Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއޮލިމްޕަސް

ޕީއެސްއެމް އިން އޮލިމްޕަސް ހިންގުމާ ހަވާލުވެއްޖެ

އޮލިމްޕަސް ހުޅުވާފައިވަނީ 1959 މޭ 21 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 އެޕްރީލު 2018 | ހޯމަ 05:30
އޮލިމްޕަސް

އޮލިމްޕަސް

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިނަމާ އޮލިމްޕަސް ހިންގުމާ, ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ހަވާލުވެއްޖެއެވެ.

މިހާތަނަށް އޮލިމްޕަސް ހިންގަމުން އައީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ދަށުގައި އޮންނަ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) ގެ ބެލުމުގެ ދަށުންނެވެ.

ޕީއެސްއެމްގެ ރަސްމީ ޓްވިޓާ އެކައުންޓުން ހޯމަދުވަހުގެ ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އޮލިމްޕަސް ހިންގުމާ ހަވާލުވީ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދާ ޒުވާނުންގެ އެޖެންޑާ ތަންފީޒުކުރުމުގެ ދަށުން ކަމަށެވެ.

"އަދި ބައިނަލް އަޤްވާމީ ފެންވަރުގައި ފަންނުވެރިން ތަމްރީނުކޮށް މުނިފޫހި ފިލުވުމުގެ ދާއިރާއަށް ކުރިން ނުލިބޭ ފަދަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭނެ" ކަމަށް އެ ޓްވީޓުގައި އިތުރަށް ބުނެފައި ވެއެވެ.

އޮލިމްޕަސް ހުޅުވާފައި ވަނީ 1959 މޭ 21 ގައެވެ. އޭގެ ފަހުން އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޮޑު ބަދަލަކާ އެކު އަލުން ހުޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި 01 މާރޗް 2013 ގައެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2020

އޮލިމްޕަސް ލިބުމުގައި ދަތިތަކެއް، ޑާކްރެއިންގެ ކަންބޮޑުވުން

11 ޖެނުއަރީ 2020
އޮލިމްޕަސް ލިބުމުގައި ދަތިތަކެއް، ޑާކްރެއިންގެ ކަންބޮޑުވުން
23 އެޕްރީލު 2018

އޮލިމްޕަސްގެ ޕްލޭބެކް ސިސްޓަމަށް އެރޯ އަރައިގެން ތިޔަލޯތްބާއި ދުރަށް ދެއްކުން މެދުކެނޑިފައި

23 އެޕްރީލު 2018
އޮލިމްޕަސްގެ ޕްލޭބެކް ސިސްޓަމަށް އެރޯ އަރައިގެން ތިޔަލޯތްބާއި ދުރަށް ދެއްކުން މެދުކެނޑިފައި
24 އެޕްރީލު 2017

 އޮލިމްޕަސް ހުންނަ މަގު ހަދާތީ "މީލޯތްބަކީ" ދެއްކުން މެދުކަނޑާލައިފި

24 އެޕްރީލު 2017
 އޮލިމްޕަސް ހުންނަ މަގު ހަދާތީ "މީލޯތްބަކީ" ދެއްކުން މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު