Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒައިނުއްދީން ޒިދާން

ޕްލޭނަކީ ރެއާލްގައި ދިގު މުއްދަތެއް ވަންދެން ދެމިހުރުން: ޒިދާން

31 މާރިޗު 2018 | ހޮނިހިރު 11:50

ސްޕެނިޝް ލަލީގާ ދިފާއު ކުރުމަށް އެ ޓީމަށް ވަނީ ފުރުސަތު ގެއްލިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 31 މާރިޗު 2018 | ހޮނިހިރު 11:50
ރެއާލްގެ ކޯޗު ޒިދާން

ރެއާލްގެ ކޯޗު ޒިދާން

މި ސީޒަނަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލަން އުޅޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި ޕްލޭނަކީ އެ ޓީމުގައި ދިގު މުއްދަތެއް ވަންދެން ދެމިހުރުން ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ރެއާލްއިން މަސައްކަތްކުރަމުން އަންނައިރު ސްޕެނިޝް ލަލީގާ ދިފާއު ކުރުމަށް އެ ޓީމަށް ވަނީ ފުރުސަތު ގެއްލިފައެވެ. ލީގުގައި ބާކީ ނުވަ މެޗު އޮތްއިރު އެ ޓީމު އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއަށްވުރެ 15 ޕޮއިންޓް ފަހަތުން ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް އެޓްލެޓިކޯއަށްވުރެ އެ ޓީމު އޮތީ ހަތަރު ޕޮއިންޓް ފަހަތުގައެވެ. މިކަމުގެ ސަބަބުން ޒިދާންއަށް ބޮޑު ގޮންޖެހުންތަކަކާއި ފާޑުކިޔުންތަކާއި ވަނީ އަމާޒުވެފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިދާން ބުނީ އޭނާގެ އަތްމަތީގައި ކަންކަން ނިންމުމުގެ ބާރު އޮތްނަމަ އޭނާ ޓީމުގައި މަޑުކުރާނެ ކަމަށާއި ރެއާލްގައި ވީހާވެސް ގިނަ ދުވަހު ދެމިހުރުމަށް އޭނާ ކުރިން ބުނި ވާހަކަ އަނެއްކާ ވެސް ތަކުރާރުކޮށްލަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ރެއާލްގައި މަޑުކުރަން ބޭނުންވަނީ އޭނާއަކީ ފުޓްބޯޅައަށް ވަރަށް ޝައުގު ހުންނަ މީހަކަށް ވާތީ ކަމަށާއި ހުރިހާ ކަމެއް ވެސް ބިނާވެފައިވަނީ ނެރޭ ނަތީޖާތަކުގެ މައްޗަށް ކަމަށެވެ. އޭނާ ބުނީ ރެއާލްގައި އޭނާ މަސައްކަތްކުރާތާ 18 އަހަރު ވެފައިވާ ކަމަށާއި އެހެންކަމުން ކްލަބް މަސައްކަތްކުރާ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

ޒިދާން ބުނީ ތަށި ދިފާއުކުރުމަށް ކުރަން ޖެހޭ ކަމަކީ މެޗުތައް ކާމިޔާބުކުރުން ކަމަށާއި ސީޒަން ނިމެންދެން އެކަން އެގޮތަށް ދެމެހެއްޓުމަކީ ބުރަ މަސައްކަތެއް ކަމަށެވެ. އޭނާ ބުނީ އެއީ އުނދަގޫ ކަމެއްކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭ ކަމަށާއި ކުޅުންތެރިންގެ ފަރާތުން އެކަން ކުރުމަށް ހިތްވަރާއި މަސައްކަތް ފެންނަމުންދާ ކަމަށެވެ. އަދި އަބަދުވެސް ވިސްނަނީ ކުރިޔަށް އޮންނަ މެޗަށް ކަމަށާއި އެގޮތަށް ކުރިޔަށްދާނަމަ ތަށި ވެސް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޒިދާން ބުނެފައިވެއެވެ.

މި ސީޒަނުގައި ރެއާލްއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއް ފެންވަރެއްގައި ކުޅުމުގެ ފެންވަރު ނުހިފެހެއްޓުމުގެ މައްސަލައެވެ. އަމިއްލަ ދަނޑުގައި ދެވަނަ ޑިވިޝަނުގެ ޓީމުތައް ރެއާލްއަށް ބަލިކުރެވިފައި ނުވާއިރު ބައިކޮޅަށް ވަންނަ ލަނޑުތައް ވެސް ވަނީ މިދިޔަ ސީޒަނާއި އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

އެޕްރީލް މަހަކީ ޗެމްޕިއަންސް ލީގުގައި ރެއާލްއަށް މުހިންމު މަހަކަށްވާއިރު ޗެމްޕިއަންސް ލީގުގެ ކުއާޓާގައި އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށް ދެ ލެގު އެ ޓީމު ކުޅޭނެއެވެ. މި މެޗުތަކަށް ނުކުންނައިރު އެ ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފަހުގެ ތާރީހުގައި ޔުވެންޓަސްއާ ދެކޮޅަށް އެ ޓީމު ނެރެފައިވާ ނަތީޖާތަކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2017

ޗެލްސީގައި ދިގު މުއްދަތެއްވަންދެން މަޑުކުރަން ބޭނުން: ކޮންޓޭ

20 އޯގަސްޓު 2017
ޗެލްސީގައި ދިގު މުއްދަތެއްވަންދެން މަޑުކުރަން ބޭނުން: ކޮންޓޭ
29 ޖުލައި 2017

ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ

29 ޖުލައި 2017
ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ
25 ޖުލައި 2017

ރެއާލްގައި މަޑުކުރާނެކަމުގެ އިޝާރެއް ރޮނާލްޑޯ ދީފި

25 ޖުލައި 2017
ރެއާލްގައި މަޑުކުރާނެކަމުގެ އިޝާރެއް ރޮނާލްޑޯ ދީފި
18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
31 މެއި 2017

ދިގު އިންތިޒާރަކަށްފަހު ރާޅާއެޅުންތެރިންގެ ޝަކުވާތަކަށް ހައްލެއް

31 މެއި 2017
ދިގު އިންތިޒާރަކަށްފަހު ރާޅާއެޅުންތެރިންގެ ޝަކުވާތަކަށް ހައްލެއް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް