Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައިކޯޓް

އަބްދުﷲ ރިޔާޒު ހައްޔަރުކުރީ ރުހުމުގަ ތޯ ނޫންތޯ، ހައި ކޯޓުގައި ޝަރީއަތުގައި ބޮޑު ބަހުސެއް!

ރިޔާޒްގެ ނުރުހުން އޮތް ނަމަ ބިޑި އެޅުވީސް: ދައުލަތް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2018 | ހޯމަ 07:21
ކުރީގެ ޕޮލިސް ކޮމިޝަނަރ ރިޔާޒް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫއަށް ގެންދަނީ

ކުރީގެ ޕޮލިސް ކޮމިޝަނަރ ރިޔާޒް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫއަށް ގެންދަނީ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިދިޔަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގޮތާ މެދު ހައި ކޯޓުގައި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުންނާއި ރިޔާޒްއާ ދެމެދު "ހޫނު" ބަހުސެއް ކޮށްފިއެވެ.

އަބްދުﷲ ރިޔާޒްގެ މައްޗަށް އުފުލި ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުން ސާބިތުވެފައިނުވާ ކަމަށް ކޮށްފައިވާ ހުކުމް ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައި ވާތީ ހޯމަ ދުވަހު ވަނީ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ.

Advertisement - newsAdvertisement

ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ރިޔާޒްގެ ފޯނުގެ ޕިންކޯޑް ނުދިން ކަމަށް ބުނެ އުފުލި ދައުވާ ކްރިމިނަލް ކޯޓުން ސާބިތުނުވާ ކަމަށް ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ދައުލަތުން ވަނީ ދެ ނުކުތާއެއް ފާހަގަކޮށްފައެވެ. ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ ފާތިމަތު ނީޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ހިލާފަށް ރިޔާޒް ހައްޔަރުކޮށްފައި ވާތީ އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު އެ ނުކުތާއަކީ ރިޔާޒްގެ ފަރާތުން އެ ކޯޓުގައި ފާހަގަ ކޮށްފައި ވެސް ނުވާ އަދި ދައުލަތައް އެއަށް ރައްދުދޭން ފުރުސަތު ލިބިފައި ވެސް ނުވާ ނުކުތާއެއް ކަމަށެވެ.

އެހެން ނަމަވެސް ރިޔާޒްގެ ދިފާއީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ އަބްދުﷲ ރިޔާޒް ދަށު ކޯޓަށް ހުށަހެޅުއްވި ހުލާސާ ބަޔާނުގައި ފުލުހުންގެ ހެކި ބަހަށް ބަލާއިރު ރިޔާޒް ހައްޔަރު ކޮށްފައި ވަނީ މެމްބަރުންގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާއާ ހިލާފަށް ކަމަށް ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި ހުލާސާ ބަޔާނުގައި އެ ނުކުތާ ފާހަގަ ކުރި ފަހުން ވެސް އެ ވާހަކަތަކަށް ރައްދުދޭން ދައުލަތައް ފުރުސަތު ލިބުނު ކަމަށާއި އެހުރިހާ ކަމެއް ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައި އެބަހުރި ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްދޭން އެދި ދައުލަތުގެ ފަރާތުން ދެ ވަނަ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އަބްދުﷲ ރިޔާޒް ހައްޔަރުކޮށްފައިވާ ކަމަށް ނިންމާފައި ވާތީ އެކަމާ ދެކޮޅު ހަދައި ފާހަގަ ކުރި ނުކުތާ އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ އަބްދުﷲ ރިޔާޒްގެ ފޯނު ހޯދުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އޭނާ ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި ދެން ފުލުހުން ކުރި ކަންކަމަކީ އެ ކޯޓު އަމުރާ ގުޅިގެން ކުރި ކަންކަން ކަމަށެވެ. ހަމަ އެހެންމެ ރިޔާޒު ފުލުސް އޮފީހަށް ވަޑައިގަތީ އޭނާގެ ރުހުމުގައި ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ރިޔާޒް ވިދާޅުވީ އޭނާ ހައްޔަރު ނުކުރާ ކަމަށް ދައުލަތުން ބުނާއިރު އޭނާ ހައްޔަރުކޮށްގެން ގެންގޮސް ވިލީފުލުހުގައި ވަކިން ކޮޓަރިއެއްގެ ތެރޭގައި ބެއިންދުމަށް ފަހު ފުލުހުންގެ މައިމަރުކަޒުގައި ވެސް ގެންދިޔަ ކަމަށެވެ. އަދި އޭނާ އަމިއްލަ ރުހުމުގައި ފުލުސް އޮފީހަށް ވަޑައިގެންނެވި ކަމަށް ދައުލަތުން ބުނާއިރު އޭނާ ހައްޔަރުކުރީ ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި އޮތް ޖަލްސާއަކަށް ވަޑައިގަންނަވަނިކޮށް މަގުމަތިން ކަމަށާއި އަދި ގެންދެވީ ވެސް ފުލުހުންގެ ވެހިކަލުގައި ކަމަށެވެ. އަދި އޭނާ ގެންދެވީ ފޯނު އަތުލުމަށް ފަހު އެއްވެސް ސުވާލެއް ކުރުމެއް ނެތި ކަމަށާއި ހައްޔަރު ކުރުމުގެ ކުރިން އަނބިކަނބަލުނަށް ގުޅާލަން ވެސް އޭނާގެ ފޯނު ފުލުހުން ނުދިން ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ ވާހަކަތަކަށް ފަހު ދައުލަތުގެ ވަކީލާ ވިދާޅުވީ އޭނާ ނުރުހުމެއް އެކަމުގައި އޮތްކަން ދަލީލުކޮށްދޭން އެއްވެސް ކަމެއް ނުދެއްކޭ ކަމަށެވެ. އޭނާ ނުރުހުނު ނަމަ ބިޑި އެޅުވީސް ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.

ބެންޗްގައި އިންނެވި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ މީހަކު ހައްޔަރު ކުރާ ނަމަ ކަންތައް ކުރަނީ ކިހިނެތްތޯ ދައުލަތުގެ ވަކީލުންނާ ސުވާލު ކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ވިދާޅުވީ ހައްޔަރުކުރާއިރު ނުރުހޭ ނަމަ ބިޑި އަޅުވާނެ ކަމަށެވެ.

ފުލުހުންނާ ގުޅޭ ގޮތުން ފިތުނަ ފަސާދަ އުފެދޭ ގޮތަށް ވާހަކަތައް ފަތުރާ ކަމަށް ބުނެ އޭނާގެ ފޯނު ބަލާ ފާސްކުރުމަށް ކޯޓު އަމުރެއްގެ ދަށުން ގެންދިއުމަށް ފަހު ލޮކްކޯޑު ދިނުމަށް އެންގުމުން އޭނާ ވަނީ ކޯޓު އަމުރުގައި އެ ދިނުމަށް އަންގާފައި ނުވާތީ އެކަން ކުރުމަށް ދެކޮޅު ހަދާފައެވެ. އެހެން ކަމުން އޭނާގެ މައްޗަށް އުފުލީ ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތު ނުވާ ކަމަށް ނިންމި ހުކުމުގައި އޭނާ ގާނޫނާ ހިލާފަށް ހައްޔަރުކޮށް ހިންގި ތަހްގީގު ވެސް ބާތިލްވާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް މިހާރު އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ އޭރު ހިންގި ތަހްގީގެއްގެ މައްޗަށް ކަމަށާއި އެކަން ހުއްޓުވާ ދިނުމުގެ އަމުރެއް ނެރެދިނުމަށް ވެސް ރިޔާޒްގެ ފަރާތުން ހައި ކޯޓުގައި މިއަޑު އެހުމުގައި އެދިވަޑައިގެންފައެވެ.

މި މައްސަލާގެ އަޑުއެހުމެއް މީގެ ކުރިން ވެސް ހައި ކޯޓުގައި ބާއްވާފައިވެއެވެ. އެ ފަހަރު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ދައުވާ އިއްވުމަށް ފަހު ރިޔާޒްއަށް ދިފާއީ ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނެވެ. ނަމަވެސް ދެ ވަނަ ފަހަރަށް އެ މައްސަލަ ތާވަލުކުރިއިރު ކުރިން އެ މައްސަލަ އޭރު ބެއްލެވި ބެންޗް ވަނީ ބަދަލުކޮށްފައެވެ. އެހެން ކަމުން އެ ބެންޗަށް ބަދަލު ގެނައީ ކީއްވެތޯ ރިޔާޒްގެ ފަރާތުން ކޯޓުގައި ސާފުކޮށްދޭން ވަނީ އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް މިހާރުގެ ބެންޗުގެ އިސް ފަނޑިޔާރަކަށް އިންނެވި ޝުޖާއު އުސްމާން ވިދާޅުވީ މައްސަލަ ބައްލަވާ ބެންޗް ބަދަލުވުމަކީ އާ ކަމެއް ނޫން ކަމަށާއި އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ބަދަލުވެފައި އައިސްފައިވާ ކަމަށެވެ. ނަމަވެސް ސީދާ ޖަވާބެއް ފަނޑިޔާރު އެކަމަށް ނުދެއްވައެވެ.

މި މައްސަލައިގައި އަޑުއެހުންތައް ނިމިފައިވާ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހިއްޖެ ނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މައްސަލައިގެ ހުކުމް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅިކަމަށް ބުނެ އުފުލި ދައުވާ ކްރިމިނަލް ކޯޓުން ސާބިތުނުވާ ކަމަށް ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި ހައި ކޯޓުގައި ދައުލަތުން އެ މައްސަލަ އިސްތިއުނާފުކުރީ މިދިޔަ އަހަރުގެ ޖުލައި 22 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނަން: ރިޔާޒު

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނަން: ރިޔާޒު

10 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު