Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުދާ އުފުލުމަށް ގެނައި ބަދަލު

ސަރުކާރުގެ ނިންމުމުގެ ސަބަބުން އިޖުތިމާއީ އެތަކެއް މައްސަލަތަކެއް ކުރިމަތިވެ، ތަކެތީގެ އަގު ބޮޑުވާނެ: ޕާޓީތައް

4 އެޕްރީލު 2018 | ބުދަ 13:16

ވިޔަފާރިކުރާ ގަޑިތައް 24 ގަޑިއިރަށް ބަދަލުކުރުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި އިޖްތިމާޢީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 4 އެޕްރީލު 2018 | ބުދަ 13:16
ވެހިކަލަކުން މުދާ ބޭލުމަށް ބަޔަކު ހަރަކާތްތެރިވަނީ

ވެހިކަލަކުން މުދާ ބޭލުމަށް ބަޔަކު ހަރަކާތްތެރިވަނީ

މުދާ އުފުލާ ގަޑިތަކަށް ސަރުކާރުން ގެނައި ކުއްލި ބަދަލުގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކެއް ކުރިމަތިވެ، މުޅި ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެގެންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

އެއްވެސް ރޭވުންތެރިކަމެއް އަދި ދުރުރާސްތާ އަށް ވިސްނުމެއް ނެތި ތޮއްޖައްސާފައިވާ މާލެއަށް ޙައްލު ހޯދުމުގެ ނަމުގައި، މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހާމަކޮށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ. އަދި އެފަދަ ބޮޑެތި ނިންމުންތަކަށް އިރުއިރުކޮޅާ ބަދަލުތައް ގެނެސް ކުރިން ހެދުނު ގޯސްތައް ރަނގަޅުކުރަން އެތައް ވަގުތަކާއި ފައިސާއެއް ހޭދަކުރަން ޖެހި ބޭކާރު ގޮތެއްގައި ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލާން ޖެހުމަކީ އޭގެ ސަބަބުން އެދެވޭ އެއްވެސް ނަތީޖާއެއް ލިބޭނޭ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement
"ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ފެނިގެން މިދަނީ މާލެ ތޮއްޖެއްސުމުގެ ސިޔާސަތުތަކެވެ. ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުމަށް އިންތިޒާމްވަމުން އައި ކަންކަން ހުއްޓުވައި، މަރުކަޒުކޮށް، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން މީހުން މާލެ އައުމަށް ގޮވާލައި، ދެ ދަންފަޅިއަށް ސްކޫލްތަކުގެ ކިޔެވުން ބަދަލުކޮށް، މާލޭގެ ބޮޑެތި މަގުތައް ބަންދުކުރުން ފަދަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި މާލޭގެ ޓްރެފިކްގެ މައްސަލަތަކާއި، ސާފުތާހިރުކަން މިއަދު މިވަނީ ބޮއްސުންލައިގެންގޮސްފައެވެ."

މުދާ އުފުލާ އަދި ވިޔަފާރިކުރާ ގަޑިތައް 24 ގަޑިއިރަށް ބަދަލުކުރުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި އިޖްތިމާޢީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ފާހަގަކޮށް ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވަނީ ހައްދެއް ނެތި މަސައްކަތް ކުރުމުގެ ވަގުތު އިތުރުކުރުމާއެކު އެކަމުގެ ނޭދެވޭ އަސަރު މުޖުތަމަޢަށާއި ޢާޢިލާތަކަށް ވެސް ކުރާނެ ކަމަށެވެ. އަދި ދުވާލު އަތޮޅުތަކަށް ގެންދާ ކޮންޓޭނަރުތައް ހުސްކުރުމާއި، ރޭގަނޑު މާލެތެރެއަށް ގެންދާ ތަކެތި ހުސްކުރާން ޖެހުމުން މިހާރު ވެސް ބުރަކޮށް މަސައްކަތް ކުރާ މަޖޫރީންގެ މަސައްކަތުގެ ވަގުތު އެތައް ގުނައަކުން އިތުރުވެގެންދާނެކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުނީ ހަވީރު 6 ގެ ފަހުން މުދާ އުފުލާން ޖެހޭއިރު، ވެހިކަލްތައް ހޯދުމަށް ދަތިވެ، ހުސްކޮށްފައިވާ ކޮންޓޭނަރުތަކުގެ މުދާތައް ގެންދެވޭނެ ގޮތެއްނެތި މަސައްކަތްތެރިންނަށް އެތައް ބުރައަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި ކޮންޓޭނަރުތައް ހުސްނުކުރެވި ލަސްވުމުގެ ސަބަބުން އެމްޕީއެލްގައި ޖާގައިގެ ދަތިކަން މިހާރުވެސް ހުރިއިރު، އިތުރަށް ހުސްކުރަންޖެހޭ ކޮންޓޭނަރ ބޯޓުތަކަށާއި އެމްޕީއެލްއަށް އެތައް ދަތިތަކާ ކުރިމަތިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"މުދާ އުފުލާ ގަޑިތަކަށް ގެނައި ކުއްލި ބަދަލުގެ ސަބަބުން ތަކެތީގެ އަގު އެތައް ގުނައަކުން ބޮޑުވާނެކަމަށް ބެލެވެއެވެ. ބަރަކާތްތެރި ރަމްޟާން މަސް ކުރިއަށް އޮތް އިރު، މިހާރުވެސް ތަކެތީގެ އަގު އުފުލިފައިވާކަން ފާހަގަ ކުރަމެވެ."

ގުޅިފައިވާ ޕާޓީތަކުން ބުނީ ރޭގަނޑުގެ ވަގުތުތަކުގައި މުދާ އުފުލުމާއި ކަސްޓަމުން މުދާ ބޭރު ކުރަން ޖެހުމުގެ ސަބަބުން މުވައްޒަފުން އެގަޑިތަކުގައި މަސައްކަތްކުރާންޖެހި، ވިޔަފާރި ކުރުމުގެ އަގު ބޮޑުވެ ތަކެތީގެ އަގު އުފުލިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސައްކަތްތެރީންނަށް ޢާއިލާއާއެކު ހޭދަކުރާ ވަގުތަށް ބޮޑެތި ބަދަލުތަކެއް އަންނަން މެދުވެރިވާނެ ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ މިފަދަ ބޮޑެތި ކަންކަމާ ގުޅޭގޮތުން ސަރުކާރުން ނިންމާ ނިންމުންތަކަކީ ޓްރަޔަލް އެންޑް އެރަރ އުޞޫލުން އެކްސްޕެރިމެންޓް ކުރުމުގެ ގޮތުން ހިންގާ ކަންކަމަށް ވެގެން ނުވާނެ ކަމަށް ޕާޓީތަކުން ބުނެ އެވެ. އެފަދަ ކަންކަން އެހެން ހިންގުމުގެ ނަތީޖާއަކީ، ރައްޔިތުންނަށް އެތަކެއް ދުއްތުރާތަކާ ތަކުލީފުތައް އުފުލަން ޖެހުން ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވެއެވެ.

ވިޔަފާރިތައް ހިންގުމަށް ކުރަންޖެހޭ ހޭދަޔެއްކޮށް ތަކެތީގެ އަގު ބޮޑުނުވެނުދާނެކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ އަގުބޮޑުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަމޭ ސަރުކާރުން ބުނިކަމުގައި ވިޔަސް، ޤާނޫނީ އަދި އިގްތިސާދީ ނަޒަރަކުން ބެލިކަމުގައި ވިޔަސް އެފަދައިން ބާޒާރުގެ އަގު ހިފެހެއްޓުމުގެ ބާރު ސަރުކާރަށް ލިބިފައިނުވާ ކަމަށެވެ. އަދި މާލޭގެ ޓްރެފިކް މައްސަލަ ކުރިމަތިވާން މެދުވެރިވާ ސަބަބުތައް ދެނެގަނެ، ދެމެހެއްޓެނިވި އުސޫލުން ކަންކަން ކުރުމަށް ސަރުކާރަށް ޕާޓީތަކުން ވަނީ ގޮވާލާފަ އެވެ.

އޭގެއިތުރުން މާލެ ތޮއްޖެއްސުން ހުއްޓާލައި ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީކުރުމަށް އިސްކަން ދިނުމަށާއި، ރައްޔިތުންނާ ސީދާ ގުޅުން ހުރި މިފަދަ ބޮޑެތި ކަންކަމުގައިސަރުކާރުން ނިންމުންތައް ނިންމުމުގެ ކުރީން އާންމު ރައްޔިތުންނާއި، މަސައްކަތްތެރިންނާއި އަދި ވިޔަފާރިވެރިންނާ ހާމަކަން ބޮޑުގޮތެއްގައި މަޝްވަރާ ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސަރުކާރަށް ގޮވާލާފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް