Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޭ ވިލްކިންސް މަރުވުން

އިނގިރޭސިވިލާތުގެ ކުރީގެ ކެޕްޓަން ރޭ ވިލްކިންސް މަރުވެއްޖެ

4 އެޕްރީލު 2018 | ބުދަ 14:42

މަރުވިއިރު އުމުރަކީ 61

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 އެޕްރީލު 2018 | ބުދަ 14:42
ރޭ ވިލްކިންސް މެންޗެސްޓާ ޔުނައިޓެޑްގެ ޖާޒީގައި

ރޭ ވިލްކިންސް މެންޗެސްޓާ ޔުނައިޓެޑްގެ ޖާޒީގައި

އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ރޭ ވިލްކިންސް މަރުވެއްޖެއެވެ.

އުމުރުން 61 އަހަރުގެ ވިލްކިންސް މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން ލަންޑަނުގެ ސެއިންޓް ޖޯޖްސް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ރޭގެ އާއިލާއިން ވަނީ އޭނާގެ ސަޕޯޓަރުންނާއި އެކުވެރިންގެ ފަރާތުން ލިބެމުންދާ މެސެޖުތަކަށް ޝުކުރު އަދާކޮށްފައެވެ. އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ އިންތިހާ ހިތާމަޔާއެކު އޭނާ މަރުވި ހަބަރު އާންމުކުރާ ކަމަށާއި މި އުނދަގޫ ދަނޑިވަޅުގައި އާއިލާގެ އިހުސާސުތަކައް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމްކުރަން އެދޭ ކަމަށެވެ.

ޗެލްސީގެ ކެޕްޓަންކަން އަދި އެ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކުރި ރޭ މަރުވުމާއި ގުޅިގެން އެ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ އޭނާގެ މަރާއެކު ދިމާވެފައިވާ ހިތާމައިގެ ވަގުތުކޮޅުގައި ޓީމުގެ ހުރިހާ އެންމެން ވެސް ބައިވެރިވާ ކަމަށާއި އަދި އޭނާއަކީ އަބަދު ވެސް އެ ޓީމުގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކުޅުންތެރިޔެއް ކަމަށެވެ. ވިލްކިންސް މަރުވިއިރު އޭނާ މަސައްކަތްކުރަމުން ދިޔައީ ޓީވީ އަދި ރޭޑިއޯ އެނަލިސްޓެއްގެ ގޮތުގައެވެ.

ވިލްކިންސްގެ މަރާއެކު ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އެގޮތުން އޭނާއާއެކު އިނގިރޭސި ގައުމީ ޓީމަށް ކުޅުނު ގެރީ ލިނެކާ ބުނެފައިވަނީ އޭނާއަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި އަދި ވަރަށް ރަނގަޅު މީހެއް ކަމަށެވެ. އަދި އޭނާއާއެކު ކުޅުމުގެ ފުރުސަތު ލިބިފައިވުމަކީ ޝަރަފެއް ކަމަށާއި އޭނާއަށް އެހެން އެއްވެސް މީހަކު އެހީނުވާ ވަރަށް ވިލްކިންސް އެހީތެރިވި ކަމަށެވެ. އެލަން ޝިއަރާ ވެސް ބުނެފައިވަނީ ވިލްކިންސްއާއެކު އޭނާއަށް މަސައްކަތްކުރަން ފުރުސަތު ލިބިފައިވުމަކީ ވެސް ނަސީބެއް ކަމަށެވެ.

ވިލްކިންސްގެ ކެރިއަރުގައި އޭނާ ވަނީ ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް) އަދި ކްރިސްޓަލް ޕެލަސްއަށް ވެސް ކުޅެފައެވެ. އޭނާވަނީ އިޓަލީގެ އޭސީ މިލާން އަދި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށްވެސް ކުޅެފައެވެ. އިނގިރޭސި ގައުމީ ޓީމަށް ވިލްކިންސް 84 މެޗު ކުޅެފައިވާއިރު އޭނާ ވަނީ އެ ގައުމަށް ތިން ލަނޑު ޖަހައިދީފައެވެ. އޭގެތެރެއިން 10 މެޗުގައި އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައެވެ.

ހަމައެހެންމެ އޭނާ ވަނީ ޗެލްސީގެ ކޯޗުގެ މަގާމާއި ކާލޯ އަންޗެލޯޓީ އަދި ގޫސް ހިޑިންކް ހުރި ދުވަސްވަރު އެ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު ވެސް އަދާކޮށްފައެވެ. ވިލްކިންސް ވަނީ މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ޓީމާއެކު އެފްއޭ ކަޕެއް އަދި ޗެރިޓީ ޝީލްޑެއް ކާމިޔާބު ކޮށްފައެވެ. އޭނާއަކީ ދެ ފަހަރެއްގެ މަތިން ޗެލްސީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ކުޅުންތެރިޔެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
10 ފެބުރުއަރީ 2017

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

10 ފެބުރުއަރީ 2017
އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް