Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
މުރަނގަފަތު ސައި

ދުވަހަކު ވެސް މުރަނގަފަތު ސައި ބުއިންތަ؟ ނުބޮއި ދޫކޮށްލާވަރު އެއްޗެއް ނޫން!

އާދަޔާ ޚިލާފު ސިއްްހީ ފައިދާތައް އެކުލެވޭ މުރަނގަ ސައިގެ ސަބަބުން މުޅި ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 31 މާރިޗު 2018 | ހޮނިހިރު 09:48
މުރަނގަފަތުގެ ސަޔަކީ މޮޅު އެއްޗެއް

މުރަނގަފަތުގެ ސަޔަކީ މޮޅު އެއްޗެއް

މޮރިންގާ ނުވަތަ މުރަނގަ ފަތަކީ ވަރަށް ގިނަ ފައިދާއެކުލެވޭ ފަތެކެެވެ. ލޭގެ އެކި މައްސަލަތަކާއި، ހަށިގަނޑަށް ފައިދާ ހުރި އެތަށް ވިޓަމިނަކުން ވަނީ މުއްސަނދިވެފައެވެ. "މިރެކަލް ޕްލާންޓް" ގެ ގޮތުގައި މަޝްހޫރު މުރަނގަ ގަހުގެ ފަތުގެ އިތުރުން ތޮޅިއަކީ ވެސް ވަރަށް ފައިދާ ހުރިއެއްޗެކެވެ.

މުރަނގަ ގަހުގެ ފަތުގެ ސައި ތައްޔާރުކުރަނީ ފަތް ހިއްކައި ގެންނެވެ. އާދަޔާ ޚިލާފު ސިއްްހީ ފައިދާތައް އެކުލެވޭ މުރަނގަ ސައިގެ ސަބަބުން މުޅި ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ކާބޯ ތަކެތިގެ ސަބަބުން އުފެދިގެން އަންނަ ވިހަ މާއްދާތަކުން ހަށިގަނޑުން ސާފުކޮށްލައެވެ.

މުރަނގަ ސައިގެ ފައިދާތަކަށް ބަލާލާއިރު:

ކެންސަރު ޖެހުމުން ދުރުކޮށްދޭ

ކެންސަރަށް މަގުފަހިކުރުވާ ޒާތުގެ ޓިއުމަރު ހަށިގަނޑުގައި އުފެދުން ދުރުކޮށް ދިނުމުގައި މުރަނގަ ސައި އެހީވެދެއެވެ. އަދި ކެންސަރަށް ފަރުވާކުރާ އަދި ކީމޯ ހަދަމުންދާ ފަރާތްތަަކުން ވެސް މި ސައި ބުއިމުން ވަރަށް ބޮޑު ފައިދާއެއް ކުރެއެވެ. އެގޮތުން ހަށިގަނޑުގެ ސެލްތައް ވަރުގަދަކޮށްދެއެވެ. އަދި ކީމޯ އިން އެ އަންނަ ވަރުބަލިކަން ކުޑަކޮށްދީ ދިފާއީ ބާރު ގަދަކޮށްދެއެވެ. އެހެންކަމުން ކީމޯ ހަދާ މީހުންނަށް މި ސައި ބުއިމުން ނުހަނު ފައިދާ ކުރާނެއެެވެ. އަދި އެންމެ އާއްމު އެއް ބާވަތުގެ ކެންސަރު ކަމުގައިވާ ޕްރޮސްޓޭޓް ކެންސަރު ޖެހުމުން ވަރަށް ބޮޑަށް ދުރުކޮށްދެއެވެ.

ނޯޓް: ޕްރޮސްޓޭޓް ކެންސަރު( Prostate cancer) :އަކީ ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހުމެވެ. މިއީ ހަމައެކަނި ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް ގައި ހިމެނޭ ގުނަވަނެއް ކަމުން މިބާވަތުގެ ކެންސަރު ޖެހޭނީ ހަމައެކަނި ފިރިހެނުންނަށެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހެން ދިމާވަނީ ޕްރޮސްޓޭޓް ގްލޭންޑް ގައި ހިމެނޭ ސެލްތައް މިއުޓޭޓްވެ، ކޮންޓްރޯލް ނުވާ މިންވަރަށް އިތުރުވާން ފެށުމުންނެވެ. އަދި މިސެލްތައް ހަށިގަނޑުގެ އެހެން ބައިތަކަށް ދެއެވެ. ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނުންގެ ދަރިމައިވުމުގެ ނިޒާމް ނުވަތަ ނަސްލު އުފައްދާ ނިޒާމް ގެ ބައެކެވެ.

ނުރައްކާތެރި ބެކްޓީރިއާ އަދި ފަންގަސްތަކުން ސަލާމަތްކޮށްދޭ

1940 ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާގެ ބެންގަލޫރުގެ ޑިޕާޓްމެންޓް އޮފް ބައޯ-ކެމިސްޓްރީން ހޯދި ހޯދުންތަކުން ހާމަވި ގޮތުގައި މުރަނގަ ފަތުގައި ހިމެނޭ މުހިއްމު މާއްދާއެއްގެ ސަބަބުން ނުރައްކާތެރި ބެކްޓީރިއާ އާއި ފަންގަލްތަކުން ހަށިގަނޑު ސަލާމަތްކޮށްދެއެވެ.

ގާތުން ކިރުދޭ މައިންނަށް:

ކިރު މައިންނަށް ދިމާވާ އެންމެ ބޮޑު އެއްމައްސަލައަކީ ދަރިފުޅަށް ބޭނުންވާ މިންވަރަށް ކިރު ނުއުފެދުމެވެ. އެހެން ނަމަވެސް މުރަނގަފަތުގެ ދިޔަ ނުވަތަ ސައިގެ ސަބަބުން ކިރު އުފައްދާ މިންވަރު އިތުރުވެއެވެ. މީގެ އިތުރުން ޖިންސީ ބަލިކަށިކަމުން އަރައިގަތުމަށް ވެސް މުރަނގަ ފަތުގެ ސަޔަކީ ފައިދާ ހުރި އެއްޗެކެވެ.

ލޭގެ ޕްރެޝަރު ދައްކޮށްދޭ

ލޭ މައްޗަށްދާ މީހުން އާދަކޮށް މުރަނގަފަތު ސައި ބޭނުންކުރުމުން ލޭގެ ޕްރެޝަރ މައްޗަށް ދިޔަ ނުދީ އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

މުރަނގަފަތުގެ ސައި ތައްޔާރު ކުރާނެ ގޮތް:

އެބޭ ފުޅާކު ބޭނުންވާ އަދަދެއްގެ ފަތް

ފަތްތައް ހިތްކުމަށް ފެން ނުޖެހޭ ހިސާބެއްގައި ބަހައްޓާނި، ފަތްތައް ހިއްކަން އަތްވަށް ނުލާށެވެ. އަމިއްލައަށް ހުރެ ހިކެން ދޫކޮށްލާށެެވެ. އަދި ފެން ދެމުމުން ހިކި ތަވަލަކަށް ފަތްތައް އަަޅައި މަޑު ގިނީގައި ބަހައްޓައިގެން އަންދާނުލައި ފިހާށެވެ. އޭރުން ހުންނާނީ ފަތްތައް މުރަނަ ވެފައެވެ. އެއަށްފަހު މަތި ބާރު ފުޅިއެއް ނުވަތަ ކޮންޓެއިނާއަކަށް އަޅާފައި ބަހައްޓާށެވެ.

ސައި ތައްޔާރު ކުރަން ބޭނުންވުމުން ސަމުސަލެއްހާ ފަތް ހޫނު ފެނަށް އަޅާލާށެވެ. އަދި ކުލަ އަރަންދެއް ކުޑަ އިރުކޮޅަކު މަޑުކޮށްލާށެވެ. އަދި އޭގެ ފަހުން ފަތްތައް ނަގާށެވެ. ބޭނުން ނަމަ ހުހަށް ނުވަތަ މާމުއި އެއްކޮށްގެން ވެސް ބޮވިދާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19 އަށް ޕިޓްސްބާގުގެ ސައިންސްވެރިން އުފައްދާ ވެކްސިނުން އުއްމީދީ ނަތީޖާތަކެއް!

ކޮވިޑް-19 އަށް ޕިޓްސްބާގުގެ ސައިންސްވެރިން އުފައްދާ ވެކްސިނުން އުއްމީދީ ނަތީޖާތަކެއް!

02 އެޕްރީލު 2020
ކޮންމެ ދުވަހަކު ކާންވީ އެއްޗަކީ އަލްމޮންޑް 

ކޮންމެ ދުވަހަކު ކާންވީ އެއްޗަކީ އަލްމޮންޑް 

22 ޖެނުއަރީ 2019
ލޮނުމެދު - ކެންސަރާއި ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ: ސައިންސްވެރިން

ލޮނުމެދު - ކެންސަރާއި ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ: ސައިންސްވެރިން

29 އެޕްރީލު 2018
ކޮންމެ ދުވަހަކު ބޯ ދޮވުން، އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން..

ކޮންމެ ދުވަހަކު ބޯ ދޮވުން، އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން..

10 ފެބުރުއަރީ 2018
އެއްވެސް އެހެން އެއްޗެއް ނުކައި، ނުބޮއި މަހެއް ވަންދެން ހުސް ފެން ބުއިމުން ވާ ގޮތް އެނގޭތަ؟

އެއްވެސް އެހެން އެއްޗެއް ނުކައި، ނުބޮއި މަހެއް ވަންދެން ހުސް ފެން ބުއިމުން ވާ ގޮތް އެނގޭތަ؟

22 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު