Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޭޕް ކުރުން

ދުވާފަރު ގޭންގް ރޭޕާ ގުޅިގެން ނުވަ މީހަކަށް ކުރާ ޝަރީއަތް މިއަދު!

ރޭޕަށް އެހީތެރިވެދިންކަމުގެ ދައުވާ އަންހެނަކަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 3 އެޕްރީލު 2018 | އަންގާރަ 03:23
ރ. ދުވާފަރު: އެ މައްސަލާގައި ކުޑަކުއްޖަކު ވެސް ހިމެނޭ

ރ. ދުވާފަރު: އެ މައްސަލާގައި ކުޑަކުއްޖަކު ވެސް ހިމެނޭ

ރ. ދުވާފަރުގައި ހިންގި ގޭންގް ރޭޕަކާ ގުޅިގެން ކަނދޮޅުދޫ 10 މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް ދައުވާ އުފުލައިފިއެވެ.

އެ މައްސަލާގައި ހިމެނޭ ނުވަ މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު ފަހު ފެށުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ދުވާފަރުގައި ހިންގި ގޭންގް ރޭޕްގެ ޝިކާރައަކަށްވެފައި ވަނީ 25 އަހަރުގެ ޒުވާން އަންހެނެކެވެ. މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުގެ ރޭ ހިންގި އެ ރޭޕާ ގުޅިގެން ކުޑަކުއްޖަކާ އެކު ހަތަރު މީހަކު ހައްޔަރު ކުރިއެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށްގެން ތަހުގީގު ފުރިހަމަ ކުރުމަށް ފަހު، ދައުވާ ކުރަން ފޮނުވިއިރު، އެ މައްސަލާގައި 10 މީހަކު ޝާމިލުވާ ކަން ވަނީ ހާމަވެފައެވެ.

އެ މައްސަލާގައި ހިމެނޭ ނުވަ މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް، މިއަދު މެންދުރު ފަހު 1:00 ގައި ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައެވެ. އެ މައްސަލާގައި ދައުވާ ލިބޭ ކުޑަކުއްޖާގެ ޝަރީއަތް ކުރިއަށް ގެންދަނީ ޖުވެނައިލް ކޯޓުގައެވެ. އެ 10 މީހުންގެ މައްޗަށް ކުރާ ޝަރީއަތް ވެސް ކުރިއަށް ގެންދާނީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައެވެ.

ޒުވާން އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ކުށުގައި ފަސް މީހަކަށް ދައުވާ އުފުލާފައިވާއިރު، އަންހެން ކުއްޖާ ރޭޕްކުރުމަށް އެހީތެރިވެދިންކަމުގެ ތުހުމަތުގައި ކަނދޮޅުދޫ އަންހެނަކަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އަދި އެ ގޭންގް ރޭޕާ ގުޅިގެން، އޮރިޔާން ގާޑު ހެދި ކަމުގެ ދައުވާ ހަތަރު މީހަކަށް އުފުލާފައިވެއެވެ.

ދުވާފަރުގައި ހިންގި ގޭންގް ރޭޕުގައި ހިމެނޭ 10 މީހުންގެ ތެރޭގައި، ކަނދޮޅުދޫ އެއް ގެއަކަށް ނިސްބަތްވާ ފަސް މީހަކު ހިމެނެއެވެ. ސުނާމީއާ ގުޅިގެން ކަނދޮޅުދޫ މީހުން ދިރިއުޅެނީ ދުވާފަރުގައެވެ. ރޭޕްކުރަން އެހީތެރިވެދިން ކަމަށް ބުނާ އަންހެން މީހާއަކީ ވެސް ކަނދޮޅުދޫ އެގެއަށް ނިސްބަތްވާ މީހެކެވެ.

ދެހާސްސާދެވަނަ އަހަރު އަމަލު ކުރަން ފަށާފައިވާ ޖިންސީ ކުށުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ރޭޕްގެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ރޭޕު ކުރަން އެހީތެރިވެއްޖެ ނަމަ ހަތް އަހަރާއީ 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޮރިޔާންކާޑު ހެދި ކަމަށް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު