 | އާދީއްތަ 02:26
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއް ކެނޑިޑޭޓެއް ކަމަށާއި އެކެނޑިޑޭޓް ނެރޭއިރު އެމްޑީޕީން ދެކޭގޮތްތައް ހުށަހަޅާ އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކަށް އެއް ކެނޑިޑޭޓަކު ނުނެރެވިގެން ނޫޅޭ ކަމަށާއި އެއްކެނޑިޑޭޓަކު ނެރުން ލަސްވެފައިވަނީ ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެއްވުމުން އެއް ކެނޑިޑޭޓަކު ނެރުމުގެ ވާހަކައަށް ވުރެ މާބޮޑު ވާހަކަތަކެއް ދައްކަން ޖެހުމުން ކަމަށެވެ.

Advertisement - newsAdvertisement

ހަސަން ލަތީފް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާ ހަމައަށް ގުޅިފައިވާ ޕާޓީތަކުން ވަރަށް ބާރަށް އެމަސައްކަތް އައީ ކުރަމުން ކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމުން އެއަށް ވުރެ ބޮޑެތި ވާހަކަތަކެއް ދައްކަން ޖެހުނު ކަމަށާއި ނުހައްޤުން އެތައް ބައިވަރު ބަޔަކު ހައްޔަރުކޮށް ޖަލަށްލައި ހައްދަވަމުން ގެންދެވިއިރު އެއް ކެނޑިޑޭޓެއްގެ ވާހަކަ ދައްކަން އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނުނެރެވޭނެ ކަމަށް ސަރުކާރުގެ ބޭފުޅުން ވިދާޅުވާ ވިދާޅުވުމަށް ރައްދުދެއްވައި ހަސަން ލަތީފް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކޮންމެ ދުވަހަކު ބައްދަލުވެ މަޝްވަރާކުރެވި ކަންކަން ރާވަމުން އެ ކަންކަން ތަންފީޒް ކުރަމުންދާތާ މިހާރު އެއްއަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައީ ކަމަށާއި އެހެންކަމުން ސަރުކާރުގެ ބޭފުޅުން އެހެން ވިދާޅުވިއަސް އެއް ކެނޑިޑޭޓަކު ނުނެރެވެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

"މިހާރު އަނެއްކާވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިފަށަނީ. ގުޅިފައިވާ ޕާޓީތަކުން ސިންގަލް ކެނޑިޑޭޓަކު ނެރުމުގެ މަސައްކަތް އަދި އެންމެނަށް ވެސް ޤަބޫލް ކުރެވޭ ޙަޤީގަތަކީ މިވަގުތު އަޅުގަނޑުމެން އެއް ކެނޑިޑޭޓަކު ނެރެގެން ނޫނީ ޔާމީނާއެކު އަޅުގަނޑުމެން އިންތިޚާބަކަށް ދިޔަކަމުގައިވިއަސް ޔާމީން ބަލިކުރާކަށް ފަސޭހައެއް ނޫން" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ ކަންކަމުގައި ބައިނަލްއަޤަވާމީ ދުނިޔޭގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށާއި އެންމެ ބޭނުންވާގޮތަށް ބައެއް ފަހަރު ކަންކަން ނުވިކަމުގައި ވިއަސް ކަންކަން މިހާތަނަށް ވެފައި ހުރީ ބޭރުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެގޮތުން މިނިވަން އިންސާފްވެރި އިންތިޚާބެއް ހޯދުމަށް ބޭރުގެ އެހީތެރިކަން ލިބޭނެ ކަމަށާއި ޤާނޫނު އަސާސީގައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޔާމީންގެ ވެރިކަން ބަދަލު ނުވެ އިންތިޚާބަކަށް ދާންޖެހިއްޖެނަމަ މިނިވަން އިންސާފްވެރި އިންތިޚާބެއް ހޯދުމުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އެމެނިފެސްޓޯ ވެގެންދާނީ އެއް ކެނޑިޑޭޓަކު ނެރޭއިރު އެމްޑީޕީން ދެކޭގޮތުގެ މެނިފެސްޓޯ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް