Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2013 ވަނަ އަހަރުގެ މާލީ ބަޔާން

ފިނޭންސް މިނިސްޓްރީއަށް ދިން 2.4 ބިލިއަން ރުފިޔާގެ އޮވަރޑްރާފްޓް ފެސިލިޓީ ނަގާފައިވަނީ އެމްއެމްއޭގެ އުސޫލުތަކުގެ ބޭރުން: އޮޑިޓް އޮފީސް

28 މާރިޗު 2018 | ބުދަ 08:05

އޮވަރޑްރާފްޓް ފެސިލިޓީ ފިނޭންސް މިނިސްޓްރީން ނަގާފައިވަނީ 2009 ވަނަ އަހަރު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 28 މާރިޗު 2018 | ބުދަ 08:05
އެމްއެމްއޭ

އެމްއެމްއޭ

ޕަބްލިކް ބޭންކް އެކައުންޓުން އޮވަރޑްރާފްޓް ފެސިލިޓީގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު މިންވަރަށް ބެލުމެއް ނެތި ފިނޭންސް މިނިސްޓްރީން 2.4 މިލިއަން ރުފިޔާގެ އޮވަރޑްރާފްޓް ފެސިލިޓީއެއް ނަގާފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުން 2013 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި ގޮސްފައިވާ ހިސާބު ދައްކުވައިދީ ނެރުނު މާލީ ބަޔާނުގައި ބުނެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން 2009 ވަނަ އަހަރު އެ އިދާރާގެ ދަށުން އެކުލަވާލައިފައިވާ ޕަބްލިކް ބޭންކް އެކައުންޓުން ފިނޭންސް މިނިސްޓްރީއަށް އޮވަރޑްރާފްޓް ފެސިލިޓީއެއް ދީފައިވާ ކަމަށެވެ. އެމްއެމްއޭއިން އެކުލަވާލާފައިވާ އުސޫލުތަކުގައި ބުނާ ގޮތުން، އެމްއެމްއޭއިން ދޫކުރާ އޮވަރޑްރާފްޓް ފެސިލިޓީތައް 100 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް 2013 ވަނަ އަހަރު ނިމުނު އިރު ފިނޭންސް މިނިސްޓްރީއަށް ދޫކޮށްފައިވާ އޮވަރޑްރާފްޓް ފެސިލިޓީގެ އަދަދު 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އޮޑިޓް އޮފީހަށް ފާހަގަކުރެވިފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

މިގޮތަށް ނަގާ ފައިސާ އަކީ އަހަރު ނިމުމުގެ ކުރިން ދައްކާ ހަލާސް ކުރަންޖެހޭ ފައިސާގެ ގޮތުގައި ވެސް ބަޔާންކޮށްފައިވާ އިރު އެގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދައްކާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

މި އޮވަރޑްރާފްޓް ފެސިލިޓީ ފިނޭންސް މިނިސްޓްރީން ނަގާފައިވަނީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެމްއެމްއޭއިން އޮވަރޑްރާފްޓްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ކަމުގައިވާ 100 މިލިއަން ރުފިޔާ އިތުރުކޮށްފައިވަނީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ބޯޑް ބައްދަލުވުމަކުން ނިންމި ނިންމުމާ އެކު ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ.

ކަން މިހެން އޮތް އިރު 2014 ވަނަ އަހަރު ފިނޭންސް މިނިސްޓްރީ އިން ނަގާފައިވާ އޮވަރޑްރާފްޓް ފެސިލިޓީ ކުރު މުއްދަތުގެ ލޯނަކަށް ބަދަލު ކުރެވިގެން ދިޔަކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އޮވަރޑްރާފްޓް ފެސިލިޓީ ކުރު މުއްދަތުގެ ލޯނަށް ބަދަލުކޮށް، ލޯންގެ އަދަދު 3.3 ބިލިއަން ރުފިޔާއަށް ވަނީ އިތުރުކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ދައުލަތުގެ ދަރަނި 2006 ވަނަ އަހަރުން 2013 ވަނަ އަހަރަށް ބަލާ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 22 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި ވަކި ވަކި އަހަރުތަކަށް ބަލާ އިރު 2013 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 62 ޕަސެންޓަށް އަރާފައިވާ ކަމަށް އޮޑިޓް އޮފީހުން ހާމަކުރެ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް