Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެނުއެލް ނޯޔާ

ހަ މަސްދުވަހަށް ފަހު ފަރިތަކުރުންތަކުގައި ނޯޔާ ބައިވެރިވެއްޖެ

ނޯޔާއަށް އަނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 5 އެޕްރީލު 2018 | ބުރާސްފަތި 11:24
މެނުއެލް ނޯޔާ ފަރިތަކުރުންތަކުގައި ބައިވެރިވަނީ

މެނުއެލް ނޯޔާ ފަރިތަކުރުންތަކުގައި ބައިވެރިވަނީ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ އެއް ނަމްބަރު ކީޕަރު މެނުއެލް ނޯޔާ ހަ މަސްދުވަހަށް ފަހު އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެއެވެ.

ނޯޔާއަށް އަނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ބަޔާންގެ ފަރިތަކުރުންތަކުގެ ތެރެއިން އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ނޯޔާ ވަނީ ފައިގެ ސާޖަރީއެއް ވެސް ފުރިހަމަކޮށްފައެވެ. ނޯޔާގެ ފައިގެ ކައްޓަށް ގެއްލުން ވެފައިވާ ކަމަށް ބަޔާންގެ ޑޮކްޓަރުން ބުނިއިރު މިދިޔަ ސީޒަނުގެ ގިނަ މެޗުތަކެއް ވެސް އޭނާގޭ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ގެއްލުނެވެ. މި އަނިޔާގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.

އެހެން ނަމަވެސް ނޯޔާ ވަނީ ހަ މަސްދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބުރާސްފަތި ދުވަހު ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އޭނާ ވަނީ ބޯޅައާ އެކު ބައެއް ގޯލްކީޕިން ޑްރިލްތަކެއް ފުރިހަމަކޮށްފައެވެ. ބަޔާންގެ ވެބްސައިޓުގައި އެ ޓީމުން އާންމުކުރި ބަޔާނެއްގައި ވަނީ ހަ މަސްދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ނޯޔާ ލައިޓް ޓްރެއިނިން ސެޝަންތަކެއް ފުރިހަމަކޮށްފައިވާ ކަމަށާއި އޭނާއާ އަމާޒުކުރި ހަމަލާތައް ހުށިޔާރު ކަމާއެކު ފަރިތަކުރުންތަކުގައި ދިފާއުކުރި ކަމަށެވެ.

ނޯޔާގެ އަނިޔާއާ ގުޅިގެން ބަޔާންގެ ގޯލު ބަލަހައްޓަމުން އަންނަނީ ބަދަލު ކީޕަރު ސްވެން އުލްރެއިޗްއެވެ. އަނިޔާއިން ސަލާމަތްވުމުގެ އެންމެ ފަހު މަރުހަލާއެއްގެ ގޮތުން ނޯޔާ ވަނީ ހާއްސަ ސްކޭންތަކެއް ވެސް ފުރިހަމަކޮށްފައެވެ. އޭނާގެ ރިކަވަރީގެ ކަންކަން ބިނާކުރަމުންދަނީ އެ ސްކޭންތަކުގެ ނަތީޖާއަށް ބެލުމަށް ފަހުއެވެ.

ބަޔާންގެ އޮފިޝަލް ޓީވީ ޗެނަލާ ވާހަކަ ދައްކަމުން ނޯޔާ ބުނީ އޭނާގެ ފަޔަށް މިހާރު އެއްވެސް ވަރަކަށް ތަދުނުވާ ކަމަށާއި ދުވުމުގެ ތަމްރީނުތަކެއް ވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން ދުވުމުގެ ތަމްރީނުތައް ފުރިހަމަކުރެވުމަކީ އަނިޔާ އިން އެނބުރި އާދެވޭނެ ކަމުގެ ފެހި ސިގްނަލެއް ކަމަށާއި ހުރިހާ ކަމެއް ވެސް ކުރިޔަށް ގެންދަނީ ވަރަށް ފަރުވާތެރިކަމާ އެކު ކަމަށް ނޯޔާ ބުނެފައި ވެއެވެ.

އަނިޔާ ރަނގަޅުވަމުންދާ ނަމަވެސް އެއްވެސް ހާލެއްގައި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ޔަގީންކޮށް ބުނަން ނޭނގޭ ކަމަށް ނޯޔާ ބުނެފައިވެއެވެ. އޭނާ ބުނީ ކަންކަން އަވަސްކޮށްލައިފި ނަމަ ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށާއި އޭނާގެ ކެރިއަރު ނިމުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނޯޔާ ބުނީ ކަންކަން ރޭވުމެއްގެ ދަށުން ކުރިޔަށް ގެންދަނީ އެ ސަބަބަށްޓަކައި ކަމަށާއި ހުރިހާ ކަމެއް ވެސް ކުރަމުންދަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކަމަށެވެ.

ބަޔާންގެ ޓީމަށް ނޯޔާއަށް ނުކުޅެވުމާއެކު އޭނާއަށް ވަނީ އެ ގައުމުގެ ގައުމީ ޓީމުން ވެސް ފުރުސަތު ގެއްލިފައެވެ. ޖަރުމަނުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުންދިޔަ ނޯޔާއާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު ޔޯކިމް ލޯ ބުނެފައި ވަނީ ނޯޔާ ވޯލްޑް ކަޕްގައި ކުޅެން ބޭނުންވާ ނަމަ ސީޒަނުގެ ކޮންމެ ވެސް ހިސާބަކުން ފެންނަންޖެހޭ ކަމަށެވެ. ޖަރުމަނުގެ ގައުމީ ޓީމުގައި ނޯޔާގެ މަގާމު މިހާރު ފުރަމުން އަންނަނީ ބާސެލޯނާގެ ކީޕަރު މާކް އެންޑަރ ޓާސްޓީޖެންއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު