Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ހަކުރު މަދުކުރުން

އިނގިރޭސިވިލާތުގައި 'ހަކުރު ޓެކްސް' ނަގަން ފަށައިފި

ގިނަ ބާވަތްތަކަކުން މިހާރު ވެސް ހަކުރުގެ މިންވަރު މަދުކުރަން ވަނީ ފަށާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2018 | ހޮނިހިރު 17:08
ބަންދުކުރި ބުއިންތަކަކީ އެންމެ ގިނައިން ހަށިގަނޑަށް ހަކުރު އެތެރެވާ ވަޞީލަތް

ބަންދުކުރި ބުއިންތަކަކީ އެންމެ ގިނައިން ހަށިގަނޑަށް ހަކުރު އެތެރެވާ ވަޞީލަތް

ދަޅުގައި އަދި ފުޅި އާއި ޕެކެޓްގައި ބަންދުކުރާ ބުއިމުގެ ބާވަތްތަކުގައި ހަކުރު ހުންނަ މިންވަރު މަދުކުރުމަށް އިނގިރޭސިވިލާތުން ކުރަމުންދާ މަސައްކަތުގެ ދަށުން 'ހަކުރު ޓެކްސް' ނަގަން ފަށައިފިއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ހަކުރު ހުންނަ ބާވަތްތައް އުފައްދާ ކުންފުނިތަކުން ނަގަން ފެށި މި ޓެކްސްއާ އެކު ބައެއް ބްރޭންޑްތަކުން ވަނީ އެބްރޭންޑްތަކުގެ ބުއިންތަކުން ހަކުރުގެ މިންވަރު މަދުކުރަން ފަށާފައެވެ.

ސީދާ ކަސްޓަމަރުންގެ އަތުން ނެގުމުގެ ބަދަލުގައި މިޓެކްސް ނަގަނީ ބުއިންތައް އުފައްދާ ކުންފުނިތަކުގެ އަތުންނެވެ. ޓެކްސްއާ ގުޅިގެން އުފެއްދުންތަކުގެ އަގު ބޮޑުކުރުމަކީ ކުންފުނިތަކުގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމެކެވެ. ޓެކްސް ނެގޭ ރޭޓްތަކަށް ބަލާއިރު، ކޮންމެ 100 އެމްއެލްއަކަށް 8 ގްރާމަށް ވުރެ އިތުރަށް ހަކުރު ހުންނަ ބާވަތްތަކުން ލީޓަރަކުން 24 ޕެންސް އަދި ކޮންމެ 100 އެމްއެލްއަކަށް 8 ގްރާމާއި 5 ގްރާމާއި ދެމެދުގެ މިންވަރަކަށް ހަކުރު ހުންނަ ބުއިންތަކުން ލީޓަރަކަށް 18 ޕެންސް 'ހަކުރު ޓެކްސް'ގެ ގޮތުގައި ދައްކަން ޖެހެއެވެ.

މޭވާގެ ބާވަތްތަކުން އުފައްދާ ޚާލިސް ޖޫހުން މިޓެކްސް ނުނަގާނެއެވެ. ސަބަބަކީ ދަޅުގައި ނުވަތަ ޕެކެޓްގައި ބަންދުކުރި ނަމަވެސް އެބުއިންތަކަށް ހަކުރު އިތުރަށް އަޅާފައި ނުހުންނާތީއެވެ. އަދި ގިނަ އަދަދަކަށް ކިރު ހުންނަ އުފެއްދުންތަކުން ވެސް މިޓެކްސްއެއް ނުނަގާނެއެވެ. ސަބަބަކީ އެފަދަ ބުއިންތަކުގައި ކެލްސިއަމް ގިނަ އަދަދަކަށް އެކުލެވިގެންވާތީއެވެ.

ބުއިންތަކުން 'ހަކުރު ޓެކްސް' ނަގަން ފަށާއިރު، ބަންދުކުރި ކޭކް، ބިސްކޯދު ފަދަ ބާވަތްތަކުން ވެސް ޓެކްސްއެއް ނަގަން ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ފެންޓާ، ރައިބީނާ އަދި ލުކޮޒޭޑް ފަދަ ބްރޭންޑްތަކުން ވަނީ އެބްރޭންޑްތަކުން އިނގިރޭސިވިލާތުގައި ވިއްކުމަށް ނެރޭ އުފެއްދުންތަކުގައި ހަކުރު އެކުލެވޭ މިންވަރު މަދުކުރުމަށް ނިންމާފައެވެ. އެހެން ނަމަވެސް ކޮކާކޯލާ އިން އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އިނގިރޭސި ސަރުކާރުން ކުރިން ލަފާކުރީ މި މަސައްކަތުން ޓެކްސްގެ ގޮތުގައި 500 މިލިއަން ޕައުންޑް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ގިނަ ކުންފުނިތަކަކުން އެކުންފުނިތަކުގެ އުފެއްދުންތަކުން ހަކުރުގެ މިންވަރު މަދުކުރަން ނިންމުމާ ގުޅިގެން އެއަދަދު މިހާރު ވަނީ 240 މިލިއަން ޕައުންޑަށް މަދުކޮށްފައެވެ.

'ހަކުރު ޓެކްސް'ގެ ގޮތުގައި ލިބޭ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ ސްކޫލްތަކުގެ ކުޅިވަރާއި ނާސްތާ ޕްރޮގްރާމްތަކަށެވެ.

ފުރާވަރު އަދި ޒުވާން އުމުރުގައި ކުދިން ފަލަވުމުގެ މައްސަލައިގެ އެންމެ ބޮޑު އެއް އަސްލަކީ މަތީ މިންވަރަކަށް ހަކުރު ހުންނަ ބުއިންތައް ބޭނުންކުރުން ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ދުނިޔޭގެ އެކި ޤައުމުތަކުގައި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމަށް މިފަދަ އެތައް ކަމެއް ކުރަމުންދެއެވެ. އިނގިރޭސިވިލާތަކީ 'ހަކުރު ޓެކްސް' ނަގަން ފަށާ ފުރަތަމަ ޤައުމެއް ނޫނެވެ. މެކްސިކޯ، ފަރަންސޭސީވިލާތް އަދި ނޯވޭ އިން ވެސް މިފަދަ ޓެކްސްއެއް ނަގައެވެ.

މެކްސިކޯގައި 'ހަކުރު ޓެކްސް'އެއް 2014 ވަނަ އަހަރުން ފެށިގެން ނަގަމުންދާއިރު، އެ އަހަރު ނިމުނުއިރު މެކްސިކޯގެ ރައްޔިތުން ހަކުރު ބޭނުންކުރާ މިންވަރު 12 އިންސައްތަ ދަށްވިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ޓެކްސް ނުނަގާ ބާވަތްތަކުގެ ބުއިންތަކުގެ ވިޔަފާރި ރަނގަޅުވިކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
ދުވާފަރުގައި ތިބި ހަކުރުބަލީގެ މިހުންނަށް ނިލަންދޫ ޖަމްއިއްޔާތަކުން ގުލްކޯމީޓަރު ހަދިޔާކޮށްފި

ދުވާފަރުގައި ތިބި ހަކުރުބަލީގެ މިހުންނަށް ނިލަންދޫ ޖަމްއިއްޔާތަކުން ގުލްކޯމީޓަރު ހަދިޔާކޮށްފި

16 ނޮވެމްބަރު 2021
ނަރުހުންގެ ހައްގުގައި ޚާއްޞަ ފޯރަމެއް ފަށައިފި

ނަރުހުންގެ ހައްގުގައި ޚާއްޞަ ފޯރަމެއް ފަށައިފި

26 އޮކްޓޯބަރު 2021
ކޮވިޑް-19 ވެކްސިން ގަތުމުގެ އެއްބަސްވުންތައް ގައުމުތަކުން މޮޑާނާ އާއެކު ހަދަން ފަށައިފި

ކޮވިޑް-19 ވެކްސިން ގަތުމުގެ އެއްބަސްވުންތައް ގައުމުތަކުން މޮޑާނާ އާއެކު ހަދަން ފަށައިފި

05 އޯގަސްޓު 2020
ދެ ވޮލިންޓިއަރުންނާއެކު އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް-19 ވެކްސިން ޓްރައަލް ފަށައިފި

ދެ ވޮލިންޓިއަރުންނާއެކު އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް-19 ވެކްސިން ޓްރައަލް ފަށައިފި

23 އެޕްރީލު 2020

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު