Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެލްޖީއޭގެ ނިންމުން

އެލްޖީއޭ އިން އިތުރު ކައުންސިލް މެންބަރުންތަކެއް ސަސްޕެންޑްކޮށްފި!

ގއ. ދެއްވަދޫ ކައުންސިލްގެ ދެ މެންބަރުން ވަނީ ސަސްޕެންޑްކޮށްފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2018 | ހުކުރު 04:06
ލޯކަލް ގަވަރމެންޓް އޮތޯރިޓީ

ލޯކަލް ގަވަރމެންޓް އޮތޯރިޓީ

އެލްޖީއޭ އިން އިތުރު ކައުންސިލް މެންބަރުންތަކެއް ސަސްޕެންޑްކޮށްފިއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގއ. ދެއްވަދޫ ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ބޭރުން ގއ. ދެއްވަދޫ ކައުންސިލުން ނޫސްބަޔާން ނެރެފައިވާ މައްސަލައާ ގުޅިގެން އެ އޮތޮތޯރިޓީން މައްސަލަ ބަލާފައިވާ ކަމަށެވެ. އެގޮތުން ލިބިފައިވާ މައުލޫމާތާއި ލިޔެކިޔެމުން ބެލިބެލުމުން ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން ގއ. ދެއްވަދޫ ކައުންސިލުން ނޫސްބަޔާން ނެރެފައިވާކަން, މައްސަލައާ ގުޅިގެން އެ އޮތޯރިޓީއަށް ލިބިފައިވާ ލިޔެކިޔުންތަކުން ކަށަވަރުވާ ކަމަށް ކައުންސިލްގެ ލިޔުމުން އެނގޭ ކަމަށް އެލްޖީއޭ އިން ބުނެއެވެ.

Advertisement - newsAdvertisement

ދެއްވަދޫ ކައުންސިލުން ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ވަނަ ދުވަހު ނެރުނު ހުކުމް ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާ ބަޔާނެއް ނެރެފައެވެ.

މި ބަޔާނާ ގުޅިގެން އެލްޖީއޭ އިން ބެލި މައްސަލައިގައި ވަނީ ހަތަރު ކަމެއް ފާހަގަކޮށްފަ އެވެ. އެގޮތުން ދެއްވަދޫ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ސޮއިކޮށްފައިވާ ކައުންސިލްގެ ރައީސް އަހުމަދު ނަޒްމީން އާއި ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ތައުފީގް އޭޕްރީލް 08 ވަނަ ދުވަހުން ފެށިގެން މުސާރަ އާއި އިނާއަތްތައް ނުލިބޭނެ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރާ ކަމަށެވެ.

އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދުމަށް ނޫން ގޮތެއްގައި ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައިސިއްޔަތުން ކައުންސިލް ތަމްސީލު ކުރުން މަނާ ވާނެ ކަމަށް ވެސް އެލްޖީއޭ އިން ބުނެއެވެ.

ކައުންސިލްގެ ސަސްޕެންޝަންގެ މުއްދަތުގައި ކައުންސިލް ހިންގުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ދެއްވަދޫ ކައުންސިލްގެ މެންބަރު މައުމޫން އިބްރާހިމްއާއެވެ.

މި ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފި ނަމަ ދެއްވަދޫ ކައުންސިލް ރޫޅާލުމަށް ރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭނެކަމުގެ އިންޒާރު ވެސް އެލްޖީއޭއިން ވަނީ ދީފައެވެ.

ދެއްވަދޫ ކައުންސިލްގެ ދެ މެންބަރުން ސަސްޕެންޑްކޮށްފައިވާ އިރު ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލި ގިނަ ކައުންސިލްތަކެއްގެ މެންބަރުން އެލްޖީއޭ އިން ވަނީ ސަސްޕެންޑްކޮށްފައެވެ.

މީގެ އިތުރަށް ޅ. އަތޮޅު ކައުންސިލްގެ ދެ މެންބަރުން ކަމަށްވާ ކައުންސިލްގެ ރައީސް މުހައްމަދު ހުސައިނާއި ނާއިބު ރައީސް އިބްރާހީމް ސިމާއު ވެސް ވަނީ މުސާރަ ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އަދި ކައުންސިލް ހިންގުން ވަނީ މެންބަރު އިބްރާހީމް އާތިފްއާ ހަވާލުކޮށްފައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު