Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ - އެމެރިކާ

އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ބައްދަލުވުން ވަރަށް އޮމާންކަމާ އެކީ ކުރިއަށްދާނެ ކަމަށް އުންމީދު ކުރަން: ޗައިނާ

3 އެޕްރީލު 2018 | އަންގާރަ 14:40

އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މިއަންނަ މޭ މަސް ނިމުމުގެ ކުރިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 3 އެޕްރީލު 2018 | އަންގާރަ 14:40
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮން-އުން، ދުނިޔޭގެ ގޮވާލުންތަކަށް ބީރު ކަންފަތެއްދޭ ވެރިއެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައި

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮން-އުން، ދުނިޔޭގެ ގޮވާލުންތަކަށް ބީރު ކަންފަތެއްދޭ ވެރިއެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައި

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ބައްދަލުވުން އޮމާންކަމާ އެކީ ކުރިއަށްދާނެ ކަމަށް އުންމީދު ކުރާ ކަމަށް ޗައިނާ އިން ބުނެފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވެންގް ޔީ ނޫސްވެރިންނަށް ވިދާޅުވީ އަދި އެމެރިކާ އާއި ޗައިނާގެ ވެރިންގެ ބައްދަލުވުމަށް "ހުރަސް އެޅޭނެ ފަދަ ކަމެއް" ދެފަރާތުން ވެސް ނުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޗައިނާ އަށް ވަޑައިގެން އުޅުއްވާ ސްވިޓްޒަލޭންޑްގެ ފޮރިން މިނިސްޓަރާ އެކު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އަންގާރަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވެންގް ޔީ ވިދާޅުވީ ކޮރެއާ ސަރައްދުގެ ހަލަބޮލި ކަމަށް ލުޔެއް ލިބޭ ކޮންމެ ފަހަރަކު، މާޒީން ކަމެއް ފެންނަ ކަމަށާއި އެއީ ސުލްހައަށް ހުރަސްއެޅޭ ކަންކަން ދިމާވަމުން އަންނަ ކަންކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަށް ވެސް "ގޮވާލަނީ ރީތި ހަމަމަގުން ކަންކަން ގެންދިއުމަށް ކަމަށެވެ."

ޗައިނާ މީގެ ކުރީގައި ބެލެވިފައި ވަނީ އުތުރުު ކޮރެއާ އާ ސިއްރުން ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެއްގެ ގޮތުގައި ކަމަށްވާއިރު، އެހެން ނަމަވެސް ފަހަކަށް އައިސް އުުުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އދ އިން އެގައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޗައިނާ އިން ތާއިދު ކުރުމުގެ ސަބަބުން އުތުރު ކޮރެއާ އާ ޗައިނާގެ ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ.

އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަންނަ މޭ މަސް ނިމުމުގެ ކުރިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ އިރު، ދެކުނު ކޮރެއާ މެދުވެރިކޮށް އުތުރު ކޮރެއާ އިން ރައީސް ޓްރަމްޕަށް ދެއްވި ބައްދަލުވުމުގެ ދައުވަތު ރައީސް ޓްރަމްޕް ގަބޫލުފުޅު ކުރެއްވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔައެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކާއި، އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުވާނެ ފުރަތަމަ ފަހަރެވެ.

އުތުރު ކޮރެއާ އަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ތަކުރާރުކޮށް ގޮވާލަމުން ދަނީ މިސައިލްތައް ޓެސްޓްކުރުމާ އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން އެކަމަށް އިޖާބަދީފައެއް ނުވެއެވެ. އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އދ. އާއި އެމެރިކާ އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ. ބެލެވޭ ގޮތުގައި ކުރިއަށް ހުރި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ މި ފިޔަވަޅުތަކަށް ލުޔެއް ހޯދުމެވެ. ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ ސުލްހައަށް މަސައްކަތްކުރާކަން އުތުރު ކޮރެއާ އިން އަމަލުން ދައްކަންޖެހޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް