Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހައްމަދު ޝިފާޒު

ކޮރަޕްޝަނުގެ އިނގިލި ދިއްނުކުރެވޭ އެންމެ މަޝްރޫއުއެއް ވެސް މި ސަރުކާރުން ނުހިންގާ:ޝިފާޒް

ރައީސް ޔާމިނާއެކު ރައްޔިތުންގެ އުއްމީދުތަކެއް ނުވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 3 އެޕްރީލު 2018 | އަންގާރަ 01:48
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް: އޭނާ ވިދާުޅުވަނީ ކޮރަޕްޝަންގެ އިނގިލި ދިއްނުކުރެވޭ އެންމެ މަޝްރޫއެއް ވެސް ނެތް ކަމަށް

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް: އޭނާ ވިދާުޅުވަނީ ކޮރަޕްޝަންގެ އިނގިލި ދިއްނުކުރެވޭ އެންމެ މަޝްރޫއެއް ވެސް ނެތް ކަމަށް

ކޮރަޕްޝަނުގެ އިނގިލި ދިއްނުކުރެވޭނެ ގޮތަށް ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން އެންމެ މަޝްރޫއެއް ވެސް ހިންގާފައިނުވާ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ސިލްސިލާ ގޮތެއްގައި އެމްޑީޕީ ހަރުގެ ކުރިމަތީ ބާއްވާ މުޒާހަރާގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ މާލޭގައި ހިންގި ކޮންމެ ކަމެއްވެސް އަލުން ކުރަން ނުޖެހޭނެ ގޮތަކަށް ކޮށްފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

"މުޅި މާލެ ވަށައިގެން ބަލާއިރު ނެތް ރޫޅައި ނުލައި އެންމެ ތަނެއްވެސް. އެންމެ މަސައްކަތެއްވެސް ނުކުރޭ ފަސް ފަހަރަށް ކުރަން ނުޖެހޭނެ ގޮތަށް. އެމަގުން އެކަން އެ ދަނީ އިންތިހާއަށް ކޮރަޕްޝަނާއި ފަސާދަ އެކުލެވިފައިވާތީ،" ޝިފާޒު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރަށް ކޮރަޕްޝަނުގެ ބޮޑެތި ތުހްމަތުތައް ކުރެވެމުން ދާއިރު އެމަނިކުފާނާއެކު ރައްޔިތުންގެ އުއްމީދުތައް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ފިކުރެއް މި ރާއްޖެއިން ފޮހެވިގެންނުދާނެ ކަމަށް ވިދާޅުވެ ރާއްޖޭގެ ރަށްތަކުގައި ނަގާފައިވާ އެމްޑީޕީގެ ދިދަ ފުލުހުން މެދުވެރިކޮށް ބާލަމުންދާ ދިއުމަކީ ކުރައްވާ މޮޔަ ކަމެއް ކަމަށް ޝިފާޒް ވަނީ ސިފަ ކުރައްވާފަ އެވެ. ރައީސް އަބްދުﷲ ޔާމިން އަރިހުގައި ތިބި ފަސް ވަރަށް މީހުނަށް ގައުމު ދޫކޮށްލައިގެން ނުތިއްބަވާނެ ކަމަށާއި ފުލުހުންނާއި މިނިވަން މުވައްސަސާތައް މިނިވަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އަކަށް މި ރާއްޖެ ދޫކޮށްލާފައި އަޅުގަނޑުމެނެއް ގެއަކު ނުތިބޭނަން. އިރާދަކުރެއްވިއްޔާ މި އަނިޔާވެރި މުޑުދާރު ސަރުކާރު އަޅުގަނޑުމެން ބަދަލު ކުރާނަން. އެ ދުވަސްވެސް އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި ރައްޔިތުންނާ އަރާ ހަމަކުރާނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގެންނެވިއިރު ހުންނެވި އާރާއި ބާރަށް ބަލާއިރު އެމަނިކުފާނު މިހާރު ހުންނެވި ހިސާބަށް ބެލުމުން އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީ އެނގޭނެ ކަމަށްވެސް ޝިފާޒު ވިދާޅުވި އެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ހުއްޓާލެވެން އަދި ނެތް ކަމަށާއި އެ މަސައްކަތް ހުއްޓާލާނީ މި ސަރުކާރުން ހިންގަމުންދާ "އަނިޔާވެރި ޖަރީމާތަކުން" ރައްޔިތުން ސަލާމަތްކޮށްދީފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ބޭނުން ކުރައްވައިގެން ރައީސް އަބްދުﷲ ޔާމިން ގާނޫނުތަކަށް ގެނައި ބަދަލުތަކާއެކު ރައްޔިތުންގެ ބާރު ކަނޑުވާލަން މަސައްކަތް ކުރެއްވި ނަމަވެސް ރައްޔިތުން ތިބީ ފަހަތަށްޖެހެން ނޫންކަން ފާއިތުވި ދުވަސްތަކުގައި ރައްޔިތުންކުރި މަސައްކަތުން ދައްކާފައިވާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ހިތްޕުޅު ހަމަނުޖެހޭ ހުކުމެއް ސުޕްރީމް ކޯޓުން ނެރުމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އާންމު ރައްޔިތުން ހައްޔަރު ކުރައްވައިގެންވެސް މި ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ނިކުތް ރައްޔިތުން ނުހުއްޓުވުނު ކަމަށްވެސް ޝިފާޒް ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު