Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީ ހޮސްޕިޓަލް

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރަން ނިމްސްއާ އެކު ހެދި އެއްބަސްވުން އުވާލަނީ

3 އެޕްރީލު 2018 | އަންގާރަ 08:03

އެއްބަސްވުން ގާއިމުކުރީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ  ދުވަހު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 3 އެޕްރީލު 2018 | އަންގާރަ 08:03
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު

ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ވެފައިވާ އެއްބަސްވުން އުވާލަން ނިންމައި، ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަމުގެ މަސައްކަތް ފަށައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުނީ، އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދު އުފެދުނު މައްސަލަތަކަކާ ހެދިއެވެ. އެ މައްސަލަތައް ހައްލުކުރަން މި އަހަރުގެ ޖެނުއަރީ މަހު ސަރުކާރުން 10 ދުވަހުގެ މުއްދަތެއް ދިނެވެ. އަދި އެ 10 ދުވަހުގެ ތެރޭގައި ހުރަސްތައް ނައްތާލެވިއްޖެ ކަމަށް ނިމްސް އިން ސަރުކާރަށް އެންގިއެވެ. ނަމަވެސް އެތަނުގެ ހިންގުމަށް ބަދަލުތަކެއް އައިސް މައްސަލަ ހައްލުވެފައެއް ނުވެއެވެ.

Advertisement - newsAdvertisement

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ.

އިންޑިއާގެ ނިމްސް އިން ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ ގޮތަށް ސަރުކާރާ އެކު އެއްބަސްވީ 2017 ވަނަ އަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހުއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، ހުރިހާ ހަރަދެއް ކުރުމަށް އޮތީ ނިމްސް ހޮސްޕިޓަލުން ކަމަށް އޭރު ސަރުކާރުން ހާމަކުރިއެވެ.

އެހެން ނަމަވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން 50 އަހަރަށް ނިމްސްއާ ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ޓާޝަރީ ފެންވަރަށް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭރުބަޔަކާ ހަވާލު ކުރިއިރު، އާއްމުކޮށް އެކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައެއް ނުވެއެވެ.

ދިވެހި ސަރުކާރުން ނިމްސް ޑީލް ސިއްރުކޮށްފައި ވަނިކޮށް، ނިމްސްގެ މެނޭޖިންގ ޑިރެކްޓަރ ފައިޒަލް ޚާން އިންޑިއާގެ އިކޮނިމިކް ޓައިމްސްއަށް ކިޔައިދެއްވި ގޮތުގައި، ދިވެހި ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލާއި، ދެ ފަޅުރަށް ދިނީ މެޑިކަލް އެޑިއުކޭޝަން ސެންޓަރަކާއި، ޖެނެޓިކް ރިސާޗް ސެންޓަރަކާއި، އޭވިއޭޝަން އެކެޑަމީއަކާއި، މެރިން އިންޖިނިއަރިން ކޮލެޖަކާއި، ފަރުވާދޭ ސެންޓަރެއް ހެދުމަށް އެއްބަސްވެގެންނެވެ. އަދި ސްޕޭސް ރިސާޗް ސެންޓަރެއް ހެދުން މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ވެއެވެ. މުޅި މަޝްރޫއުގެ އަގަށް 16.5 ބިލިއަން އިންޑިއަން ރުޕީސް ހޭދަވާނެ ކަމަށް ވެސް އޭނާއާ ހަވާލާދީ އެ ނޫހުގައި ވެއެވެ. އެއީ ގާތްގަނޑަކަށް 256 މިލިއަން އެމެރިކާ ޑޮލަރެވެ. މީގެ ތެރެއިން 60 ކުރޯޑް އިންޑިއަން ރުޕީސް ހޭދަކުރަނީ ހޮސްޕިޓަލުގައި ކެތު ލެބެއް ހެދުމަށާއި އިކުއިޕްމަންޓް ގަންނަން ކަމަށް ޚާންއާ ހަވާލާދީ ނޫހުގައި ވެއެވެ. ނަމަވެސް ނިމްސްއާ ހަވާލުކުރުމާ އެކު ހޮސްޕިޓަލްގެ ހިންގުން ބޮއްސުންލައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވިއެވެ. އަދި އެއްބަސްވުމާ އެއްގޮތަށް އެތަން ތަރައްގީކުރުމަށް މިހާތަނަށް ވެސް އެ ކުންފުނިން މާބޮޑު ކަމެއް ކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް